ރަހުމަތްތެރިޔާގެ ޖަނާޒާ
1 ޖެނުއަރީ 1970 | ބުރާސްފަތި 05:00
ކުރު ވާހަކަ

ޖުހާގެ ރަހުމަތްތެރިއަކު އެއް ދުވަހަކު ކުއްލި ގޮތަކަށް ހޭނެތިގެން ވެއްޓިއްޖެއެވެ.

އޭނާގެ އާއިލާގެ އެންމެން އޭނާ ވަށާލާ ހޭއަރާތޯ އެތައް އިރަކު މަސައްކަތް ކުރިއިރުވެސް ހޭހުރި ކަމުގެ އެއްވެސް ހިލަމެއް ނިޝާނެއް ނުފެނުނެވެ.

ކޮންމެއަކަސް އެންމެ ފަހުން އޭނާ މަރުވީ ކަމަށް ނިންމާ، ޖަނާޒާގެ ކަންކަން ފަށައިފިއެވެ.

ހިނަވާ، ކަފުންކޮށް މޫނު ދެއްކުމުގެ ކަންކަން ފެށިއްޖެއެވެ.

މުޅި އަވަށުގެ އެންމެ މަރުވި މީހާގެ ގެޔަށް ޖަމާވެ، ހިތާމަ ފާޅު ކުރަން ފަށައިފިއެވެ.

ޖުހާއަށް ވެސް މި ޚަބަރު ލިބި އޭނާވެސް އަވަސް އަވަހަށް މައްޔިތާގެ މޫނު ދުށުމަށް އަތުވެއްޖެއެވެ.

މަރުވި ކަމަށް ނިންމި މީހަކީ ޖުހާގެ ވަރަށް ގާތް މީހަކަށް ވުމާއެކު ބޯލާކޮޅުގައި ހުއްޓި ހުރެ ޖުހާއަށް ވެސް ކިޔުނު ހެޔޮ އެއްޗެއް ކިޔަމުން ދެއެވެ.

މިހެން ހުއްޓާ ކުއްލިއަކަށް ކޮށިއަރާ ފާޑަކަށް އަޑުތަކެއް ލެއްވުމަށްފަހު މަރުވެފައި އޮތް މީހާ ލޯހުޅުވާލައިފިއެވެ.

ކަމަކު ދާކަށް ނެތެވެ. އޭނާ ދިރިއޮއްވާ މިއޮއް ވަޅުލުމުގެ ވަގުތު ކުޑަތަން ވަނީއެވެ.

ވަރަށް ހާސްވެ، ކަންބޮޑުވެފައި "އަހަރެން މަރެއް ނުވެއޭ" އޭނާ ބުނެފިއެވެ.

އެންމެ ގާތުގައި ހުރީ ޖުހާއެވެ. ޖުހާ އަށް އިޝާރާތްކޮށް "އަހަރެން މިތަނުން ނަގައިދީ، ޖުހާ އަހަރެން ސަލާމަތް ކޮށްދީ." އޭނާ ބުނެފިއެވެ.

ޖުހާ އެއްޗެއް ނުބުނެ އިސްތަށަށް ޖަހައިގެން އިރުކޮޅަކު ހުރުމަށްފަހު އޭނާގެ މޫނަށް ބަލާލާފައި ބުންޏެވެ. "ކީކޭ ތިޔަ ކިޔަނީ؟"

"ކަލޭ ތިޔަ ބުނަނީ ކަލޭގެ ބަސް އަހަރެން ގަބޫލު ކުރާށޭތަ؟، އޭރުން މިތިބަ އެންމެން ދޮގުހަދަނީ ކަމަންނު ނިންމަންޖެހޭނީ؟، ކިހިނެއް މި އެންމެންގެ ބަސް އަހަރެން ދޮގުކޮށް އެންމެ މީހެއްގެ ބަސް ތެދުކުރާނީ؟" ޖުހާ ރަހުމަތްތެރިޔާ އާ ދިމާލަށް ބުންޏެވެ.

13%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
7%
ދެރަ ވެއްޖެ
40%
ރުޅި ގަދަ ވެއްޖެ
40%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved