ފައިސާގެ ބަދަލުގައި ޖުހާގެ ލަފާ
1 ޖެނުއަރީ 1970 | ބުރާސްފަތި 05:00
ކުރު ވާހަކަ

އެއް ދުވަހަކު ވަރަށް ބަނޑުހައިވެގެން ޖުހާ ހޮޓަލަކަށް ސައިބޯން ވަދެއްޖެއެވެ.

އެތަނަށް ވަތް އިރު ކުޅުދިޔާވާ ކަހަލަ ކިތަންމެ ކާ އެއްޗެއް ފެނިއްޖެއެވެ.

ބަލާކަށް ނެތެވެ. ޖުހާ ބަނޑުފުރެންދެން މީރުހާ އެއްޗެހި ކައި ނިންމާލައިފިއެވެ.

ޖުހާ ކައި ނިމުމުން ވޭޓަރު ބިލް ގެނެސްދީފިއެވެ. ޖުހާ ސިއްސައިގެން ދާވަރުގެ ބިލެކެވެ.

ހަނދާންވީ އެހިސާބުންނެވެ. އަތުގައި އެންމެ ފައިސާ ފޮއްޗެއްވެސް ނެތެވެ.

އަތުގައި ލާރިނެތުމުން ޖުހާ ނިންމީ މަޑުމަޑުން ހޮޓަލުން ނުކުމެގެން ދިޔުމަށެވެ.

ޖުހާ ބިލަށް ފައިސާ ނުދައްކާ ނުކުންނަ ތަން ފެނުމުން ސޭޓު ވަރަށް ބާރަށް އައިސް ޖުހާ އާ އަރާ ހަމަކޮށްފިއެވެ.

"އޭތް ތިދަނީ ފައިސާ ނުދައްކައެއްނު، ކޭ އެއްޗެއްސަށް ފައިސާ ދައްކާފަ ދެވޭނީ." ސޭޓު ބުންޏެވެ.

"އަތުގައި އެންމެ ލާރި އެއްވެސް ނެތް، ކިހިނެއް ފައިސާ ދައްކާނީ؟" ޖުހާ ބުންޏެވެ.

"ކީކޭ؟" ސޭޓު ބުންޏެވެ. "ދެން ކިހިނެއް ހަދާނީ؟، އެކަމަކު ފައިސާ ދައްކާފައެއްނު ދެވޭނީ؟"

"ފައިސާގެ ބަދަލުގައި ރަނގަޅު ލަފައެއް ދީފާނަން!" ޖުހާ ބުންޏެވެ.

ސޭޓު އިރުކޮޅަކު ވިސްނާލަން ހުރެފައި ހިތައް އެރި އެވެ. މީނާގެ އަތުން ދެން އަތުވާނެ ފައިސާ އެއް ނޯންނާނެއެވެ. އެންމެ ކުޑަމިނުން އެބުނާ ލަފައެއް ހޯދުން ވެސް މާ ރަނގަޅުވާނެއެވެ.

"އެންމެ ރަނގަޅު، ރަނގަޅު ލަފައެއް ވިއްޔާ ގަބޫލު ކޮށްފާނަން، ބުނޭ ތިބުނާ އެއްޗެއް." ސޭޓު ބުންޏެވެ.

"ބުނަން ކުރިން ފައިސާ ނުހޯދާ، ކާއެއްޗެހި މީހުންނަށް ނުދޭތި، ބަނޑުހައިވެގެން އަންނަ އިރު މުހިންމު ވާނީ ސޭޓު، ޖެހޭނީ ސޭޓު ބުނާ ގޮތެއް ހަދަން، އެކަމަކު ބަނޑު ފުރުނީމާ ދެން އޮންނާނީ އޭގެ އަނެއް ކޮޅު ދެން ސޭޓުގެ ބާރު ދިޔައީ' ދެން ސޭޓަށް ޖެހޭނީ ކޭ މީހާ ބުނި ގޮތެއް ހަދަން!"

0%
އަންތަރީސް ވެއްޖެ
9%
އުފާ ވެއްޖެ
18%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
64%
މޮޔަވެއްޖެ
9%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved