ޖުހާގެ ހިސާބު ހެދުން
1 ޖެނުއަރީ 1970 | ބުރާސްފަތި 05:00
ކުރު ވާހަކަ

ޖުހާ މީހަކާ އިންތާ ތިން މަސް ދުވަސް ފުރުނު ތަނުން އޭނާގެ އަންހެނުން ވިހައިފިއެވެ.

މި ޚަބަރު ލިބިގެން އޭނާގެ ރައްޓެހިން ވަރަށް ހައިރާން ވެގެން އައިސް ޖުހާ އާ ފާޑުފާޑުގެ ސުވާލު ކުރަން ފަށައިފިއެވެ.

އެންމެވެސް ހައިރާންވީ އިންތާ އެންމެ ތިން މަސް ތެރޭގައި ވިހެއުމުންނެވެ.

ޖުހާގެ އާއިލާ އަށް މަރުހަބާ ކިޔުމަށާއި އަދި މިވީ ގޮތް ސާފު ކުރުމަށް ޝައުގުވެރި ވެގެން ޖުހާގެ ރައްޓެހިންތައް އޭނާގެ ގެއަށް އަތުވެއްޖެއެވެ.

ގެއަށް އައި ރަހުމަތްތެރިންގެ ތެރެއިން އެކަކު އެހިއެވެ. "ޖުހާ މިއީ ކިހިނެއްވީ ކަމެއް؟ އަދި ކައިވެނި ކުރިތާ މިވީ އެންމެ ތިން މަހެއް ނު؟... ކިހިނެއް އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި ކުއްޖަކު ލިބުނީ...؟"

މި ސުވާލު ކުރުމުން ޖުހާ މާ ބޮޑަކަށް ހައިރާނެއް ނުވިއެވެ.

ޖުހާ ބުންޏެވެ. " ކަލެއަށް އަދަދު ޖަހާކަށް ނޭނގޭތަ؟ ބުނެބަލަ ނިކަން"

"އަހަރެންގެ އަންހެނުންނާ އަހަރެން އިނދެގެން އުޅޭތާ މިވީ ކިހާ ދުވަހެއް؟ މި ވީ ތިން މަސް"

"ދެން އެންމެ ރަނގަޅު މަގޭ އަންހެނުން އަހަންނާ އިނދެގެން އުޅޭތާ ކިހާ ދުވަހެއް؟ ތިން މަސް"

"އެވީ ކިހާ ވަރެއް؟ ހަ މަސް"

"ދެން ތި ބުނަނީ އަންހެނުން ވިހެއީ ތިން މަސް ކޮށްފައޭ.. އޭގެ މާނަ އަކީ ބަނޑުގައި އެކުއްޖާ އޮންނަތާ ވެސް ތިން މަސްވީ އޭ"

"އެހެން ވީމާ ޖުމްލަ އެވީ ކިހާ ވަރެއް؟ ނުވަ މަސް...!"

"ދެން އިތުރު އެއްޗެއް އެނގެން ބޭނުންތަ؟" ޖުހާގެ ރަހުމަތްތެރިންނާ ދިމާލަށް ބުންޏެވެ.

އެހިސާބުން އެންމެންގެ ވާހަކަ ހުއްޓިއްޖެއެވެ. އިތުރު މީހަކު އިތުރު ސުވާލެއް ނުކުރިއެވެ.

36%
އަންތަރީސް ވެއްޖެ
12%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
20%
ރުޅި ގަދަ ވެއްޖެ
24%
މޮޔަވެއްޖެ
8%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved