ފޮޓޯ އިން ޚަބަރު
11 އޮކްޓޯބަރ 2021 | ހޯމަ 15:39
-
3466
ފަރުވާއަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުން، ފެނުނީ ހިތާއި ހިތުގެ ގުޅުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހު ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. ޖަރުމަންވިލާތުގައި ފަރުވާ ހޯއްދެވުމަށްފަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ، ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ 11 އޮކްޓޯބަރ 2021 ގައެވެ. ރައީސް ނަޝީދަށް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްއެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން - ރައީސް ނަޝީދަށް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން - ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ވަނީ އެއަރޕޯޓުން ރައީސް ނަޝީދަށް މަރުޙާބާ ދަންނަވާފައި - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން - ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހު - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން - ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައިވަނީ ހަތަރު މަހަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މަޖިލީހުގެ ނައިބު، އެސްޖީގެ އިތުރުން ޗީފް އޮފް ސްޓާފް މަޑުކޮށްލައްވައިގެން - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން - ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާތީ އެއަރޕޯޓްގައި ސެކިޔުރިޓީގެ ކަންކަން ވަނީ ވަރަށް ގަދަކޮށްފައި - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
raajjemv logo

All rights reserved