ފޮޓޯ އިން ޚަބަރު
21 ސެޕްޓެންބަރ 2021 | އަންގާރަ 11:31
-
1490
ރައީސް ސޯލިޙް އދ. އަށް - ގައުމުތަކާއި އެކު އޮންނަ ގުޅުމަށް އިތުރު ބާރެއް
އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކި ގައުމުތަކުގެ ވެރިންނާ ބައްދަލުކުރުމަށް ނިންމަވާފައިވާއިރު، 21 ސެޕްޓެމްބަރު 2021 ގައި ވަނީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އ.ދ. ގެ މައި އިދާރާގައެވެ. މީގެ އިތުރުން ޕޯޗުގަލްގެ ރައީސް، މާސެލޯ ރެބެލޯ ޑިސޯޒާއާ ވެސް ރައީސް ސޯލިޙް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ވެސް އޮތީ އ.ދ. ގެ މައި އިދާރާގައެވެ.
ރަަައީސުލްޖުމްހޫރިއްޔާ، ޕޯޗުގަލްގެ ރައީސްއާ ބައްދަލުކުރެއްވުން - މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ކޯވިޑް-19ގެ ހާލަތާ ބެހޭގޮތުންނާއި، މި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ކާމިޔާބު ފިޔަވަޅުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި - ފޮޓޯ: ރައީސް އޮފީސް
ރަަައީސުލްޖުމްހޫރިއްޔާ، ޕޯޗުގަލްގެ ރައީސްއާ ބައްދަލުކުރެއްވުން - ދެ ޤައުމުގެ ދޭތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް ދެ ބޭފުޅުންވެސް ޝައުޤުވެރިކަން ފާޅުކުރެއްވި - ފޮޓޯ: ރައީސް އޮފީސް
ރަަައީސުލްޖުމްހޫރިއްޔާ، ޕޯޗުގަލްގެ ރައީސްއާ ބައްދަލުކުރެއްވުން - މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ޕޯޗްގަލްގެ ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތައް މިހާރު ތިއަރީތަކުން ފެންނަށްހުރި ހަޤީޤަތްތަކަށްވުރެ ފުޅާވެ އިންފަހަނައަޅާ ގޮސްފައިވާކަމުގައި - ފޮޓޯ: ރައީސް އޮފީސް
ރަަައީސުލްޖުމްހޫރިއްޔާ، ޕޯޗުގަލްގެ ރައީސްއާ ބައްދަލުކުރެއްވުން - 2021 ވަނަ އަހަރު "ވެބް ސަމިޓް"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓެކްނޮލޮޖީ ކޮންފަރެންސްއަކީ ރާއްޖެއިން ޝައުވެރިވާނަމަ ބައިވެރިވުން މުހިންމު ކޮންފަރެންސެއްކަން ފާހަގަކުރެއްވި - ފޮޓޯ: ރައީސް އޮފީސް
ރަަައީސުލްޖުމްހޫރިއްޔާ، ޕޯޗުގަލްގެ ރައީސްއާ ބައްދަލުކުރެއްވުން - ޕޯޗްގަލްއާއި ދިވެހިރާއްޖެއަކީވެސް ކަނޑާގުޅިފައިވާ ދެ ޤައުމުކަމުގައިވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރަނގަޅު އަސަރުތައް ދެ ޤައުމަށްވެސް ފޯރާކަން ޕޯޗްގަލްގެ ރައީސް ފާހަގަކުރެއްވި - ފޮޓޯ: ރައީސް އޮފީސް
ރަަައީސުލްޖުމްހޫރިއްޔާ، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރަަައީސުލްޖުމްހޫރިއްޔާ، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރެއްވުން - މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އައު ދައުރަކަށް އެންޓޯނިއޯ ގުޓާރޭޒް އިންތިޚާބުވެ ވަޑައިގެންނެވުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، ދުނިޔޭގެ މަޝްރަޙު މިހާ ހަލަބޮލި ދުވަސްވަރެއްގައި އެމަނިކުފާނު ދައްކަވާ ލީޑަރޝިޕަށް ތަޢުރީފުކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރަަައީސުލްޖުމްހޫރިއްޔާ، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރެއްވުން - ރައީސް ސޯލީހް ވަނީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުން ކޯވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް އެޖަމާޢަތުން ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
raajjemv logo

All rights reserved