ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

ދިވެހިރާއްޖެއަށް ދުނިޔޭގެ ދަރުބާރުގެ ރިޔާސަތު ލިބުމަކީ، ޚާރިޖީ އަދި ބައިނަލްއަގުވާމީ ގޮތުން ލިބުނު އެންމެ ފަޚުރުވެރި އަދި ޝަރަފުވެރި ކާމިޔާބީއެވެ. ބައިނަލްއަގުވާމީ ނުވަަތަ ދުނިޔޭގެ ރިޔާސަތު (އ.ދގެ އާއްމު މަޖިލީހުގެ ރިޔާސަތު) ފަތަހަކުރެއްވި ރާއްޖޭގެ ޚާރިޖީ ވަޒީރު އޮނަރަބްލް އަބްދު ﷲ ޝާހިދު، ދިވެހިރާއްޖެއަށް މި ހޯއްދަވައިދެއްވީ އެއްވެސް ޒަމާނެއްގައި ޚާރިޖީ ރޮނގުން ދިވެހިރާއްޖެއަށް ލިބިފައިނުވާ، ނަސްރާއި ނަސީބާއި ކާމިޔާބީއެކެވެ.

ދިވެހި ގައުމީ ދިދަ، ފެއްސާއި ރަތާއި ހުދާއި ރަމްޒުވާ ގޮތުންނެވެ. ވީމާ، އެމަނިކުފާނަށް އެންމެ ވަސްމީރު މާމެލާމެލީގެ ގުލްދަސްތާތަކުން ވެދުން ބަރުތީލަކޮށް ގައުމީގޮތުން ޝުކުރާއި ތައުރީފާއި މުބާރަކުބާދީ އަރިސް ކުރުމަކީ ކޮންމެ ދިވެއްސަކަށް ލިބޭ ފަޚުރެކެވެ. އުފަލެއްމެއެވެ.

ދިވެހިރާއްޖެ 26 ޖުލައި 1965ގައި އ.ދ.ގައި މިޒަމާނުގެ ފުރިހަމަ މިނިވަން ގައުމަކަށްވެ، އ.ދ.ގައި ބައިވެރިވެ ބައިނަލްއަގުވާމީ މުޖުތަމައުގައި ތަމުސީލުވާން ފެށި ތާރީޚީ މުނާސަބަތަށް މި މަހުގެ 21ގައި 56 އަހަރު ފުރޭނެއެވެ. ދިވެހިރާއްޖެ އ.ދގެ މެންބަރު ގައުމަކަށްވީ 21 ސެޕުޓެންބަރު 1965ގައެވެ. އަދި އ.ދގެ މައިމަރުކަޒުގައި ދިވެހި ގައުމީ ދިދަ ވިހުރުވޭން ފެށުނީ 12 އޮކުޓޫބަރު 1965ގައެވެ.

މި 55 އަހަރު، ރާއްޖެއަކީ ކުދި ގައުމުތަކުގެ ތެރެއިން ބައިނަލްއަގުވާމީ މުޖުތަމައުގައި އެންމެ ފާހަގަ ކުރެވޭ ގައުމެއްވެސްމެއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ޚާރިޖީ ސިޔާސަތުގެ ކާމިޔާބީތަކުގެ ތެރެއިން، ކުދިގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނައުން، ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަބަދަލުތަކުގެ ސަބަބުން ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވެދާނެ މައްސަލަތައް ބައިނަލްއަގުވާމީ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނައުން އަދި އެކަންކަމުގައި އަދާކުރާ އިސްދައުރު ފާހަގަކޮށްލެވެއެވެ.

މީގއިތުރުން ގައުމުތަކާއި ބައިނަލްއަގުވާމީ މުޖުތަމައާއިއޮތް ގާތްގުޅުމާއި، ޚާރިޖީ ގޮތުން އަދާކުރި މުހިންމު ދައުރު ފާހަގަކޮށްލެވެއެވެ.

އ.ދގެ އާންމު މަޖިލީހުގައި އެންމެ ފުރަތަމަ (1965ގައި) ދިވެހިރާއްެޖެ ތަމުސީލުކުރެއްވި ވަފުދުގައި ހިމެނިވަޑައިގަތީ، ދާއިމީ މަންދޫބު އޮނަރަބްލް އަހުމަދު ހިލްމީދީދީ އަދި ދާއިމީ މަންދޫބުގެ ނާއިބު ކަނޑި އަހުމަދު އިސްމާއީލް މަނިކެވެ.

1965ގެ އ.ދގެ އާންމު މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަރާތުން ދާއިމީ މަންދޫބު އޮނަރަބްލް އަހުމަދު ހިލްމީދީދީ ތަގުރީރު ކުރެއްވިއެވެ.

އެމަނިކުފާނަކީ، އޭރު ހުންނެވި ރާއްޖޭގެ ޚާރިޖީ އެންމެބޮޑު ތަޖުރިބާކާރުވެސްމެއެވެ.

50%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
25%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
25%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved