ރައީސް ޔާމީންގެ ޖަލު ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފް އަޑު އެހުން

4,958
  • މިއުޅެނީ އަތްފުނާ އަޅައިގެން ޚަބަރު ހޯދައިގެން އައިސްގެން: ޝާހު
  • ހޯމަ ދުވަހުގެ އަޑުއެހުން ފަށައި، އިސްތިއުނާފީ ނުކުތާތައް ހުށައަޅަން ފަށައިފި
  • އިދިކޮޅު ކޯލިޝަން މުޒާހަރާއިން ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ފުލުހުންގެ ބެލުމުގެ ދަށަށް
ލައިޝާ އަހްމަދު
 
މިއުޅެނީ އަތްފުނާ އަޅައިގެން ޚަބަރު ހޯދައިގެން އައިސްގެން: ޝާހު

ޝާހު ވަނީ ރައީސް ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. ޝާހު ވިދާޅުވީ، "ފާސިޤަކު ޚަބަރަކައިގެން އައުމުން އޭގެ ތެދު ދޮގު ބެލުމަށް" ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ ކަމަށާއި، ނަމަވެސް ރައީސް ޔާމީނުގެ މައްސަލައިގައި ކަން ހިނގާފައިވަނީ އެގޮތަށް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނުގެ މައްސަލައިގައި ފާސިޤަކު ޚަބަރެއް ހިފައިގެން ހަމައެކަނި އައީ ނޫން ކަމަށާއި، އަތްފުނާ އަޅައިގެން ޚަބަރު ހޯދައިގެން އައީކަމަށް ޝާހު ވިދާޅުވިއެވެ. ޝާހު ވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގެން ގޮތާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

13 ސެޕްޓެންބަރ 2021 | ހޯމަ 09:49
ލައިޝާ އަހްމަދު
 
ހޯމަ ދުވަހުގެ އަޑުއެހުން ފަށައި، އިސްތިއުނާފީ ނުކުތާތައް ހުށައަޅަން ފަށައިފި

ވަކީލު ޝާހު ވިދާޅުވީ، މި މައްސަލައިގެ ބެންޗު އެކުލަވާލުމުގައި އެންމެ އިސްކޮށް އުޅުއްވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީއާ ގުޅިގެން ޝަކުވާތައް ހުރި ކަމަށެވެ. އެގޮތުން ބެންޗު އެކުލަވާލާފައިވަނީ ކްރިމިނަލް ކޯޓުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ނޫންކަން ޝާހު ފާހަގަ ކުރެއްވިއެވެ. ޝާހު ވިދާޅުވީ، އެ ނުކުތާ މައިގަނޑު ގޮތެއްގައި ހައިކޯޓުން ބަލައިނުގަތީ ދަށު ކޯޓުގައި ދިފާއުން ފާހަގަކުރި މައްސަލައެއް ނޫންކަން ބަޔާންކޮށް ކަމަށްވިޔަސް، ދަށު ކޯޓު މަރުޙަލާގައިވެސް އިދާރީ ގޮތުން އެ މައްސަލަ ހުށައެޅިފައިވާނެ ކަމަށެވެ. އަދި އެ ލިއެކިއުންތައް ހައިކޯޓުގެ ފަނޑިޔާރުންނަށްވެސް ފެނިވަޑައިގެންފައިވާނެކަން ޝާހު ފާހަގަ ކުރެއްވިއެވެ.

13 ސެޕްޓެންބަރ 2021 | ހޯމަ 09:43
ޝިއުނާ ސޯލިހް
 
އިދިކޮޅު ކޯލިޝަން މުޒާހަރާއިން ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ފުލުހުންގެ ބެލުމުގެ ދަށަށް

އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓު ސަރަހައްދުގައި ކުރިއަށްގެންދާ މުޒާހަރާގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އައްސަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިދިކޮޅުކޯލިޝަނުން މާލޭގައި ކުރަމުން އަންނަ މުޒާހަރާ - ރާއްޖެއެމްވީ
12 ސެޕްޓެންބަރ 2021 | އާދީއްތަ 12:07
ޝިއުނާ ސޯލިހް
 
އިސްތިއުނާފުގެ ދެވަނަ އަޑުއެހުން މާދަމާ

އިސްތިއުނާފް އަޑު އެހުން މާދަމާ 9:00 ޖަހާއިރު ބާއްވަން ވަނީ ނިންމާފައެވެ.

12 ސެޕްޓެންބަރ 2021 | އާދީއްތަ 12:05
ޝިއުނާ ސޯލިހް
 
ދައުލަތާއި ދިފާއުންވެސް އައު ހެކިތަކެއް

މި މައްސަލައިގައި އިސްތިއުނާފް ކުރާ ފަރާތުން އައު ހެކި ތަކާއެކު ސިޓީއެއް ލިބިފައިވާ ކަމަށާއި، ދައުލަތުންވެސް އައު ހެކިތަކެއް ހުށަހެޅި ކަމަށް ގާޒީ ވިދާޅުވިއެވެ. ޝަރީއަތަށް މިއަދު އެ ހެކިތައް ބަލަިގަތުމަށް ނުނިންމާ ކަމަށާއި، އެ ހެކިތަކަކީ މި މަރުހަލާގައި ބަލައިގަންނަން ފެންނަ ހެކިތަކެއްތޯ ކަނޑައެޅުމަށްފަހު ގޮތެއް ނިންމާނެ ކަމަށް އިސް ގާޒީ މަހާޒު ވިދާޅުވިއެވެ.

12 ސެޕްޓެންބަރ 2021 | އާދީއްތަ 12:04
ޝިއުނާ ސޯލިހް
 
އިދިކޮޅު ކޯލިޝަނުން މުޒާހަރަން ފަށައިފި

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް އިދިކޮޅު ކޯލިޝަނުން އެ ސަރަހައްދުގައު މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

އިދިކޮޅުކޯލިޝަނުން މާލޭގައި ކުރަމުން އަންނަ މުޒާހަރާ - ރާއްޖެއެމްވީ
12 ސެޕްޓެންބަރ 2021 | އާދީއްތަ 11:44
ޝިއުނާ ސޯލިހް
 
އިސްތިއުނާފީ 22 ނުކުތާއެއް ދިފާއުން ހުށަހެޅި

އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ސުވާލުނުކުރާ ކުށެއްގެ މައްޗަށް ދައުވާ ބިނާކޮށްފައިވާ ކަމަށާއި، ދައުވާގައި ކުށް ބަޔާން ކޮށްފައި ނުވާއިރު ކުށް ސާބިތުކޮށް ހުކުމް ކޮށްފައިވާކަމަށް ބުނެފައިވެއެވެ. ދައުލަތުން ކުރާ ދައުވާ އަކީ ކޮބައިކަން ސާފުކޮށް ނުދީ، މައްސަލަ ކުރިއަށްގެން ގޮސްފައިވުމާއި، އިބްތިދާއި މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ލިޔެކިޔުންތައް ދައުވާ ލިބޭ ފރާތަތށް ހިއްސާ ނުކޮށް ކަމުން ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތަކަށް ފުރުސަތު ނުލިބުނު ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޚިލާފަށް ޝަރީއަތުގެ މަރުހަލާ އަދި އިބްތިދާއީ މަރުހަލާ އެއްކޮށް ކުރިއަށްގެންގޮސްފައިވާ ކަމަށް ދިފާއުންވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ ހެކިން ޝަރީއަތުގައި ދޮގުހެކި ދީފައިވާކަަން ހެކިވެރިންގެ ހެކި ބަހުން އެނގެން އޮތްއިރު އަދި އެ ފަރާތްތަކަކީ ހެކިބަސް ދިން އިރު އަދުލުވެރިކަން ގެއްލިފައިވާ ބައެއްކަމާއި، އެ ހެކިވެރިންނަކީ ކުށުގެ ބައިވެރިންކަން ދައުލަތުގެ ބަހުން އެނގޭއިރު، އެފަރާތްތަކަށް ލާބައެއް އަދި ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ނެތި ހެކިބަސް ދެވިދާނެ ކމަުގެ ސުވާލު އުފެދިފައިވާ ބައެއްގެ ހެކިބަސް ނަގައި، އެ ހެއްކަށް ބާރުލިބޭ އެއްވެސް ހެއްކެއް ނެތި ހައިކޯޓުން އެ ހެކިބަސް ބަލައިގަތީ ނުބައިކޮށް ކަމަށާއި، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވަނީ ވޮޑަމުލާގެ ފައިސާ ކަން ސާބިތުވާން ނެތި އެ ފައިސާއަކީ އިކުއިޒިޝަން ކޮސްޓްގެ ފައިސާކަން ކަނޑަައަޅާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ހާދިސާ ވަހުމެއްގެ މައްޗަށް ބިނާކޮށް ދައުލަތުން ކިޔައިދީފައިވާ ގޮތުގެ މައްޗަށް ހުކުމް ބިނާ ކޮށްފައިވާ ކަމަށްވެސް ދިފާއުން ބުނެފައިވެއެވެ.

ހަރުދަނާ ހެއްކެއް އިސްތިއުނާފްކުރާ ފަރާތަށް ދެއްކިފައި ނުވާ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި، ދިފާއުން ހުށަހެޅި ހެކިންގެ ތެރެއިން ދައުލަތަށް ފައިދާ ވާގޮތަށް ހުށަހަޅާފއިވާ ކަންކަމަށް ބަލައި މައްސަލަ ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މައްސަލަ ފައިސަލާ ކޮށްފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށްވެސް ދިފާއުން ބުނެފައިވެއެވެ.

މީހެއްގެ މައްޗަށް ފުރަތަމަ ފަހަަރަށް ކުށެއްގެ އަދަބު ކަނޑައަޅާއިރު އެންމެ ކުޑަ އަދަބު ކަނޑައަޅަން އޮންނައިރު، ޖޫރިމާނާގެ ގޮތުގައި އެންމެ ބޮޑު ޖޫރިމަނާ ކަނޑައަޅާފައިވާ ކަމަށް ދިފާއުން ވަނީ ބުނެފައެވެ.

12 ސެޕްޓެންބަރ 2021 | އާދީއްތަ 10:30
ޝިއުނާ ސޯލިހް
 
މުއައްވިޒުގެ ބަޔާނުގައި ބުނެފައިވޭ، ރައީސް ޔާމީނާ ބައްދަލު ކުރަން އުޅެ އުޅެ ބައްދަލު ނުވާކަމަށް - ރައީސް ޔާމިން

މިވަރުގެ ބޮޑު ހުކުމެއް މީހެއްގެ މައްޗަށް އައިއިރު، އޭރު ލުތުފީ ވިދާޅުވެފައިވޭ މުއަވިޒާ އަޅުގަނޑު ބައްދަލު ނުވާކަމަށް. މުއައްވިޒުގެ ބަޔާނުގައި ބުނެފައިވޭ، ރައީސް ޔާމީނާ ބައްދަލު ކުރަން އުޅެ އުޅެ ބައްދަލު ނުވާކަމަށް. ގާނޫނުގައި ހިނގަން އޮންނަ ހުރިހާ މަގަކުން އަޅުގަނޑު ހިނގިން. ކުށުން ބަރިއަވުމަށްޓަކައި ރައީސާ ބައްދަލު ކުރުމަށް އޮންނަ ލޮގް ހޯދަން މަސައްކަތް ކުރުމުން އެ ލިބޭ ގޮތް ނުވި - ރައީސް ޔާމީން

12 ސެޕްޓެންބަރ 2021 | އާދީއްތަ 09:54
ޝިއުނާ ސޯލިހް
 
މި މައްސަލައިގައި ރައީސް ޔާމީން ވަނީ ފްރޭމް ކުރެވިފައި - ޑރ.ޖަމީލް

މުޅި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުން ދައުލަތުން ވަނީ ރައީސް ޔާމީން ފްރޭމް ކޮށްފައި ކަމަށް ޑރ. ޖަމީ ވިދާޅުވިއެވެ. އަދީބު އަތުގައި ރައީސް ޔާމިންގެ ފައިސާ ހުރިތޯ ސުވާލު ނުކުރައްވާ ކަަމަަށްވެސް ވިދާޅުވިއެވެ.

12 ސެޕްޓެންބަރ 2021 | އާދީއްތަ 09:50
ޝިއުނާ ސޯލިހް
 
ކްރިމިނަލް އިންވެސްޓިގޭޝަނެއް ހިނގާފައި ނެތް - ޑރ.ޖަމީލް

އޮޑިތް ރިޕޯޓަކީ، ތަހުގީގު ކްރިމިނަލް އިންވެސްޓިގޭޝަނެއް ނޫން. އޭގެއިން ކުށެއްވާނަމަ އެކަން ވަކިން ތަހުގީގު ކުރަން ޖެހޭނީ ވަކިން. ވަކިން ކްރިމިނަލް އިވެސްޓިގޭޝަނެއް ހިނގާފައި ނެތް. - ޑރ.ޖަމީލް

12 ސެޕްޓެންބަރ 2021 | އާދީއްތަ 09:42
ޝިއުނާ ސޯލިހް
 
މައްސަލަ ރަނގަޅަށް ތަހުގީގު ކޮށްފައި ނުވޭ - ޑރ.ޖަމީލް

މުއައްވިޒު ރަޝީދުގެ ބަޔާނުގައި ބުނެފައިވޭ ރައީސް ޔާމީނާ ބައްދަލު ކުރަން މަސައްކަތް ކުރުމުން ބައްދަލު ނުވާކަން. މި މައްސަލައަކީ ރަނގަޅަށް ތަހުގީގު ކޮށްފައިވާ މައްސަލައެއް ނޫން ކަން ބަޔާންތަކުން ދޭހަވޭ - ޑރ. ޖަމީލް

12 ސެޕްޓެންބަރ 2021 | އާދީއްތަ 09:40
ޝިއުނާ ސޯލިހް
 
ލިޔެކިޔުންތައް ލިބިފައިވަނީ ލަހުން - ޑރ.ޖަމީލް

ދަށު ކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު ދައުވާ ލިބޭ ފަރާތަށް ލިޔެކިޔުންތައް ލިބިފައިވަނީ ލަހުންކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ، ކޮންއިރަކު މަނީ ލޯންޑަރ ކުރިކަން ބުނެދީފައި ނުވާ ކަމަށެވެ.

12 ސެޕްޓެންބަރ 2021 | އާދީއްތަ 09:34
ޝިއުނާ ސޯލިހް
 
ކުށުގެ ތަފްސީލް ދައުލަތުން ދީފައި ނުވޭ- ޖަމީލް

ދަށު ކޯޓުން މައްސަލަ ނިމިގެން ދިޔައިރު ކުށުގެ ތަފްސީލް ދީފައިނުވާ ކަމަށް ރައީސް ޔާމީންގެ ދިފާއީ ވަކީލު ޑރ.ޖަމީލް ވިދާޅުވިއެވެ. ކޮން ރަށަކާ ގުޅިގެން ކަމާއި، ކޮންކަމަކާ ގުޅިގެން ކަން ދައުލަތުން ފާހަގަކޮށްފައި ނުވާކަަމަށެވެ. ޝަރީއަތުގެ ވަކި ހިސާބަކުން އެއީ ގއ.ވޮޑަމުލާގެ މައްސަލަކަން ދައުލަތުން ބުނެފައިވާ ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

12 ސެޕްޓެންބަރ 2021 | އާދީއްތަ 09:31
ޝިއުނާ ސޯލިހް
 
ދައުވާގައި ކޮން ކަމެއްކަން ބުނެނުދެވޭ ކަމަށް ދިފާއީ ވަކީލުން ފާހަގަކުރި

ދަށު ކޯޓުގައި މައްސަލައިގެ އަޑު އެހުން ކުރިއަށް ގެންދިޔައިރު ކޮން ތުހުމަތެއްކަން ދައުލަތުން ބުނެނުދިން ކަަމަށް ދިފާއި ވަކީލު ޑރ.ޖަމީލް ވިދާޅުވިއެވެ. ގަނޫނުގައިވާ މަނީ ލޯންޑަރގެ މަފްހޫމާ ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ މައްސަލައެއް ކަމަށާއި، އިޖުރާއީ ގޮތުން ގޯސް ހަދާފައިވާ ކަަމަށެވެ.

12 ސެޕްޓެންބަރ 2021 | އާދީއްތަ 09:28
raajjemv logo

All rights reserved