ރަށްވެހި ފަތިސް - ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުން

2,476
  • ރަތަފަންދޫއިން ފަސޭހައިން އައިސް ލިބޭނެ ގޮތެއް ވެސް ހައްދަވައިދެއްވާނަން: ރައީސް
  • ވާދޫގެ އާސާރީ ތަންތަން ހިމާޔަތްކުރުމަށް މަޝްވަރާތައް ކުރިއަށް
  • ފިޔޯރީ ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތް އޮތީ ބިޑް އިވެލުއޭޝަންގައި
ޝުރުފާ މުހައްމަދު
 
ރަތަފަންދޫއިން ފަސޭހައިން އައިސް ލިބޭނެ ގޮތެއް ވެސް ހައްދަވައިދެއްވާނަން: ރައީސް

ރަތަފަންދޫގައި ގިރާ ސަރަހަައްދުގެ މައްސަލަ ހައްލުކުރަން އީއައިއޭގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެރަށު މަސްވެރިންނަށާއި ޖައްސާ އެހެން ދޯނިތަކަށް ފަސޭހައިން އައިސް ލިބޭނެ ގޮތެއް ވެސް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެރަށު ކައުންސިލް އިދާރާގެ އިމާރާތުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ނެތް ކަމަށެވެ. އަދި ސިއްހީ މަރުކަޒުގެ އައު އިމާރާތް ވެސް ހިމެނިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ވެސް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވިއެވެ.

23 މާރޗް 2021 | އަންގާރަ 23:07
ޝުރުފާ މުހައްމަދު
 
ވާދޫގެ އާސާރީ ތަންތަން ހިމާޔަތްކުރުމަށް މަޝްވަރާތައް ކުރިއަށް

ވާދޫގައި އޭޓީއެމް މެޝިނެއް ބަހައްޓާނެ ކަމަށާއި، އާސާރީ ތަންތަން ހިމާޔަތްކުރުމުގެ ކަންކަން އެންވާރަމަންޓު މިނިސްޓްރީ މެދުވެރިކޮށް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވާދޫގެ ކަރަންޓާ ބެހޭ ކަންކަން މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ ކަމަށައި ދެން ހުރި ކަންކަން ކުރިއަށް އޮތް ދެ އަހަރު ނިންމާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގދ. ގެ ދެކުނުގެ ރަށްރަށުގެ ވަރަށް ބޮޑު ސަޕޯޓެއް އެމްޑީޕީއަށް އޮތްކަން ފާހަގަވާ ކަމަށެވެ.

23 މާރޗް 2021 | އަންގާރަ 22:58
ޝުރުފާ މުހައްމަދު
 
ފިޔޯރީ ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތް އޮތީ ބިޑް އިވެލުއޭޝަންގައި

ފިޔޯރީ ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތް އޮތީ ބިޑް އިވެލުއޭޝަންގައި ކަމަށާއި ސްކޫލްގެ ހަ ކްލާސްރޫމުގެ މަސައްކަތް މިދިޔަ އަހަރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބައޮތް ކަމަށާއި، ކުޅި ހިމާޔަތްކުރުމުގެ މަސައްކަތް ކައުންސިލް މެދުވެރިކޮށް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކަރަންޓު ދެ ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

23 މާރޗް 2021 | އަންގާރަ 22:54
ޝުރުފާ މުހައްމަދު
 
ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެ

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުން ފަރެސްމާތޮޑާގައި ބޭއްވޭތޯ ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސްކިތް އެޅުން ވެސް ނޯޓުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރަށް ކައިރިގައި އޮންނަ ކަނޑަހަލަގަލައިގަ ސިޓީ ހޮޓަލެއް ތަރައްގީކުރަން ތިން ވަނަ ކުއާޓަރުގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށަކީ މަސްވެރި ރަށެއް ކަމުން ބޭނުންވާ ތަރައްގީގެ މަސައްކަތްތަކަށް ވެސް ކުރިއަށް އޮތްތަނުގައި ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރު 82 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އެގޮތުން ވާރޭފެން ރައްކާކުރުމާއި ދެ ޖަނަރޭޓަރު ބެހެއްޓުމުގެ އިތުރަށް ތެޔޮ ރައްކާކުރުމާއި ދަނދުގައި ފެންސު ޖެހުމުގެ އިތުރަށް ސްކޫލް ތަރައްގީކުރުމުގެ މަސައްކަތް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ކޮންޓްރެކްޓްކޮށްފައިވާ ކަމަށާއި، އެއާޕޯޓު މިއަހަރު ނިމޭ އިރު ނިމޭނެ ކަމަށް ވިދާޅުވިއެވެ.

23 މާރޗް 2021 | އަންގާރަ 22:52
ޝުރުފާ މުހައްމަދު
 
ހޯނޑެއްދޫ މަސް ފެކްޓްރީގެ މަސައްކަތް ހައްލުކުރާނަން

އެރަށުގައި މަސް ފެކްޓްރީއެއް ހޮރައިޒަންއާ ހަވާލުކޮށްފައިވާތާ ދުވަސްވެފައިވާއިރު، އެކަން ނުވާތީ އެކަން ހައްލުކުރަން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތަނުގެ ކުލި ސީދާ ކައުންސިލް އަށް ލިބޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

ސްކޫލް ތަރައްގީގެ މަސައްކަތްތައް ޑިޒައިނިންގައިވާ ކަމަށާއި ޖޫން މަހު އަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ބަނދަރުގެ އަމަލީ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްހީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ޖޫންގެ ފަހުން ކުރިއަށްގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ ދެ އަހަރު 23 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު މިހާރު ކޮންޓްރެކްޓަށް ހުޅުވާފައިވާ ކަމަށާއި އެއީ 76 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް ވެސް ވިދާޅުވިއެވެ.

23 މާރޗް 2021 | އަންގާރަ 22:35
ޝުރުފާ މުހައްމަދު
 
ނަޑެއްލާ ކައިރީގައި ހުއިފި ލަނޑާ އާލާކުރުމުގެ ޕްރޮޖެކްޓެއް ކުރިއަށް އެބަދޭ

ރައީސް ވިދާޅުވީ ނަޑެއްލާ ކައިރީގައި ހުއިފި ލަނޑާ އާލާކުރުމުގެ ޕްރޮޖެކްޓެއް ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ. އަދި ރަށުގައި ބޭނުންވާ ކްލާސްރޫމްތަކުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް އޭޕްރިލް މަހު ހަވާލުކޮށް ކުރިއަށްގެންދާނެ ކަމަށާއި ގިރާ ސަރަހައްދު ތިން ވަނަ ކުއާޓަރުގައި ޓެންޑަރ ކުރާނެ ކަމަށެވެ.

23 މާރޗް 2021 | އަންގާރަ 22:32
ޝުރުފާ މުހައްމަދު
 
ގައްދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

ރައީސް ވިދާޅުވީ ގައްދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރަނީ ބޭރުގެ ކުންފުންޏަކުން ނަގާ ލޯނަކުން ކަމަށާއި އެކަމުގެ އަޕްޑޭޓްތައް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައްދޫ ކައިރީގައި އޮތް ގަން ގައްދޫ ކައުންސިލްއާ ހަވާލުކުރުމާ ގުޅިގެން ކައުންސިލްއާ މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.

އެރަށުގެ މަގު ހެދުމުގެ މަޝްރޫ މިހާރު އާރްޑީސީ މެދުވެރިކޮށް ކުރިއަށްގެންދާ ކަމަށެވެ. އަދި އެއާއެކު ފެން ބޮޑުވާ މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެރަށުގައި 700 ކިލޯވޯޓުގެ ޖަނަރޭޓަރެއް ބަހައްޓާފައިވާ ކަމަށެވެ.

23 މާރޗް 2021 | އަންގާރަ 22:31
ޝުރުފާ މުހައްމަދު
 
ގދ. ތިނަދޫ އަކީ ވިޔަފާރި ހަބަކަށް ހަދަން ނިންމާފައިވާ ތަނެއް

ތިނަދޫ އަކީ ވިޔަފާރި ހަބަކަށް ހަދަން ނިންމާފައިވާތަނެއް ކަމުން ބަނދަރު ކޮމާޝަލް ބަނދަރަކަށް ހަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލް ޓާޝަރި ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ހުރި ހޮސްޕިޓަލް ވެސް އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އަދި އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ދެ ބަޔަކާ ވާހަކަދައްކަމުން އަންނަ ކަމަށާއި، އެކަން ވެސް ވަރަށް އަވަހަށް ފާށަނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

23 މާރޗް 2021 | އަންގާރަ 22:13
ޝުރުފާ މުހައްމަދު
 
ގދ. މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ އަލުން ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް

މަޑަވެލީ މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ރިޔާސީ ވައުދުގެ ތެރެއިން ފުއްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ކޯޒްވޭ ހަލާކުވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ކޮޒްވޭގެ ތަނބު ޖަގައިގެން އަލުން ހަދާގޮތަށް މިހާރު ޑިޒައިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ދެވަނަ ކުއަާޓަރުގައި ޓެންޑަރ ކުރާނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ފައްޓާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށުގައި ބިން ހިއްކުމަށް ސަރވޭ އަދި ޑިޒައިންގެ މަސައްކަތް ދެވަނަ ކުއާޓަރުގައި ފަށައި މިއަހަރު ފަހުކޮޅު ފެށޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ބޭނުންވާ މަޝްރޫތައް ބިން ހިއްކުމުގެ މަޝްރޫއަށް ފަހު ކުރިއަށްދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމްބިއުލާންސް ވެސް މިއަހަރުގެ ތެރޭގައި ހަމަޖެހޭނެ ކަމަށާއި، ޒުވާނުންގެ މަރުކަޒު ހިންގުމަށް ބަޖެޓެއް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ރަށުގެ ކުދުރަތީ ތަންތަން ހިމާޔަތްކުރުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްއާ ހަވަލުވާނެ ކަމަށާއި، ކައުންސިލްއިން އެކަންކަން ކުރެވޭނެ ކަމަށެވެ.

މީގެ އިތުރަށް ޕިއެސްއައިޕީ އަށް 29 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒުގެ ލެބޯޓްރީ އަޕްގްރޭޑްކޮށްފައިވާ ކަމަށާއި ސިއްހީ މަރުކަޒު އަދި ނަރުދަމާގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

23 މާރޗް 2021 | އަންގާރަ 22:04
ޝުރުފާ މުހައްމަދު
 
މިއަހަރު ނިމޭ އިރު މ. އަތޮޅަށް ހެޔޮ ބޮޑު ބަދަލެއް އަންނާނެ

މ. އަތޮޅުގެ ތަރައްގީއަށް މިއަހަރު ކުރާ އެންމެ މިހިންމު ކަމަކީ އެއާޕޯޓާއި މަސްވެރިންނަށް ހަދައިދޭ ބަނދަރާއި ސްޓޯރޭޖްގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ނިމޭ އިރު އެ އަތޮޅަށް ހެޔޮ ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

23 މާރޗް 2021 | އަންގާރަ 21:47
ޝުރުފާ މުހައްމަދު
 
މ. އަތޮޅުގެ ކުނި މެނޭޖްކުރާނެ ވެހިކަލްތައް މުޅި އަތޮޅުގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭނެ

މަޑުއްވަރީގައި ފެނާއި ނަރުދަމާގެ ނިޒާމު މިއަހަރު ތެރޭގައި ފަށާނެ ކަމަށާއި ވަރަށް އަވަހަށް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބަނދަރުގެ މަސައްކަތް ދެވަނަ ކުއާޓަރުގައި ޓެންޑަރ ކުރާނެ ކަމަށާއި އެއާ އެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ވިދާޅުވިއެވެ.

އެރަށުގައި ކައުންސިލަރުން ހިޔާނާތްތެރިވެފައިވާ ވާހަކައެއް ފާހަގަކުރުމުން ރައީސް ވިދާޅުވީ އެކަން ބަލަން އެލްޖީއޭއާ ހަވާލުކުރާނެ ކަމަށެވެ.

މ. އަތޮޅުގެ ކުނި މެނޭޖްކުރާނެ ވެހިކަލްތައް މުޅި އަތޮޅުގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރޯދަމަސް ފެށެންވާއިރަށް ކަރަންޓު ކޭބަ؛ް އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

23 މާރޗް 2021 | އަންގާރަ 21:31
ޝުރުފާ މުހައްމަދު
 
ދިއްގަރަށް އެންމެ ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫ މި އަހަރު ކުރިއަށްދާނެ

ދިއްގަރަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ކަމަށާއި އެ ދެ ކަންތައް އެއްކޮށް ކުރިއަށް ގެންދަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން މި އަހަރު ތެރޭގައި ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިއްގަރަށް އޭޓީއެމްއެއް ބޭނުންވާކަން ލިސްޓުތަކުގައި ނެތް ކަމަށާއި އެކަމަކު އެކަމަށް އިސްކަން ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެރަށަކީ މަސްވެރި ރަށެއް ކަމުން އެ ސަރަހައްދަށް އަމާޒުކޮށްގެން މުލަކުގައި އަޅާ ސްޓޯރޭޖްތަކުގެ ބޭނުން ހިފޭނެ ކަަމަށެވެ.

ފުޓުބޯޅަަ ދަނޑުގެ މަސައްކަތް މަޑުޖެހިފައި އޮތީ ބިން ހިއްކާފައި އެތަން އަޅަން ކަމަށާއި، މިއަހަރު ދެވަނަ ކުއާޓަރުގައި ވޮލީ ކޯޓެއް އަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީއެސްއައިޕީއަށް މިހާރު ހަރަދުވެފައި ވަނީ 2.21 މިލިއަން ރުފިޔާ ކަމަށެވެ. އަދި ކަރަންޓާ ބެހޭ ހުރިހާ މަސައްކަތެއް ރަށުގައި ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

23 މާރޗް 2021 | އަންގާރަ 21:23
ޝުރުފާ މުހައްމަދު
 
ސުނާމީގެ ފަހުން ކޮޅުފުއްޓަށް ކޮށްދޭން ޖެހޭ ކަންކަން އަދިވެސް އޮތީ ނުނިމި

ސުނާމީގައި އެންމެ ބޮޑު ގެއްލުން ލިބުނު އެއް ރަށަކީ ކޮޅުފުއްޓަށް ވާއިރު އޭގެ ފަހުން ކުރަން ޖެހޭ ކަންކަން އަދިވެސް އޮތީ ނުނިމި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސުނާމީގެ ފަހުން އަޅަން ޖެހޭ ގެތަކުގެ ތެރެއިން 100ށް ވުރެ ގިނަ ގޭގެ މަސައްކަތް މި ސަރުކާރުން ކުރަން ނިންމާފައިވާ ކަމަށެވެ.

ކުނި ކޮށީގެ މަސައްކަތް މިއަހަރު ކުރާނެ ކަމަށާއި، ގިރާ ސަރަހައްދުގެ މަސައްކަތް ހަތަރުވަނަ ކުއާޓަރުގައި ޓެންޑަރ އަށް ހުޅުވާލާނެ ކަމަށެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ތިން ރަށެއް ދޫކޮށްފައިވާއިރު މަސައްކަތް ކުރިއަށްދަނީ އެންމެ ރަށެއްގައި ކަމަށާއި ދެން އޮތް ދެރަށުގެ މަސައްކަތް ނުކުރާތީ އެކަން ހައްލުކުރަން ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރަށު ސިއްހީ މަރުކަޒުގެ ކަންކަން ހެލްތު މިނިސްޓްރީން ރިވިއުކުރަމުން އަންނަ ކަމަށާއި ޑިމާންޑް އޮންނަ ވަރު ބަލާފައި ތަރައްގީކުރާނެ ކަމަށް ވިދާޅުވިއެވެ. މަގު ހެދުމުގެ މަސައްކަތް ވެސް ޕްލޭންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެރަށަށް ޕީއެސްއައިޕީ އަށް 19.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްކޫލްގެ ހޯލާއި ކްލާސްރޫމް އަދި ފެނަކަ އިމާރާތުގެ މަސައްކަތް މިހާރު އެރަށުގައި ކުރަމުން އަންނަ ކަމަށެވެ.

23 މާރޗް 2021 | އަންގާރަ 21:15
ޝުރުފާ މުހައްމަދު
 
ނާލާފުއްޓާއި މުލި ކޮޒްވޭއަކުން ގުޅާލަން ސަރވޭ ހަދަނީ

ނާލާފުށި ސްކޫލްގެ ދެބުރި އިމާރާތުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރ އަށް ހުޅުވާފައި ކަމަށާއި އަހަރުގެ މެދެއްހާ ހިސާބު އެކަން ފެށޭނެ ކަމަށް ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އޭޕްރިލް މަހު މެދުތެރޭގައި ބަޔަކާ ހަވާލުކޮށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނާލާފުއްޓާއި މުލި ގުޅާލުމުގެ މަސައްކަތް ކުރާ ކަމަށައި، އޭރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް ހައްލު އަންނާނެ ކަމަށެވެ. އެކަމަކު މި އަހަރު ބިން ނުހިއްކާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްހީ ނިޒާމުގައި ހުރި ދަތިތައް ވެސް ހައްލުވާނެ ކަމަށާއި ޕީއެސްއައިޕީއަށް މިހާތަނަށް 18 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އިންޖީނުގެއާއި ބަނދަރުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

23 މާރޗް 2021 | އަންގާރަ 21:08
ޝުރުފާ މުހައްމަދު
 
މުލީ އެއާޕޯޓު އަޅާ ނިމޭ އިރު ރަށަށް ވަރަށް ބޮޑު ތަރައްގީއެއް އަންނާނެ

މުލީގައި އަޅާ އެއާޕޯޓްުގެ މަސައްކަތް 28 ފެބްރުއަރީގައި އެމްޓީސީސީއާ ހަވާލުކޮށް އެއް އަހަރު ތެރޭގައި ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ 221 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި އެކަން ނިމޭ އިރު ރަށަށް ވަރަށް ބޮޑު ތަރައްގީއެއް އަންނާނެ ކަމަށްވިދާޅުވިއެވެ.

ނާލާފުއްޓާއި މުލި ގުޅާލުމުގެ ވިސްނުމެއް އެބަހުރި ކަމަށާއި އެކަމުގެ ސަރވޭ ޕްލޭނިން މިނިސްޓްރީން ކުރާ ކަމަށް ވިދާޅުވިއެވެ. އަދި އެއާޕޯޓުގެ މަސައްކަތަށް ފަހު އެކަން ފައްޓާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަހަރު ތެރޭގައި ބަނދަރުގެ މަސައްކަތް ފައްޓާނެ ކަމަށާއި، ދެވަނަ ކުއާޓަރުގައި ޓެންޑަރ ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި އެރަށު ހޮސްޕިޓަލް ވެސް އަޕްގްރޭޑް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ތަރައްގީކުރަން އެ އަތޮޅުން މިއަހަރު ބީލަމަށް ލާ ރަށްރަށުގެ ތެރޭގައި ބޯހުރާ އެބައޮތް ކަމަށާއި، އެއީ ކައުންސިލް އަށް ބޭނުންވާ ރަށެއް ނަމަ އެކަމާ ގުޅިގެން ކައުންސިލްއާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މުލީ ފުޓްސަލް ދަނޑާއި، ރަށުގެ ކަރަންޓާ ބެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ފެނުގެ ނިޒާމް ގާއިމްކުރުން 45 މިލިއަން ރުފިޔާއަށް ހަވާލުކޮށް ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

23 މާރޗް 2021 | އަންގާރަ 21:01
ޝުރުފާ މުހައްމަދު
 
މި އަހަރަކީ މުލަކުގެ ތަރައްގީއަށް ވަރަށް ބޮޑު އަދި ގިނަ މަޝްރޫތައް ފަށާނެ އަހަރެއް

ރައީސް ވިދާޅުވީ މި އަހަރަކީ މުލަކުގެ ތަރައްގީއަށް ވަރަށް ބޮޑު އަދި ގިނަ މަޝްރޫތައް ފަށާނެ އަހަރެއް ކަމަށެވެ. އެގޮތުން މަސް ބަދަރާއި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓަކާއި، 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ބަދަރު ވެގެންދާނީ މުޅި މެދުރާއްޖެތެރޭގެ މަސްވެރިންނަށް ހުރިހާ ކަމެއް ވާނެ ތަނެއް ކަމަށެވެ.

މަގު ހެދުމުގެ މަސައްކަތް ރޯޑް ކޯޕަރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށާއި ގިރާ ސަރަހައްދުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ސްކޫލްގެ ތިން ބުރި އިމާރާތެއް އެޅުމަށް މޭ މަހު ޓެންޑަރ އަށް ހުޅުވާލާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތް މި އަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތަސް އެރަށަށް އިސްކަން ދޭނެ ކަމަށެވެ. އަދި ޒުވާނުންގެ މަރުކަޒުގެ ސްޓަރަކްޗާ މިހާރު ނިމިފައިވާ ކަމަށާއި ދެވަނަ ކުއަރޓަރުގައި ޓެންޑާ އަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް ބަނދަރުގެ މަސައްކަތް 56 މިލިއަން އަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތް ޓެންޑަރ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

23 މާރޗް 2021 | އަންގާރަ 20:51
ޝުރުފާ މުހައްމަދު
 
ވޭވަށު ބަނދަރު ހެދުމުގެ މަސައްކަތަށް 48.8 މިލިއަން ރުފިޔާ ހަރަދުވޭ

ވޭވަށު ސްކޫލު ތަރައްގީކުރުމުގެ މަސައްކަތް މި އަހަރުގެ ބަޖެޓުގައި ނެތް ނަމަވެސް ކުރިއަށް އޮތްތަނުގަިއ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރަށް އެރަށު މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ކުރަން ނިންމާފައި ވަނީ ކައުންސިލް މެދުވެރިކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. އޭރުން އެ މަޝްރޫގެ ފައިސާ ރަށަށް ލިބި ރަށުގެ ތަރައްގީ އަށް އެކަން ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަނދަރު ހެދުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށާއި އެކަމަށް އެކަން އަވަހަށް ފެށޭނެ ކަމަށް އެމްޓީސީސީން ބުނެފައިވާ ކަމަށެވެ. އެއީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރަށް ފެނާއި ނަރުދަމާގެ މަޝްރޫވެސް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، އިންޖީނުގެ ރީލޮކޭޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ހިންގަމުންދާ ކަމަށް ވިދާޅުވިއެވެ/

ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރު 30.6 މިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހަރަދުކޮށްފައިވާ ކަމަށެވެ.

23 މާރޗް 2021 | އަންގާރަ 20:44
ޝުރުފާ މުހައްމަދު
 
ރަތްމަންދޫގެ ފެނާ ނަރުދަމާގެ މަސައްކަތް އަންނަ މަހު ފެށޭނެ

ރަތްމަންދޫގެ ފެނާ ނަރުދަމާ މި މަހު ބިޑަށް ހުޅުވާލަފައި ވާ ކަމަށާއި އޭޕްރިލް މެދެއްހާ ހިސާބު ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކައުންސިލް އިދާރާގެ މަސައްކަތް މި މަސްތެރޭގައި ފެށޭނެ ކަމަށާއި ރަށު ޖެޓީގެ މަސައްކަތް ވެސް ކައުންސިލް މެދުވެރިކޮށް ފަށާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެރަށު ވާރޭފެން ރައްކާކުރާނެ ނިޒާމެއް ގާއިމްކޮށް އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރަށް ފުރަތަމަ ޑިގްރީއަށް އަށް ދަރިވަރުން ހިލޭ ކިޔަވަމުންދާ ކަމަށާއި މޮބައިލް ލެބޯޓްރީގެ ހިދުމަތް 2019ގައި ފަށާފައިވާ ކަމަށެވެ.

23 މާރޗް 2021 | އަންގާރަ 20:38
raajjemv logo

All rights reserved