ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި، ކެންޕެއިން ޓީމުތަކާއެކު ބާއްވާ ބައްދަލުވުން

4,703
  • ކ އަތޮޅާއި، ޏ އަތޮޅުގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ކުރިއަށް ގެންދިޔަ ޙަރަކާތް ނިންމާލައިފި
  • މިވަގުތު ކުރިއަށްދަނީ ޏ ފުވައްމުލަކު ކެނޑިޑޭޓުންގެ ކަންބޮޑުވުންތަކަށް ރައީސް ޖަވާބުދެއްވުން
  • ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ޚިދުމަތްތައް ފުޅާ ކުރާނަން: ރައީސް
ލައިޝާ އަހްމަދު
 
ކ އަތޮޅާއި، ޏ އަތޮޅުގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ކުރިއަށް ގެންދިޔަ ޙަރަކާތް ނިންމާލައިފި

ކުރިއަށް އޮތް ތަނުގައި އިތުރު އަތޮޅުތަކާއެކުވެސް މި ޙަރަކާތް ކުރިއަށްގެންދާނެ، ރައީސް ވަނީ ކެނޑިޑޭޓުން ފާހަގަކުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި

ކ އަތޮޅާއި، ޏ އަތޮޅުގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ކުރިއަށް ގެންދިޔަ ޙަރަކާތް
16 ފެބްރުއަރީ 2021 | އަންގާރަ 22:09
ލައިޝާ އަހްމަދު
 
މިވަގުތު ކުރިއަށްދަނީ ޏ ފުވައްމުލަކު ކެނޑިޑޭޓުންގެ ކަންބޮޑުވުންތަކަށް ރައީސް ޖަވާބުދެއްވުން

ފުވައްމުލަކުގެ ކެނޑިޑޭޓު ވިދާޅުވީ، އިންތިޚާބު ކާމިޔާބު ކުރުމުގައި ސަރުކާރުގެ ވައުދުތައް ފުއްދުން މުހިއްމުކަމަށް، އަދި މިވަގުތު ކޮވިޑް ފެތުރެމުންދާއިރު، ރައްޔިތުން ތިބީ ބޮޑު ކަންބޮޑުވުމެއްގައިކަން ފާހަގަ ކުރެއްވި، އެހެންނަމަވެސް ރައްޔިތުން ކެތްތެރިކަމާއެކު ފިޔަވަޅުތަކަށް ބޯލަނބަމުންދާކަންވެސް ފާހަގަ ކުރެއްވި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލެއްވި ކެނޑިޑޭޓުންވެސް ވާހަކަ ދައްކާވަފައިވޭ

ފުވައްމުލަކު ސިޓީން ފާހަގަކުރި ކަންކަމާ ގުޅޭގޮތުން ރައީސް ވިދާޅުވި ބައެއް ވާހަކަތައް:

- ފުވައްމުލަކަށް ދިމާވެފައިވާ ކޮވިޑުގެ ޙާލަތު ގާތުން ބަލަމުންދާނެ

- ކެނޑިޑޭޓުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށްވެސް ޚާއްސަ ސަމާލުކަމެއް ދެއްވާނެ

- ނަރުދަމާގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ، އެކަމަށްޓަކައި އެމްޑަބްލިއުއެސްސީ އަދި ފެނަކައާ މަޝްވަރާ ކުރެއްވި، އެކަަމަށް ޙައްލެއް ގެނެވޭނެކަމުގެ ޔަޤީންކަން މިވަނީ ލިބިފައި، އެ މަސައްކަތް ޙަވާލު ކޮށްފައިވަނީ ފެނަކައާ

- ކުނީގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެ، އެކަމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ

- މަސް ކިރޭނެ ނިޒާމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ

- 18 އަހަރު ނުވާ ކުދިން ޑްރައިވިންގ ލައިސެންސް ނެތި ޖޫރިމަނާ ކޮށްފައިވާ ޖޫރިމަނާއަށް އަވަސް ހައްލެއް ހޯދަދޭނަން

- ސްޕޯޓްސް ކޮމްޕްލެކްސް މަސައްކަތް އޮތީ ޕްލޭން ކުރެވިފައި

- އެންސީއައިޓީގެ ބައެއް ކޯސްތައް އަވަސް މުސްތަގުބޮލެއްގައި ފެށޭނެ

- ރާއްޖޭގެ މޮޑެލް (ޒަމާނީ ސްކޫލުތައް) ފަސް ސްކޫލުގެ ތެރެއިން އެއް ސްކޫލް އެޅިގެން ދާނީ ފުވައްމުލަކުގައި

ރައީސް ސޯލިޙު ރަށްވެހިފަތިސް ކެނޑިޑޭޓުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ޖަވާބުދެއްވަނީ
16 ފެބްރުއަރީ 2021 | އަންގާރަ 22:03
ލައިޝާ އަހްމަދު
 
ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ޚިދުމަތްތައް ފުޅާ ކުރާނަން: ރައީސް

މާލެ އަތޮޅުގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި ރައީސް ސޯލިޙު ވިދާޅުވީ، ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ޚިދުމަތްތައް ފުޅާ ކުރައްވާނެ ކަމަށް

ރައީސް ވިދާޅުވީ، ފާއިތުވި 2 އަހަރު ތެރޭގައި ޕީއެސްއައިޕީއަށް އަތޮޅު ތެރެއަށްވެސް ގިނަ ޚަރަދުތަކެއް ކުރެވިފައިވާ ކަމަށް، އަދި އަތޮޅުތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށްވެސް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައި

ރަށްވެހި ފަތިސް ކެނޑިޑޭޓުންނާ ރައީސް ސޯލިޙު އަދި މަޖިލީހުގެ ރައީސް ބައްދަލު ކުރެއްވުން
16 ފެބްރުއަރީ 2021 | އަންގާރަ 21:22
ލައިޝާ އަހްމަދު
 
ކާށިދޫ އެއްގަމު ތޮށީގެ މައްސަލަ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޓެންޑަރ މަރުޙަލާއަށް ދާނެ: ރައީސް

މިވަގުތު ކާށިދޫ ޓީމުން ގެންދަނީ އެރަށުގެ ކަންބޮޑުވުންތައް ހިއްސާ ކުރަމުން،

އެކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ، ކާށިދޫ އެއްގަމު ތޮށީގެ މައްސަލަ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޓެންޑަރ މަރުޙަލާއަށް ދާނެކަމަށް، އެކަމަށް ބަޖެޓުގައި 12 މިލިއަން ރުފިޔާ ހަމަޖައްސާފައިވާކަންވެސް ރައީސް ފާހަގަ ކުރެއްވި

އެމްޑީޕީ ކެމްޕެއިން ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވާހަކަ ދައްކަވަނީ
16 ފެބްރުއަރީ 2021 | އަންގާރަ 21:16
ލައިޝާ އަހްމަދު
 
މާރޗު މަސް ތެރޭގައި ގުރައިދޫއަށް ޕްރިންސިޕަލްއެއް ހަމަޖައްސާނެ: މިނިސްޓަރ

މިވަގުތު ވާހަކަ ދައްކަމުން ގެންދަނީ ކ ގުރައިދޫއިން. އެގޮތުން ގުރައިދޫއިން ވަނީ ސުކޫލާއި، ޒުވާނުންގެ މަރުކަޒުގެ އިތުރުން، ސިއްހީމަރުކަޒާ ގުޅޭ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީވެސް ވަނީ މި ޙަރަކާތުގައި ބައިވެރިވެވަޑައިގެން، ކ ގުރައިދޫއަށް ވަރަށް އަވަހަށް ޕްރިންސިޕަލްއެއް ހަމަޖައްސައިދެއްވާނެ ކަމަށް، އެގޮތުން މާރޗު މަސް ތެރޭގައި އެކަން ކުރައްވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވި

އެމްޑީޕީން ބޭއްވި ރަށްވެހިފަތިސް ކެމްޕެއިން ޙަރަކާތުގެ ތެރެއިން
16 ފެބްރުއަރީ 2021 | އަންގާރަ 21:10
ލައިޝާ އަހްމަދު
 
މާފުށީ ސިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

މާފުށީ ފަޅުން ހިއްކާފައިވާ ބިމާ ގުޅޭގޮތުން މާފުށީ ކެމްޕެއިން ޓީމުން ދަނީ ވާހަކަ ދައްކަމުން، އެގޮތުން ބޯހިޔާވަހި ކަމުގެ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ކެނޑިޑޭޓުން ވަނީ ފާހަގަ ކޮށްފައި، އަދި މާފުށީ ބަނދަރުގެ ދަތިކަންވެސް އަވަހަށް ޙައްލުކުރުން މުހިއްމުކަން ފާހަގަ ކުރެއްވި،

އޭގެ އިތުރުން، މާފުށީ ހެލްތް ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތާ ގުޅޭގޮތުންވެސް ސުވާލު ކޮށްފައިވޭ

އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މާފުށީ ބިން ހިއްކުމުގެ 100 އިންސައްތަ ނިމިފައިވާ ކަމަށާއި، ރިވެޓްމަންޓް ޖެހުމުގެ 44 އިންސައްތަ ނިމިފައިވާ ކަމަށް.

އަދި ރިވެޓްމަންޓް ޖަހާ ނިމުމާއެކު، ބިން ދޫކުރުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް އެ ޕްލޭންގެ ދަށުން ކުރިއަށްދާނެކަން ރައީސް ފާހަގަ ކުރެއްވި

އެހެން ނަމަވެސް، ބަނދަރުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އަންނަ އަހަރު އެކަމަށް މަސައްކަތް ކުރެވިދާނެކަމަށް

އަދި ސިއްޙީމަރުކަޒު ގެ ޚިދުމަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެކަން ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް، އަދި ކައުންސިލާ ގުޅިގެން އެކަމުގެ މަޝްވަރާތައް ކުރައްވާނެކަން ރައީސް ފާހަގަ ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަނީ
16 ފެބްރުއަރީ 2021 | އަންގާރަ 21:05
ލައިޝާ އަހްމަދު
 
ގުޅީ ފުޓުބޯޅަ ދަނޑުގެ ޓާރފް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: ރައީސް

މިވަގުތު ވާހަކަ ދައްކަމުން ގެންދަނީ ކ ގުޅީގެ ޓީމުން،

ގުޅީގެ ޓީމުން ފާހަގަ ކުރެއްވި ކަންކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ގުޅީ ފުޓުބޯޅަ ދަނޑުގެ ޓާރފް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް، އަދި ސަބް ބޭސް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި.

ރައީސް ވިދާޅުވީ، ވަރަށް ގިނަ ރަށްރަށުގެ ބިން ހިއްކުމަށްވެސް ސަރުކާރުން ރާވާފައިވާ ކަމަށް، އަދި ވަކި ތަރުތީބެއްގެ ދަށުން އެ މަސައްކަތް ކުރައްވާނެކަން ރައީސް ފާހަގަ ކުރެއްވި، ރައީސް ވިދާޅުވީ،

16 ފެބްރުއަރީ 2021 | އަންގާރަ 20:57
ލައިޝާ އަހްމަދު
 
ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ބޮޑެތި ރަށްރަށުގައި ހުރި ކުނި ނައްތާލުމުގެ މަސައްކަތް ފަށަނީ

ރައީސް ވިދާޅުވީ، ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ބޮޑެތި ރަށްރަށުގައި ހުރި ކުނި ނައްތާލުމުގެ މަސައްކަތް ކުރައްވަން ފައްޓަވާނެ ކަމަށް

16 ފެބްރުއަރީ 2021 | އަންގާރަ 20:51
ލައިޝާ އަހްމަދު
 
އެމްބިއުލާންސް ނެތް ރަށްރަށަށްވެސް އޭޕްރީލްމަސް ތެރޭގައި އެމްބިއުލާންސް ފޯރުކޮށްދެން ފަށާނަން: ރައީސް

މިވަގުތު ވާހަކަ ދައްކަމުން ގެންދަނީ ދިއްފުށީގެ ފަރާތުން، އެގޮތުން ސިއްޙީ މަރުކަޒުގެ ލެބޯޓަރީގެ މަސައްކަތާއި، ކުނި މެނޭޖް ކުރެވޭނެ ގޮތެއް ނެތުމުގެ އިތުރުން، ފެނާއި ނަރުދަމާއިން ނަގާ މަހުފީއާއި، އައިސް ޕްލާންޓެއްގެ މުހިއްމުކަމާއި، މިސްކިތުގެ އޭސީ ޚިދުމަތް މިވަގުތަށް ނެތުމާއި، ސިއްޙީ ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމާއި، އޭޓީއެމްގެ ޚިދުމަތުގެ ވާހަކަ ފާހަގަ ކުރެއްވި

އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެރަށު ބިންހިއްކުން މިހާރު އޮތީ ޕްރި ޓެންޑަރިންގ މަރުޙަލާގައި ކަމަށް، އަދި ސިއްޙީ މަރުކަޒަށް ކުރިއަށް އޮތް ހަފްތާ ތެރޭގައި ތަކެތި ފޯރުކޮށްދެވިގެން ދާނެކަމަށް ރައީސް ވިދާޅުވި،

އޭގެ އިތުރުން، އެމްބިއުލާންސް ނެތް ރަށްރަށަށްވެސް އޭޕްރީލްމަސް ތެރޭގައި އެމްބިއުލާންސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި،

އައިސް ޕްލާންޓާ ގުޅޭގޮތުން ކުރި ޝަކުވާއާ ގުޅިގެން ރައީސް ވިދާޅުވީ، އެކަން ނޯޓު ކޮށްގެން އިތުރަށް ބަލަމުންދާނެ ކަމަށް، އަދި އޭޓީއެމްއަށް މާރޗު މަހު ޚިދުމަތް ދެވިގެންދާނެކަން ފާހަގަ ކުރެއްވި

16 ފެބްރުއަރީ 2021 | އަންގާރަ 20:47
ލައިޝާ އަހްމަދު
 
ފަހުން ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބޭނެކަމަށް އުއްމީދު ކުރެވޭ: ރައީސް

ރައީސް ވިދާޅުވީ، ކުރިއާ ޚިލާފަށް މިއަދު ކެމްޕެއިން ކުރަން ޖެހިފައިވީ ނަމަވެސް، ފަހުގެ ވަގުތެއްގައި ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބޭނެކަމަށް އުއްމީދު ކުރެވޭ ކަމަށް

އަދި ގާފަރުގެ ކެނޑިޑޭޓުގެ ވާހަކައާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ގާފަރުގެ އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މީގެ ކުރިން ބަޔަކާ ޙަވާލު ކުރި ކަމަށް، އަދި އެ މަސައްކަތް އެފަރާތަށް ނިމިފައިނުވާތީ މިފްކޯއާ ޙަވާލު ކޮށްފައިވާ ކަމަށް

އަދި ސިއްޙީ މަރުކަޒުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަން ރައީސް ފާހަގަ ކުރެއްވި

16 ފެބްރުއަރީ 2021 | އަންގާރަ 20:40
ލައިޝާ އަހްމަދު
 
ރަށްވެހިފަތިސް ބައްދަލުވުން މޮޑެރޭޓް ކޮށްދެއްވަނީ ރައީސް ނަޝީދު

މި ބައްދަލުވުން މޮޑެރޭޓް ކޮށްދެއްވަނީ ރައީސް ނަޝީދު

މާލޭ އަތޮޅުގެ ކޮންމެ ރަށަކަށް ދެތިން މިނެޓުގެ ފުރުސަތެއް ދެއްވާފައިވޭ، މިވަގުތު ދާއިރާގެ ކެނޑިޑޭޓުން ދަނީ ވާހަކަ ދަައްކަމުން.

16 ފެބްރުއަރީ 2021 | އަންގާރަ 20:37
raajjemv logo

All rights reserved