ގާނޫނީ ޑޭޓާބޭސް އިފްތިތާހުކުރުން
"ޝުނާ ޑޮޓް ލޯ" ގެ ނަމުގައި ގާނޫނީ ޑޭޓާބޭހެއް އިފްތިތާހުކޮށްފި
 
މި ޑޭޓާބޭހަކީ ގާނޫނީ ދިރާސާ ކުރުމަށް ބޭނުން ކުރެވޭނެ މުހިންމު ވަސީލަތެއް ކަމަށް ވަނީ ބުނެފައި
ކ. މާލެ |
ޝުނާނާ އެންޑް ކޯ އެލްއެލްޕީގެ މެނޭޖިން ޕާޓްނަރު އަދި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ
ރާއްޖެއެމްވީ

ޝުނާނާ އެންޑް ކޯ އެލްއެލްޕީއިން "ޝުނާ ޑޮޓް ލޯ"ގެ ނަމުގައި ގާނޫނީ ޑޭޓާބޭހެއް އިފްތިތާހުކޮށްފިއެވެ.

ސްކޭޕް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ތައްޔާރުކުރި މި ޑޭޓާބޭހަކީ ގާނޫނީ ދިރާސާ ކުރުމަށް ބޭނުން ކުރެވޭނެ މުހިންމު ވަސީލަތެއް ކަމަށާއި ޑޭޓާބޭހުގައި ހިމެނެނީ ކޭސް ޑޭޓާބޭހަކާއި ގާނޫނީ ބަސް ފޮތް ކަމަށް ޝުނާނާ އެންޑް ކޯ އެލްއެލްޕީން ބުންޏެވެ.

މި ޑޭޓާބޭސް އިފްތިތާހު ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުނާނާ އެންޑް ކޯ އެލްއެލްޕީގެ މެނޭޖިން ޕާޓްނަރު އަދި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ މިއީ އެ ޑޭޓާބޭހުގެ ފުރަތަމަ ފިޔަވަހި ކަމަށާއި ދެވަނަ ފިޔަވަހީގައި ވަޒީފާއާ ބެހޭ ގާނޫނީ އުސޫލުގެ ފޮތުގެ ބަޔަކާއި ގާނޫނީ އެކި ފޮތްތައް ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.

ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ޝުނާނާ ވިދާޅުވީ ގާނޫނީ ޚަބަރު ނެރޭނެ ކަމަށާއި މިއީ ގާނޫނީ ދިރާސާގެ ފެށުން ކަމަށެވެ.

ޑޭޓާބޭސް މެދުވެރިކޮށް ހުކުމްތަކުގެ ޓެކްސްޓްތައް ސާޗް ކުރުމުގެ އިތުރުން ވަކިވަކި ފަނޑިޔާރުން ކޮށްފައިވާ ހުކުމްތަކާއި އެކިއެކި ބާވަތުގެ ހުކުމްތައް ބެލޭނެއެވެ. އަދި ކޭސް ޑޭޓާބެހުގައި ރާއްޖޭގެ ސުޕްރީމް ކޯޓުން މިހާތަނަށް ކޮށްފައިވާ ހުރިހާ ހުކުމްތަކެއް އަދި ހައިކޯޓުގެ ފަހުގެ ހުކުމްތަކުގެ ޓެކްސްޓް ވެސް ވަނީ އަޕްލޯޑް ކޮށްފައެވެ.

ޝުނާނާ އެންޑް ކޯ އެލްއެލްޕީން ބުނީ ބަސްފޮތަކީ ގާނޫނީ ބަސްތަކާއި އެ ބަސްތަކުގެ މާނަ ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ބައެއް ކަމުގައެވެ. އެ ބައިގައި ޝަރުއީ ކޯޓުތަކުގެ ހުކުމްތަކާއި އެކި ލޯ ޑިކްޝަނަރީތަކުގައި ބޭނުންކޮށްފައިވާ ބަސްތައް ހިމަނާފައިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
38%
އަންތަރީސް ވެއްޖެ
38%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
25%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved