ވެކްސިން އަޕްޓޭޑް
ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 349،428ށް
 
ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 88 މީހުން
ކ. މާލެ |
ކޮވިޑް-19 ވެކްސިން ޖެހުން
ރައީސް އޮފީސް

ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 349،428ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބުދަ ދުވަހު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 766 މީހުންނެވެ. އެއީ އަތޮޅުތަކުން ވެކްސިން ޖެހި 472 މީހުންނާއި، މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖަހާފައިވާ 294 މީހުންނެވެ.

ބުދަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 88 މީހުންނެވެ. އެއީ އަތޮޅުތަކުން 38 މީހަކާ މާލެ ސަރަހައްދުން 50 މީހެކެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 393،501ށް އަރާފައެވެ.

ރަށްރަށުގައި ތިބި، ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތް ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް މި މަހުގެ 3ން ފެށިގެން ފައިޒަރ ވެކްސިން ޖަހައިދެމުންދާއިރު، މާލެ ސަރަހައްދުގައި އޭޑީކޭ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް، ހުޅުމާލެ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް އަދި ވިލިމާލެ ހޮސްޕިޓަލްގައި 10:00ން 12:00ށް ވެކްސިން ޖަހައިދެމުންދާނެ ކަމަށެވެ. އަދި ރަށްރަށުގައި ތިބި ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތް ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved