ދެކުނު ސަރަހައްދީ އޮފީހުގެ އަހަރީ ރިޕޯޓު
ދެކުނު ސަރަހައްދީ އޮފީސްތަކުން ދައުލަތުގެ އާމްދަނީގެ ގޮތުގައި 698,244 ރުފިޔާ ހޯދަންޖެހޭ!
 
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ދީފައިވުމުގެ ސަބަބުން 315,150 ރުފިޔާ އަނބުރާ ހޯދަންޖެހޭ
 
ފާއިތުވެދިޔަ އަހަރުތަކުގެ ބަޖެޓް ބާކީގެ ގޮތުގައި ޕަބްލިކް ބޭންކް އެކައުންޓަށް އަނބުރާ ޖަމާކުރަންޖެހޭ
ކ. މާލެ |
އަހަރީ ރިޕޯޓުގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތައް
އޮޑިޓަރ ޖެނެރަލް އޮފީސް

ދެކުނު ސަރަހައްދީ އޮފީސްތަކުން ދައުލަތުގެ އާމްދަނީގެ ގޮތުގައި 698,244 ރުފިޔާ ހޯދަންޖެހިފައިވާ ކަމަށް އޮޑިޓަރ ޖެނަރަލް އޮފީހުން ބުނެފިއެވެ.

ލާމަރުކަޒީ ދާއިރާގެ ލޯކަލް ކައުންސިލްތަކުގެ އޮޑިޓުންނާއި، އެޑިޔުކޭޝަން ދާއިރާގެ ސްކޫލްތަކުގެ އޮޑިޓުންނާއި، ހެލްތު ދާއިރާގެ ރީޖަނަލް ހޮސްޕިޓަލް އަދި ޝަރުއީ ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ އޮޑިޓުން ފާހަގަކުރެވޭ މައިގަނޑު ކަންތައްތައް 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ޖުމްލަ ގޮތެއްގައި އެ އިދާރާތަކުން ދައުލަތުގެ އާމްދަނީގެ ގޮތުގައި 698,244 ރުފިޔާ ހޯދަންޖެހިފައިވާ ކަމާއި، އެ އިދާރާތަކުގެ އާމްދަނީގެ ގޮތުގައި 2,274,968 (ދެ މިލިއަން ދެލައްކަ ހަތްދިހަ ހަތަރުހާސް ނުވަސަތޭކަ ފަސްދޮސްއަށެއް) ރުފިޔާ ހޯދަންޖެހިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގެ ބަޖެޓް ބާކީގެ ގޮތުގައި ޕަބްލިކް ބޭންކް އެކައުންޓަށް އަނބުރާ ޖަމާކުރަންޖެހޭ 6,866,284 (ހަމިލިއަން ރަށްލައްކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ އަށްޑިހަ ހަތަރެއް) ރުފިޔާ އެ އިދާރާތަކުގެ ބޭންކް އެކައުންޓުގައި ހުރިކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ދީފައިވުމުގެ ސަބަބުން 315,150 ރުފިޔާ އަނބުރާ ހޯދަންޖެހޭ ކަމަށް ވަނީ ބުނެފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހަކީ އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން، ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ (އައްޑޫ، ފުވައްމުލައް)އާއި ދެ އަތޮޅު (ހުވަދު އަތޮޅު އުތުރު ބުރި އާއި ހުވަދު އަތޮޅު ދެކުނު ބުރި)ގައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވިޔަފާރިތަކުގެ މާލީ ދާއިރާގެ ކަންކަން ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުވުމަށް ޚާއްސަ ސަމާލުކަމެއްދީގެން އެ ތަންތަނުގެ އޮޑިޓްތައް ކުރުމަށް 2015 ވަނަ އަހަރު އޮޑިޓަރ ޖެނެރަލް ގާއިމުކުރި އޮފީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved