ސޯބެ އައްޑޫގައި ހުންނެވުން
ސޯބެ އައްޑޫގައި ހުންނަވާނީ އައްޑޫގެ ތަރައްގީގެ ކަންކަން ބެއްލެވުމަށް – މިނިސްޓްރީ
 
ސޯބެ ހުންނަވާނީ އައްޑޫގެ ތަރައްގީގެ ކަންކަން ހިންގައި ބެލެހެއްޓެވުމުގައި އެންމެ އިސްކޮށް
ކ. މާލެ |
އައްޑޫ ސިޓީގެ ކުރީގެ މޭޔަރ ސޯބެ
ޓްވިޓަރ

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ދާދިފަހުން އައްޔަނުކުރެއްވި ޢަބްދުﷲ ޞާދިޤު (ސޯބެ) އައްޑޫ ސިޓީގައި ހުންނަވާނީ ސަރުކާރުން އެ ސިޓީގައި ކުރިއަށްގެންދަވާ ތަރައްގީގެ މަޝްރޫއުތަކުގެ ކަންކަން ބެއްލެވުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އައްޑޫ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާފައިވާ ސޯބެ އައްޑޫ ސިޓީގައި ހުންނެވުމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ, ރާއްޖޭގެ އެކި ސަރަހައްދުތަކުގައި, ވަކިން ޚާއްސަކޮށް ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށްގެންދާ ސަރަހައްދުތަކުގައި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ފަރާތުން އިސް ފަރާތްތައް ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެ އުސޫލުގެ މަތިން ސޯބެ ވެސް އައްޑޫ ސިޓީގައި ހުންނަވާނެ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ މިއީ މީގެ ކުރިން ވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށާއި، ވަކި ސަރަހައްދުތަކަށް ކަނޑައަޅައިގެން މިނިސްޓްރީގެ އިސްވެރިން ހަމަޖައްސާނެ ކަމަށެވެ. އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ފަރާތުން އެކި ސަރަހައްދުތަކުގައި އޮފީސް ގާއިމުކުރާނެ ކަމަށެވެ. އަދި އެ އޮފީހަކީ އެ ސަރަހައްދުގެ ތަރައްގީގެ ހުރިހާ ކަންކަމެއް ބަލަހައްޓައި ހިންގާނެ އޮފީސް ކަމަށާއި، އެތަނުގައި މިނިސްޓްރީގެ ފަރާތުން އިސް ވެރިއެއް ހުންނަވާނެ ކަމަށެވެ.

އައްޑޫ ސިޓީގައި މިވަގުތުވެސް ބޮޑެތި ޕްރޮޖެކްޓްތައް ހިންގަމުން އަންނަ ކަމަށާއި، އިންޑިއާގެ އެހީގައާއި ލޯނުގެ އެހީގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގުމަށް ރާވާފައިވާ އިރު، އެކަންކަން ގާތުން ބައްލަވައި އެކަންކަމުގައި އެންމެ އިސްކޮށް ހުންނަވާނީ ސޯބެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved