ދަނގެތީގައި މީހަކު މަރާލުން
ދަނގެތީގައި އަނިޔާވެރި ގޮތަކަށް މީހަކު މަރާލައިފި
 
އޭނާގެ 4 ކުދިން ތިބޭ
 
މަހްމޫދަކީ ވަރަށް ރަނގަޅު މީހެއް، ބޮޑު ވިޔަފާރިވެރިއެއް
 
މަރާލާފައިވަނީ މުނަލާޒު، 57 އަހަރުގެ މަހްމޫދު އަބޫބަކުރު
ކ. މާލެ |
ދަނގެތިން މަރާލި މީހާ
ރާއްޖެއެމްވީ

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މީހަކު މަރާލައިފިއެވެ.

މަރާލާފައިވަނީ އެ ރަށު މުނަލާޒު، 57 އަހަރުގެ މަހްމޫދު އަބޫބަކުރެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ބޮލަށާއި، ފަޔަށް ގޯއްޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން ވަނީ އެލުވާފައެވެ. އެރަށުގެ ކައުންސިލް ރައީސް މުއާވިއަތު ރަޝީދު ވިދާޅުވީ މަހްމޫދަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި، ބޮޑު ވިޔަފާރިވެރިއެއް ކަމަށެވެ. އަދި އޭނާގެ 4 ކުދިން ތިބޭ ކަމަށް މުއާވިއަތު ވިދާޅުވިއެވެ.

މަހިބަދޫއިން މިހާރު ފޮރެންސިކް ޓީމެއް ދަނީ އެރަށަށް ދަތުރުކުރަމުންނެވެ.

ފުލުހުން ބުނީ ދަނގެތީގައި ގޯންޏަކަށް ލައި އެއްލާލައިފައި އޮތް މީހަކު ފެނިފައިވާ ކަމަށް ބުރާސްފަތި ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
40%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
50%
ދެރަ ވެއްޖެ
10%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved