ޝާހިދުގެ ދަތުރުފުޅު
ޕީޖީއޭގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ޝާހިދު ނިންމަވާލައްވައިފި
 
ޔުނައިޓެޑް އަރަބް އެމިރޭޓްސް، ދިވެހިރާއްޖެ އަދި ސަރބިއާއަށް ވަޑައިގެންނެވި
ކ. މާލެ |
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެން، ރައީސްއާ ބައްދަލު ކުރެއްވުން
ރައީސް އޮފީސް

އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ނިއުޔޯކަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ދިވެހިރާއްޖެ އަދި ސަރބިއާއަށެވެ. ސަރބިއާގައި ކާމިޔާބު، މުހިއްމު ބައްދަލުވުންތަކެއް ބޭއްވެވިއެވެ. އެގޮތުން ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ސަރބިއާގެ ރައީސް އެލެކްޒެންޑަރ ވުޗިކް، ސަރބިއާގެ މަދަނީ ޖަމްއިއްޔާތަކުގެ އަންހެން ލީޑަރުން، އދ.ގެ އާއްމު މަޖިލީހުގެ 67 ވަނަ ރައީސް ވުކް ޖެރެމިކްގެ އިތުރުން ސަރބިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އިވިކާ ޑަޗިކް، ސަރބިއާގެ ބޮޑުވަޒީރުގެ ނައިބު، ހަކަތަޔާ ބެހޭ ވަޒީރު އަދި މިންތީގެ ހަމަހަމަކަމާ ބެހޭ ބޯޑުގެ ރައީސާ ޒޮރާނާ މިޚައިލޮވިޗްއާ ބައްދަލުކުރެއްވިއެވެ.

އަދި ސަރބިއާގެ ޚާރިޖީ ވަޒީރު ނިކޮލާ ސެލަކޮވިޗް، ސަރބިއާގައި ގާއިމްވެފައިވާ އދ.ގެ އޮފީސްތަކުގެ ޓީމްތައް، ސަރބިއާގެ ބޮޑުވަޒީރު އަނާ ބްރަނަބިކް އަދި ސަރބިއާގައި އޮތް ނަން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ބައްދަލުވުމަށް ވަޑައިގެންނެވި ވަފުދުތަކުގެ އަންހެން ލީޑަރުންގެ އިތުރުން ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޑރ. އަހްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙްއާއި ސޫދާނުގެ ޚާރިޖީ ވަޒީރު ޑރ. މަރިޔަމް އަލް ޞާދިޤް އަލް މަހްދީއާ ވެސް ބައްދަލުކުރެއްވިއެވެ.

އެނބުރި ނިއުޔޯކަށް ވަޑައިގަތުމަށްފަހު ޕީޖީއޭ ޝާހިދު ވަނީ އާއްމު މަޖިލީހުގެ ފަސްޓް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާއެކު މަހަކު އެއް ފަހަރު ބާއްވަވާ ކޯޑިނޭޓިންގ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ވެސް ބާއްވަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
100%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved