އެސްޓީއޯ އިން ގެނައި އެންބިއުލާންސްތައް
ރަށްރަށަށް ފޮނުވުމަށް އިތުރު 20 އެމްބިއުލާންސް ގެނެސްފި
 
އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައި
 
މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލަންސް ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ބުނެފި
ކ. މާލެ |
އެސްޓީއޯ އިން ގެނައި އެންބިއުލާންސް
އެސްޓީއޯ

ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް ގެންނަން ނިންމާފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު 20 އެމްބިއުލާންސް މާލެ ގެނެސްފިއެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ މި އަހަރުގެ ޖޫން މަހުގެ ދިހަ ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެގޮތުން، އެސްޓީއޯ އިން ވަނީ އޭގެތެރެއިން އިތުރު 20 އެމްބިއުލާންސް މިއަދު މާލެ ގެނެސްފައެވެ. މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ދެވޭ ޚިދުމަތް ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްޙީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަމަށް މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފައެވެ.

އަދި ހަމަ އެހެންމެ، އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލާންސްތައް މިނިސްޓްރީއަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved