މުނާ އެޗްއާރުސީއެމްގެ ރައީސްކަމަށް
އެޗްއާރުސީއެމްގެ ރައީސްކަމަށް މުނާ އައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފި
 
މުނާ އަކީ މިހާރު ވެސް އެޗްއާރުސީއެމްގެ މެންބަރެއް
ކ. މާލެ |
މަރިޔަމް މުނާ
އެޗްއާރްސީއެމް

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމަށް މަރިޔަމް މުނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ ރައީސްކަމުގެ މަޤާމަށާއި، ނާއިބުރައީސްކަމަށް އައްޔަން ކުރަން ކޮމިޓީން ފާސްކުރި ދެބޭފުޅުންނާއި އިންޓައުވިއު ކޮށްފައެއް ނުވެއެވެ. އިންޓަރވިއު ނުކުރީ، އެ ދެބޭފުޅުންނަކީ ވެސް ވަރަށް ފަހުން ކޮމިޝަނަށް އައްޔަންކުރުމަށް ކޮމިޓީން އިންޓަރވިއުކޮށް، އެދެބޭފުޅުންގެ ހުރިހާ މައުލޫމާތެއް ހުރި ބޭފުޅުންނަށް ވުމުންނެވެ.

މުނާއަކީ މިހާރު ވެސް އެޗްއާރުސީއެމްގެ މެންބަރެކެވެ. އޭނާ އެޗްއާރުސީއެމްގެ މެންބަރަކަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ. މުނާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓަރޒް ޑިގްރީ ހާސިލުކޮށްފައިވާ ބޭފުޅެކެވެ. އޭނާއަކީ މެނޭޖްމެންޓް ދާއިރާއާ ކަމާ ގުޅުންހުރި ދާއިރާތަކުން ރާއްޖެއިންނާއި ރާއްޖެއިން ބޭރު ގައުމުތަކުން އެކަށީގެންވާ މިންވަރެއްގެ ތަމްރީނުތަކެއް ލިބިފައިވާ ފަރާތެއްކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ރިޕޯޓުގައިވެއެވެ.

އޭނާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމާއި ނޭޝަނަލް ސެކިއުރިޓީގެ ޕަރމަނަންޓް ސެކްރެޓަރީ ކަމާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ޑިރެކްޓަރ އޮޕަރޭޝަންގެ މަގާމު ވެސް އަދާކުރައްވާފައެވެ.

އެޗްއާރުސީއެމް އަށް ދާދިފަހުން ވަނީ ތިން ބޭފުޅެއް އައްޔަނުކުރައްވާފައެވެ. އެއީ އާމިނަތު ޝަފާޢަތު ޢަބްދުއްރައްޒާޤާއި، މުއުމިނާ ވަޙީދުގެ އިތުރުން ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved