އިކްރާމަށް އަމާޒުވާ ފާޑުކިޔުންތައް
ރައްޔިތުންނާއެކު ކިޔޫ ހަދަން ޖެހިގެން ޝަކުވާއެއް ނުކުރަން: އިކްރާމް
 
މި ދަނޑިވަޅުގައި އޭނާ ހަލާކުކޮށް ނުލެއްވުމަށް އިކްރާމް އެދިލެއްވި
 
ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ މަޖިލީހުގެ ގްރޫޕެއްގައި
 
މަޖިލީހުގެ ބައެއް މެމްބަރުންނަކީ ސެކިއުރިޓީ ބޭނުންވާ މެމްބަރުން
ކ. މާލެ |
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ރާއްޖެއެމްވީ

ރައްޔިތުންނާއެކު ކިޔޫ ހަދަން ޖެހުމުން ޝަކުވާ ކޮށްފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޓިކެޓު ގަތުމާއި ދަނޑަށް ވަދެ ނިކުތުމުގެ ކަންކަން ވީއައިޕީކޮށް ހަމަޖެހެން ޖެހޭކަމަށް އިކްރާމް ވިދާޅުވެފައިވާކަމަށް ބުނެ މި ފަހުން ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދަނީ ފެތުރެމުންނެވެ.

ރާއްޖެ އެމްވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އިކްރާމް ވިދާޅުވީ މަޖިލީހަށް ހޮވި، މަޖިލީހުގައި ދެމިތިބެވެނީ ރައްޔިތުންގެ ވޯޓާއެކު ރައްޔިތުންގެ ރުހުމުގައި ކަމަށެވެ. އެހެންކަމުން ރައްޔިތުންނާއެކު ކިޔޫއެއް ހަދަން ޖެހުމަކީ ޝަކުވާ ކުރައްވާ ކަމެއް ނޫން ކަމަށެވެ. މިކަމުގައި ވާހަކަދައްކަވަން ޖެހިވަޑައިގަތީ މަޖިލީހުގެ ޕްރޮޓޮކޯލް ޑިޕާޓްމެންޓެއް އޮވެ، ދަނޑަށް ވަދެ ނިކުތުމުގައި ފަސޭހަ އިންތިޒާމުތަކެއް ނެތުމުން ކަމަށް އިކްރާމް ވިދާޅުވިއެވެ.

އަޅުގަނޑަށް ފުރަތަމަ ދުވަހުގެ ޓިކެޓު ލިބުނީމަ އަޅުގަނޑު ދިޔައިން ދަނޑަށް ވަންނަން. ޕްރޮޓޮކޯލް ޑިޕާޓްމެންޓާ ވާހަކަދައްކާފައި އަޅުގަނޑު އެހިން އަޅުގަނޑުމެންނަށް ވަދެވޭނެތޯ. އަޅުގަނޑު ދިޔައީ މަޖިލިސް ކާޑު ވެސް ހިފައިގެން. އެހެންނަމަވެސް އަޅުގަނޑެއް އެތަނަކަށް ނުވެއްދި. އަޅުގަނޑާ އަދިވެސް އެހެން އެމްޕީ އަކާ ތިބީ އެތަނުގައި. ތިއްބާ އަދިވެސް އެހެން އެމްޕީއެއް އައި ހިސާބުން އަޅުގަނޑަށް ހީވަނީ ޕޮލިސް ބޭފުޅުންނަށް އެ ބޭފުޅަކު އެނގިލައްވަނީ ކަންނޭނގެ. ދެން އެބޭފުޅެއްގެ ފަހަތުން ވަނީ. އެ ދުވަހު ވާރޭ ވެހޭތީ އަޅުގަނޑު ހުރީ ކުޑައެއް ހިފައިގެން ދެން އަޅުގަނޑު ބުނީ އެ ޕޮލިސް ބޭފުޅާ ކައިރީ ކުޑަ ގެއްލިދާނެ ނޫންތޯއޭ. ވިދާޅުވީ ދެން ހުރި ކުޑަތައް މި ކުޑަ ބަލާނޭ. އަޅުގަނޑަށް ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނީ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން

އިކްރާމް ވިދާޅުވީ މިކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކްލޯސްޑް ގްރޫޕެއްގައި ކަމަށެވެ. އެ ގްރޫޕްގައި އަމީންއާންމު ވެސް އިންނަވާނެ ކަމަށާއި، ބޭނުންފުޅުވީ ކަމާގުޅޭ ބޭފުޅުންނާ ހަމައަށް އެކަން ދިއުން ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް ވަކި ހިސާބެއްގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވައި، ތަންކޮޅެއް ފަސޭހައިން ވަދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް އިކްރާމް ވިދާޅުވިއެވެ.

އެ ކަންބޮޑުވުން ފާޅުކުރެއްވީ މަޖިލީހުގެ ފަރާތުން އެކަން ރަނގަޅުކުރެވިދާނެ ކަމަށް ގަބޫލުކުރެވޭތީއާއި، މަޖިލީހުގެ ބައެއް މެމްބަރުންނަކީ ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ލިބިލިބި ތިއްބަވާ މެމްބަރުން ކަމަށް ވާތީ ކަމަށް އިކްރާމް ވިދާޅުވިއެވެ. އެއީ ރައްޔިތުންނާއެކު ކިޔޫ އަކަށް އަރަން ޖެހިގެން، ނުވަތަ ހައިސިއްޔަތު މަތިވެގެންނެއް ފާޅުކުރި ކަންބޮޑުވުމެއް ނޫން ކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.

މީޑިއާއިން ވެސް މިކަން ނަގާފައިވަނީ ރަނގަޅަށް ނޫންކަން އިކްރާމް ފާހަގަކުރެއްވިއެވެ. މީޑިއާއިން ފަތުރާ ޚަބަރުތަކުން އިތުރަށް ލޭބަލްވެގެންދާކަމަށް އިކްރާމް ވިދާޅުވިއެވެ. މިވަގުތަކީ އޭނާއަށް ދަތި ވަގުތެއް ކަމަށާއި، މި ވަގުތު ދޮގު ވާހަކަތައް ނުފެތުރުމަށް އިކްރާމް ވަނީ އެދިލައްވާފައެވެ.

އަޅުގަނޑުގެ އެދުމަކީ އެހާ ބޮޑަށް އަޅުގަނޑު ހަލާކުކޮށް ނުލައްވާށޭ. ވަރަށް އިޚުލާސްތެރިކަމާއެކު އަޅުގަނޑު ދަންނަވަން ބޭނުން އަޅުގަނޑުގެ މަސައްކަތް ބައްލަވަން ބޭނުންފުޅުވާނަމަ މަޖިލީހަށް ގުޅާލައިގެން ވެސް އެކަން ބައްލަވާށޭ. އަދި އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނާއި، ކައުންސިލްގެ ފަރާތުން ވެސް ސާފުކޮށްލައްވާށޭ. އަޅުގަނޑަކީ ހަމަ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭތޯ މަޖިލީހަށް ވަދެ ހުރި މީހެއް. އަދި އެ މަސައްކަތްތައް ކުރަމުންގެންދާ މީހެއް.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން

މި މޭރުމުން އިކްރާމް ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެގޮތުން އާންމު ރައްޔިތު މީހާ ޓިކެޓު ނަގަން އެތައް ގަޑިއިރެއް ވަންދެން ކިޔޫގައި އިންނަންޖެހޭތީ އެކަން ގިނަ ބަޔަކު ގެންދަނީ ފާހަގަކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
20%
އަންތަރީސް ވެއްޖެ
40%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
20%
ރުޅި ގަދަ ވެއްޖެ
20%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved