ޖިންސީގޯނާގެ މައްސަލަ
ބްލެކް މެއިލްކޮށް ޖިންސީ ގުޅުން ހިންގަން އުޅުނު ކުއްޖާ ފުލުހުންގެ އެހީތެރިކަމާއެކު ރަށުން ފުރުވާލައިފި!
 
ކުޑަކުއްޖާއަށް ބްލެކްމެއިލްކުރާތާ 3 މަސް ވެއްޖެ
ކ. މާލެ |
ޕޮލިސް އިންސެޕްޝަން ދުވަހާ ގުޅިގެން ބޭއްވި ހަރަކާތްތައް
ޕޮލިސް

ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް ޖިންސީ ގުޅުން ހިންގަން އުޅުނު މައްސަލައިގައި ހިމެނޭ ފިރިހެން ކުއްޖާ ފުލުހުންގެ ހިމާޔަތާއެކު ރަށުން ފުރުވާލާފައިވާ ކަމަށް އަންހެން ކުއްޖާގެ އާއިލާއިން ބުނެފިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ކުޑަ އަންހެން ކުއްޖަކު ބްލެކްމެއިލް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް ކަމާ ބެހޭ އިދާރާތަކުން މި މައްސަލަ ބެލުން ލަސްވާތީ އަންހެން ކުއްޖާގެ އާއިލާއިން ވަނީ މި މައްސަލަ ހޫނުކޮށްފައެވެ. އަދި އެއާއެކު އެ ފިރިހެން ކުއްޖާއަށް ހިމާޔަތްދީ ފުރުވާލާފައިވާކަމަށް އާއިލާއިން ބުނެއެވެ.

އަންހެން ކުއްޖާގެ އާއިލާއިން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނީ މި މައްސަލައަށް 3 މަސް ވެފައިވާ އިރު، ޖެންޑާ މިނިސްޓްރީން އެކަމުގައި ސުވާލެއް ނުކުރާ ކަމަށެވެ. މި މައްސަލަ ފުރަތަމަ ހުށަހެޅީ ސްކޫލަށް ކަމަށާއި، އޭގެ ފަހުން ޖެންޑާއަށް ހުށަހަޅާފައި ޕޮލިހަށް ވެސް ހުށަހެޅި ކަމަށެވެ.

"3 މަސް ވެއްޖެ އެ މައްސަލަ ނުބަލާ އުޅޭތާ. އެހެންވެ އެ މައްސަލަ އަޅުގަނޑުމެން ހޫނުކޮށްލީ. އަޅުގަނޑުމެން ބުނީ އެމީހުން މައްސަލަ ނުބަލަންޏާ އަހަރުމެން އަމިއްލައަށް ގޮސް އޮރިޔާން ނަގާފާނަމޭ. އެއިރުން ހަމަހަމަވީއޭ. ހޫނު ކުރީމަ ފުލުހުން އޭނަ ހިމާޔަތްކޮށްގެން އޭނަ ފޮނުވާލީ. އެއީ ގްރޭޑް 10 ގައި އުޅޭ ކުއްޖެއް،"

އަންހެން ކުއްޖާގެ އާއިލާއިން ބުނީ އެ ފިރިހެން ކުއްޖާގެ އިތުރުން އެ ގްރޫއްޕުގައި އިތުރު ކުދިންތަކެއް ވެސް ހިމެނޭ ކަމަށާއި، އެމީހުން މި މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. އަދި ތަފާތު އެކި ފަހަރު މަތިން އެކި އަންހެންކުދިން ބްލެކްމެއިލްކޮށް ހަދާފައިވާ ކަމަށެވެ.  

ފުލުހުން ބުނީ ދެކުނު ޕޮލިސް ރީޖަން ހިމެނޭ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކު، ކުޑަ އަންހެން ކުއްޖަކު ބްލެކްމެއިލް ކުރި ކަމަށް ބުނާ މައްސަލައެއް އާދިއްތަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައްސަލަ ތަހުގީގުކުރަމުންދަނިކޮށް ކުޑަކުއްޖާގެ ފޮޓޯތައް ލީކުކޮށްލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
29%
އަންތަރީސް ވެއްޖެ
2%
އުފާ ވެއްޖެ
8%
ދެރަ ވެއްޖެ
46%
ރުޅި ގަދަ ވެއްޖެ
12%
މޮޔަވެއްޖެ
4%
ލިޔުން ރަނގަޅު
ކޮމެންޓް
15 އޮކްޓޯބަރ 2021 | ހުކުރު 15:36
ހަސަން
ރަށެއްގެ ފޮޓޯލާއިރު އެލެވޭ ފޮޓޯއިން އެރަށެއް ބަދުނާމު ވެދާނެކަމާއި މެދު ވިސްނާލުން މުހިއްމުކަމުގައި ދެކެން...
raajjemv logo

All rights reserved