އޭއީއެޗްގެ ސީއީއޯ
އޭއީއެޗްގެ ސީއީއޯއާ ގުޅޭ ގޮތުން މެމްބަރު ނިހާދު ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް ނޫން
 
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޕްރެކްޓިސް ނުކުރައްވާ
 
މިހާރުވެސް އައްޑޫގައި ހުންނެވި ކަމަށާއި، ކޮންމެ ދުވަހަކުން ހެނދުނު އޭއީއެޗްގެ މަސައްކަތުގައި ހޮސްޕިޓަލަށް ވަޑައިގަންނަވާ
 
ވަޒީފާއަށް ނުކުންނެވި ފަހުން މިހާތަނަށް ސަލާމުގައި ވެސް ނުހުންނަވާ
 
މެމްބަރު އެ ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް
ކ. މާލެ |
ޑރ.މުހައްމަދު ޞާލިޙް - އެއީއެޗްގެ ސީއީއޯ
އައްޑޫ ލައިވް

މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެއްވެސް ކްލިނިކެއްގައި މަސައްކަތް ނުކުރައްވާ ކަމަށާއި، ފޭދޫ ދާއިރާގެ މެމްބަރު ހެއްދެވީ އިތުރުފުޅެއް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އޭއީއެޗްގެ ސީއީއޯއާ ބައްދަލުކޮއްލަން ބޭނުންފުޅުވެގެން ގުޅުއްވުމުން ތިޔަ ޑޮކްޓަރ މިވަގުތު ބަލި މީހުން ބައްލަވަމުން ގެންދަވަނީ މެޑިކާގައި ކަމަށް ބުނެ ހޮސްޕިޓަލުން ޖަވާބު ދިން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ރާއްޖެއެމްވީން ޑރ. ޞާލިޙަށް ގުޅާލުމުން ވިދާޅުވީ، މެމްބަރު އެ ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް ކަމަށެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެއްވެސް ކްލިނިކެއްގައި މަސައްކަތް ނުކުރައްވާ ކަމަށެވެ. މިހާރު ވެސް އައްޑޫގައި ހުންނެވި ކަމަށާއި، ކޮންމެ ދުވަހަކު ހެނދުނު އޭއީއެޗްގެ މަސައްކަތުގައި ހޮސްޕިޓަލަށް ވަޑައިގަންނަވާ ކަމަށެވެ.

މަގާމާ ހަވާލުވެ ވަޑައިގަތް ފަހުން މާލެ ވަޑައިގެންނެވީ، ދެ ފަހަރު ކަމަށެވެ. ފުރަތަމަ ފަހަރު މާލެ ވަޑައިގަތީ ގައުމީ އިނާމާ ހަވާލުވެވަޑައިގަތުމަށް ކަމަށާއި، ދެވަނަ ފަހަރަށް ވަޑައިގެންވީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށެވެ. އެހެންކަމުން މެމްބަރު އެ ހެއްދެވީ ކަނޑައެޅިގެން އިތުރުުފުޅެއް ކަމަށް ޑރ. ޞާލިޙް ވިދާޅުވިއެވެ. ވަޒީފާއަށް ނުކުންނެވި ފަހުން މިހާތަނަށް ސަލާމުގައި ވެސް ނުހުންނަވާ ކަމަށް ޑރ. ޞާލިޙް ވިދާޅުވިއެވެ.

ޑރ. ޞާލިޙަކީ، ރާއްޖޭގައި ގިނަ ދުވަސްވީ ސާރޖަން އެކެވެ.

މެމްބަރު ނިހާދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ޑރ. ޞާލިޙަށް ވަނީ އަމާޒުވެފައެވެ. އޭނާ ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޕްރެކްޓިސް ނުކުރައްވަނީ ވެސް ރާއްޖޭގެ ސިއްޙީ ނިޒާމު ރަނގަޅު ކުރުމަށް ރައީސް ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުން ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ކުރެއްވުމުގެ ގޮތުން ކަމަށެވެ. އަދި އެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދަވާނެ ކަމަށްވެސް ޑރ. ޞާލިޙް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
100%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved