ބޫސްޓަރ ޑޯޒު ޖެހުން
ރަށްރަށުގައި ތިބި، ޝަރުތު ހަމަވާ މީހުންނަށް ބޫސްޓަރ ޑޯޒު ޖެހޭނެ: އެޗްޕީއޭ
 
60 އަހަރުންމަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން ވެސް ވެކްސިން ޖެހުމަށް އެދިފައިވޭ
 
ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުން ބޫސްޓަރ ޑޯޒު ޖެހުމަށް އިލްތިމާސްކޮށްފައިވޭ
 
ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ބޫސްޓަރ ޑޯޒު ޖަހަން ޖެހޭ
ކ. މާލެ |
ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން،
ރާއްޖެއެމްވީ

ރަށްރަށުގައި ތިބި، ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތް ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް މި މަހުގެ 3ން ފެށިގެން ފައިޒަރ ވެކްސިން ޖަހައިދެމުންދާއިރު، މާލެ ސަރަހައްދުގައި އޭޑީކޭ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް، ހުޅުމާލެ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް އަދި ވިލިމާލެ ހޮސްޕިޓަލްގައި 10:00ން 12:00ށް ވެކްސިން ޖަހައިދެމުންދާނެ ކަމަށެވެ. އަދި ބުދަ ދުވަހު އެޗްޕީއޭއިން ބުނީ ރަށްރަށުގައި ތިބި ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތް ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ.

ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި، ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، ސިއްހީ ޚިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ވަނީ ލަފާދީފައެވެ. އެގޮތަށް ނިންމާފައިވަނީ ކަމާބެހޭގޮތުން މިހާތަނަށް ކުރެވިފައި ހުރި ދިރާސާތަކަށް ބެލުމަށްފަހުއެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިން ކަމަށާއި، އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޮވިޑް-19 ގެ އެއްވެސް ވެކްސިނެއްގެ 2 ވަނަ ޑޯޒް ޖެހިފަހުން 6 މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ މީހުންނަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންނާއި، 60 އަހަރުންމަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން ކަމަށެވެ. މީގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި، (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރުން) ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުންނާއި، ކެންސަރު ބަލީގެ ފަރުވާ ލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުންނާއި، އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުންނާއި، (ބީ.އެމް.އައި 40 އިން މަތީގައިވާ މީހުން) ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުންދާ މީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ މީހުންނާއި، ސީ.އޯ.ޕީ.ޑީ ،ބްރޮންކިއެކްޓަސިސް، ،ސިސްޓިކް ފައިބްރޯސިސް، އިންޓަރސްޓިޝިއަލް ލަންގް ޑިޒީޒް، ފަދަ ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުން އަދި ލިވަރ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުންނަށް ކޮވިޑް-19 ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް އިލްތިމާސްކޮށްފައިވެއެވެ.

ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންނާއި، ހިތުގެ ބަލިތަކަށް ފަރުވާ ކުރާ މީހުންނާއި، ހާރޓް ފެއިލިއަރ އަށް ފަރުވާ ކުރާ މީހުން ވެކްސިންގެ އިތުރު ޑޯޒް ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved