އެމްޓީސީސީގެ ކުރީގެ ސީއީއޯ ދައުވާކުރަން ފޮނުވުން
އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔާތުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
 
އެއީ ދެ ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް
 
އުސޫލާ ޚިލާފަށް، ބިދޭސީން ރެކްރޫޓްކުރުމަށް ޚާއްސަ ޖޮބް އޯޑަރއެއް ތައްޔާރުކޮށް އެއްބަސްވުން ހަދާފައިވޭ
 
ދައުވާ ކޮށްދިނުމަށް އެދިފައިވަނީ، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާ
ކ. މާލެ |
އެމްޓީސީސީގެ ކުރީ ސީއީއޯ އިބްރާހިމް ޒިޔާތު،
މޯލްޑްވިސް ގެޓްސްއަވޭސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އަށް ބިދޭސީން ރެކްރޫޓްކުރުމުގެ މަސައްކަތް ހަވާލުކުރި ގޮތާގުޅޭ މައްސަލާގައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީީ)ން ބުނީ އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމަށް، 53 ބިދޭސީން ގެނައުމަށް‎‏ ޖޮބް އޯޑަރ 24 ޖުލައި 2017 ހަދައި، އެމްޓީސީސީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ފޮނުވައި، އެ މަސައްކަތް ހަވާލުކުރުމަށްފަހު، އެ މަސައްކަތް ހަވާލުކުރިގޮތާ ގުޅޭގޮތުން ބައެއް ފަރާތްތައް ޝަކުވާ ހުށަހަޅަން ފެށުމާ ގުޅިގެން އެ އޯޑަރު ކެންސަލް ކުރުމަށްފަހު އަލުން އެ ޖޮބް އޯޑަރގައިވާ 53 ބިދޭސީން ނެގުމުގެ ޕްރޮސެސް ކުރިއަށް ގެންދާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ ތަހުގީގުކޮށް ނިންމައި، އެ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި 12 އޮކްޓޫބަރު 2021 ގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ، އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި އޭރު ހުރި، އިބްރާހިމް ޒިޔާތު، (ހ.އާހަމަ / ކ.މާލެ)ގެ މައްޗަށެވެ. އަދި ޒިޔާތުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެއެވެ.

މި މައްސަލައިގައި ކަންހިނގާފައިވާގޮތާ ބެހޭ ގޮތުން އޭސީސީން ބުނީ، އެމްޓީސީސީން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ ބިދޭސީން ރެކްރޫޓް ކުރުމަށް 20 ޖުލައި 2017 ގައި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާއެކު އެކުންފުނިން އެއްބަސްވުން ހަދާފައިވާ ކަމަށާއި، ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް އެދޭއިރު އެމްޓީސީސީން އަމަލުކުރަންޖެހޭ އުސޫލު އެ އެއްބަސްވުމުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމުގައި އެމްޓީސީސީން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް، ބިދޭސީން ރެކްރޫޓްކުރުމަށް ޚާއްސަ ޖޮބް އޯޑަރއެއް (އެމްޓީސީސީގެ ނަންބަރު 01/2017 ސްޕެޝަލް ޖޮބް އޯޑަރ) ތައްޔާރުކޮށް، އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެމްޓީސީސީން ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެެވެ. އަދި އެ ޖޮބް އޯޑަރަށް ހުއްދަ ދީފައިވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި އޭރު ހުރި ޒިޔާތު ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ އެ ޖޮބް އޯޑަރ އަކީ، 15 އެޖެންސީއަކާއެކު އެއްބަސްވުން ގާއިމްކުރުމަށްފަހު، އެމްޓީސީސީން ތައްޔާރު ކޮށްފައިވާ ފުރަތަމަ އޯޑަރާ ގުޅިގެން ރެކްރޫޓްމަންޓް އެޖެންސީތަކުން ޝަކުވާ ހުށަހެޅުމާ ގުޅިގެން، އެ އޯޑަރ ކެންސަލްކޮށް، ތައްޔާރުކޮށްފައިވާ ދެވަނަ އޯޑަރ ކަމަށެވެ. އަދި އެއީ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު އެމްޓީސީސީ އިން ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ބިދޭސީ މުވައްޒަފުން ގެނައުމަށް ހަދާފައިވާ ޚާއްސަ އޯޑަރއެއްކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެއެވެ. އެ 02 އެޖެންސީ ފިޔަވައި އެހެން ރެކްރޫޓްމަންޓް އެޖެންސީތަކަށް އެ ޖޮބް އޯޑަރ ފޮނުވާފައިނުވާ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ފުރަތަމަ ޖޮބް އޯޑަރަށް ބަލާއިރު، އެއްބަސްވުން ހަދާފައިވާ ހުރިހާ ރެކްރޫޓްމަންޓް އެޖެންސީތަކަށް އެމްޓީސީސީން ފުރަތަމަ އޯޑަރ އީމެއިލް ކޮށްފައިވީ ނަމަވެސް، ރެކްރޫޓްމަންޓް އެޖެންސީތަކުން ފޮނުވާފައިވާ ބިދޭސީންގެ މައުލޫމާތުތަކަށް ބިނާކޮށް އެމްޓީސީސީން ބިދޭސީންގެ ލިސްޓު ތައްޔާރުކޮށްފައިވަނީ، ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށެވެ.

އެގޮތުން ދެވަނަ އޯޑަރަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ގެނައުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެން އެމްޓީސީސީއާއެކު އެއްބަސްވުން ހަދާފައިވާ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ އަދަދެއްގެ ބަނގްލަދޭޝް ރައްޔިތުން ނުގެނެވޭނެ ކަމަށާއި، ނަމަވެސް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އިމިގްރޭޝަނުން ޚާއްސަ ހުއްދައެއް ދީފައިވާ ކަމަށް އެ އޯޑަރއާގުޅޭ ހުއްދައިގެ ލިޔުމުގައި، އެމްޓީސީސީން ބަޔާން ކޮށްފައިވާ ކަމަށް އޭސީސީން ބުނެއެވެ. ނަމަވެސް ބެލިބެލުމުން، އިމިގްރޭޝަނުން ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކުގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ބިދޭސީން ގެނައުމުގައި ޚާއްސަ ލުއިފަސޭހައެއް ދީފައި ނުވާކަން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން އޭސީސީން ބުނީ ސްޕެޝަލް ޖޮބް އޯޑަރ ގުޅޭ މަސައްކަތް މަޑުޖައްސާލުމަށް 30 އޮގަސްޓު 2017 ގައި އެ ކޮމިޝަނުން އެމްޓީސީސީއަށް އަންގާފައިވީ ނަމަވެސް، އޭގެފަހުން ސްޕެޝަލް ޖޮބް އޯޑަރގެ ދަށުން އެމްޓީސީސީން އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 33 ބިދޭސީން ރާއްޖެއަށް ގެނެސްފައިވާކަން ތަހުގީގަށް އެނގޭ ކަމަށެވެ.

އެހެންކަމުން، ހަމައެކަނި އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެމްޓީސީސީއަށް ބިދޭސީން ގެނައުމަށް ނިންމާފައިވާ ސްޕެޝަލް ޖޮބް އޯޑަރއަކީ އެކުންފުނީގެ ސީއީއޯގެ މަގާމުގައި އޭރު ހުރި ޒިޔާތުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމާއި، އެކަމުގެ ސަބަބުން އެ ދެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތާއި ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
14 އޮކްޓޯބަރ 2021 | ބުރާސްފަތި 08:06
އަސްތާ
ޤައުމުގެ ކޮންމެ ފަރުދެއްގެ މައްސަލަ އެއްވިޔަސް ބަލަންވީ ޤައުމަށް ގެއްލިފައިާ ފައިސާތައް ވެސް ހޯދަންވީ ގޯހެއް ހަދާފަ އޮތިއްޔާ އަދަބު ދެއްވާ ނަމަވެސް ގާތްމީހުންނަށް ނޫނީ އެކުވެރިން ވީމާ ދޫކޮށް ނުލައްވާ މިދަނީ މާޒީ އިއާދަވަމުން ދެރަ ވަރަށް ހުރިހާ ކަމެއް ބާރުއޮވެގެން ކުރެވެން އޮތްއިރު ނުކުރެވުނިއްޔާ ދެންނުވާނެ އެއްއިރަކުވެސް.
raajjemv logo

All rights reserved