ހިޔާ ފްލެޓްތަކުގެ މައްސަލަތައް
ހިޔާ ފްލެޓްތަކާ ގުޅޭ މައްސަލަތަކަށް ޚާއްސަ ހޮޓްލައިންއެއް!
 
ހިޔާ ފްލެޓްތައް ދޫކުރަން ފެށީއްސުރެ ތަފާތު އެކިއެކި މައްސަލަތައް ކުރިމަތިވަމުންދޭ
 
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ
 
ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ
ކ. މާލެ |
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް،
ރާއްޖެއެމްވީ

ހިޔާ ފްލެޓްތަކާ ގުޅޭ މައްސަލަ ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ޚާއްސަ ހޮޓްލައިންނެެއް ތައާރަފް ކޮށްފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފްލެޓްތަކާ ގުޅޭގޮތުން މައުލޫމާތެއް އޮޅުން ފިލުވުމަށް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާ މީހުން އެ އިދާރާގެ 7253535 ނަމްބަރަށް މެސެޖު ކޮށްގެން އެކަން ސަމާލު ކަމަށް ގެނެވޭނެ ކަމަށެވެ. އަދި މެސެޖްކުރުމުން އެކަމަކަށް އެޓެންޑްކޮށް، އެމައުލޫމާތެއް ސާފުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ މި ތައާރަފް ކުރެވުނު ހޮޓްލައިންއާއެކު ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަަމަށް އެޗްޑީސީން ބުނެއެވެ.

ހޮޓްލައިންއަށް މެސެޖްކުރާއިރު، އެ މެސެޖުގައި މީހާގެ ފުރިހަމަ ނަން، ގުޅޭނެ ފޯނު ނަމްބަރު، ފްލެޓް ނަމްބަރު އަދި މައްސަލަ ނުވަތަ އޮޅުން ފިލުވަން ބެނުންވާ މައުލޫމާތު ފޮނުވަން ޖެހެއެވެ.

ހިޔާ ފްލެޓްތައް ދޫކުރަން ފެށީއްސުރެ ތަފާތު އެކިއެކި މައްސަލަތައް ކުރިމަތިވަމުންދެއެވެ. ބައެއް އާއިލާތައް ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާއިރު، ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ގާއިމް ނުކުރެވި މައްސަލަތައް ފެންމަތިވެފައިވެއެވެ. އަދި ދާދި ފަހުން ބަހުގެ ޚިދުމަތާއި، ކުނި ނެގުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ. މީގެ އިތުރުން ވެސް ބައެއް ފެލްޓްތަކުގައި ފެން ލީކުވުމުގެ މައްސަލަތައް ދިމާވެފައިވެއެވެ. މި މައްސަލަތަކަށް ހައްލު ހޯދުމަށް އާއިލާތަކާ ގުޅިގެން އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއެކު ގިނަ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved