ސޯސަން ބަނދަރު ފިހާރަ
ސޯސަން ބަނދަރު ފިހާރަ ހުޅުވައިފި
 
މި ފިހާރަ ޚާއްސަކޮށްފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއަށް
ކ. މާލެ |
ސޯސަން ބަނދަރު ފިހާރަ
ރާއްޖެއެމްވީ

އެކްސްޕޯ އިންވެސްޓްމަންޓުން ސޯސަން ބަނދަރުގެ ނަމުގައި ފިހާރައެއް ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވާފައިވަނީ ކުރީގެ ނެވޭޑާ ހުޅަނގު ބައި ހުރި ތަނުގައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެ ފިހާރަ އިން ބުނީ މި ފިހާރަ ޚާއްސަކޮށްފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއަށް ކަމަށެވެ.

ފިހާރަ ހުޅުވުމާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށާފައިވާކަން ފާހަގަކޮށް އެ ފިހާރައިން ބުނީ, ޕަސްކުއަލްގެ 188 އެމްއެލް ޔޯގަޓް ބުއިމުން 50 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. އަދި ފިހާރައިގައި އިތުރު ދެ ޕްރޮޑަކްޓެއް ވެސް ތައާރަފުކޮށްފައިވާނެ ކަމަށެވެ.

ކަސްޓަމަރުންނަށް ފިހާރައިން ތަކެތި އޯޑަރު ކުރުމުގެ ފަސޭހަ ނިޒާމެއް ހަމަޖެހިފައިވާ ކަމަށާއި, އެގޮތުން ރަށުގައި ތިބެގެން ވެސް ސޯސަން ފިހާރައިގެ ވައިބަރ ނަންބަރު 9590068އަށް މެސެޖްކޮށްގެން އޯޑަރ ދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މިއީ އެކްސްޕޯ އިންވެސްޓްމަންޓުން ހުޅުވި ހަތަރުވަނަ އައުޓްލެޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
100%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved