ތައުލީމަކީ ގެއްލިގެން ދާނެ އެއްޗެއް ނޫން
10 އަހަރުގައި ގެދޮރު ލޫޓުވާލި، 85 އަހަރުގައި މީހުންގެ ސަމާލުކަމަށް!
 
ތައުލީމަކީ ގެއްލޭނެ އެއްޗެއް ނޫން
 
ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވޭ
 
މިހާރު އުމުރަކީ 85 އަހަރު
ކ. މާލެ |
ޖިހާދު ބަޓް، ގްރެޖުއޭޓްވުމަށްފަހު ނަގާފައިވާ ފޮޓޯ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވޭ
ސޯޝަލް މީޑިއާ

ޔަހޫދީންގެ އަނިޔާވެރިކަމުގައި ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. މިއަނިޔާވެރިކަމުގައި އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ބިންތަކާއި، ގެދޮރުތައް ލޫޓުވަނީއެވެ. ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލު ސިފައިން ދެމުންގެންދާ ހަމަލާތަކުގައި އެތައް ބަޔަކު މިހާތަނަށް ވަނީ ޝަހީދުވެފައިވެއެވެ. އެނުބައި ނުލަފާ މީހުން ހަމަލާތައް ދެމުންދަނީ ވެސް ކުޑަ ކުއްޖަކަށް އަންހެނަކަށް ބެލުމެއް ނެތިއެވެ. އިންސާނީ ހައްގުތަކުން ފަލަސްތީނުގެ ރައްޔިތުން މަހުރޫމް ކުރަމުންދާއިރު، މިހާތަނަށް އިސްރާއީލާމެދު ގައުމަކުން ފިޔަވަޅެއް އެޅިފައެއްނުވެއެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުންގެ ހިތްވަރާއި އަޒުމަކީ މިއަދު ދުނިޔެއަށް މިސާލެކެވެ. އެގޮތުން ދާދި ފަހުން ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައީ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޖިހާދު ބަޓްއަށެވެ.

ޖިހާދު ބަޓްއަކީ 1936 ވަނަ އަހަރު ފަލަސްތީނުގެ ވެސްޓް ބޭންކް ސިޓީއެއް ކަމުގައިވާ ނަބްލުސްއަށް އުފަންވި އަންހެން ކުއްޖެކެވެ. އާއިލާގެ ފުރިހަމަ ލޮއެއްބާއެކު ބޮޑުވެގެން އައި ނަމަވެސް އިސްރާއީލުގެ އެތައް އަނިޔާއެއް އޭނާއަށް ވެސް ތަހައްމަލު ކުރަން ޖެހުނެއެވެ. އަލްމުޖައިދިލް ސްކޫލުގެ ގްރޭޑް ފަހެއްގައި ތައުލީމް ހާސިލްކުރަމުން ދަނިކޮށް އެއާއިލާގެ ގެދޮރު ލޫޓުވާލީއެވެ. މުޅި އާއިލާ ވިއްސިވިހާލިވެ، މަންމަ އިންތިހާއަށް ބަލިވީއެވެ.

އިސްރާއީލުން 1948 ވަނަ އަހަރު ފަލަސްތީނުގައި ހިންގި އުދުވާނުގެ ސަބަބުން ޖިހާދު ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ގެއްލުނު ނަމަވެސް އެހުވަފެނުގައި ކުލަ ޖެއްސުމުގެ އަޒުމަކަށް އޭނާ ބަދަލެއް ނުގެނެއެވެ. 1954 ވަނަ އަހަރު ކައިވެނިކޮށް 5 ދަރިން ބަލައި ބޮޑު ކޮށްފައިވާއިރު، އެދުވަސްތަކުގައި ވެސް ޖިހާދު ދިޔައީ ކިޔަވަމުންނެވެ. އެކި ގޮތްގޮތުން ފޮތްތައް ހޯދައިދީގެން އެކި އިންސްޓިއުޓްތަކަށް ގޮސް އެކި ކޯސްތައް ފުރިހަމަ ކޮށްފައިވެއެވެ. އަދި މީހުންނަށް މަސައްކަތް ކޮށްދީގެން ފައިސާ ހޯދައިގެން ކުރިއަށް ދިއުމުގެ މަގުކޮށާފައިވަނީ ވަރަށް ވެސް ބުރަ މަސައްކަތުންނެވެ. ކިޔެވުމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ޢަރަބި، އިނގިރޭސި އަދި ހިބްރޫ ބަސް ދަސްކޮށް، އެކި ކޯސްތައް ފުރިހަމަ ކޮށްފައިވެއެވެ. އޭގެ 73 އަހަރަށްފަހު އުމުރުން 85 އަހަރުގައި ޖިހާދް ވަނީ އިސްލީމީ ޝަރީއަތާއި ގާނޫނުގެ ރޮނގުން އިލްމު ހާސިލްކޮށް ގްރެޖުއޭޓް ވެފައެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާއަކީ ކުޑަ އިރުއްސުރެ ޚާއްސަކޮށް އިސްލާމީ ތައުލީމަށް ލޯބި ކުރި މީހެކެވެ. އެގޮތުން ކުޑައިރުއްސުރެ އެދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް އުނގަންނައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވިއެވެ. އެގޮތުން ޖިހާދު ހުރީ އޭނައަށް ލިބިފައިވާ ތައުލީމު އެހެން ކުދި ބަޔަކަށް ދަސްކޮށްދިނުމަށް ކެތް މަދުވެފައެވެ. އުމުރުން ދުވަސްވީ ކަމުގައި ވީ ނަމަވެސް އިލްމު އުގަންނައިދިނުމުގެ އަޒުމް ވަރަށް ވަރުގަދައެވެ.

ޖިހާދް ގްރެޖުއޭޓްވުމާއެކު، ގިނަ ބައެއްގެ ސަމާލު ކަމަށް މިހާރު އޭނާ ވަނީ އައިސްފައިވެއެވެ. ޖިހާދު މިސާލަކަށް ބަލައި ކިޔެވުމަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ. އަދި ތައުލީމަކީ ވަކި އުުމުރުފުރަކަށް އޮތް އެއްޗެއް ނޫންކަން ޖިހާދު ސާބިތުކޮށްދީފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. ތައުލީމު ހާސިލްކުރުމާއި ބެހޭ ގޮތުން ޖިހާދު ބުނެފައިވަނީ ތައުލީމް ހާސިލް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެހެން ބަޔަކަށް އެތައުލީމު އުގަންނައިދިނުމަކީ ހިތަށް ފިނިކަމާއި ހިތްހަމަ ޖެހުން ވަރަށް ބޮޑަށް ލިބޭ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ އެއްޗެއް ގެއްލިގެން ދިޔަ ނަމަވެސް ގެއްލިގެން ނުދާނެ އެއްޗަކީ ތައުލީމު ކަމުގައި އޭނާ ބުނެފައިވެއެވެ.

ތެދެކެވެ! ޖިހާދު އެބުނި ބީދައިން ތައުލީމަކީ ގެއްލިގެން ދާނެ އެއްޗެއް ނޫނެއެވެ. މަންމަގެ އުނގުން ފެށިގެން ކައްވަޅަށް ދަންދެން ތައުލީމް ހާސިލްކޮށް ތައުލީމު ފޯރުކޮށް ދިނުމަކީ އެކަމުގެ މަންފާ ތިމާއަށް އަބަދުވެސް ކުރާނެ ކަމެކެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved