ފުޓްބޯޅަ ފޯރިނެގުން
"މި އުޅެނީ ފުޓްބޯޅަ ފޯރިނަގަން، ނާޗަރަންގީ ކުޅޭކަށް ނޫން"
 
މެޗު ބަލާއިރު ކާނިވާ ސަރަހައްދުގައި ކުރިއަށްދާނީ ބޮޑުބެރު ހަރަކާތްތައް
 
ބޭނުމަކީ ދަނޑުގައި ނަގާފޯރި ކާނިވާ ސަރަހައްދާ ހަމައަށް ގެންގޮސްދިނުން
ކ. މާލެ |
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ގައުމީ ޓީމުގެ ޖާޒީގައި
ރައީސް އޮފީސް

މިހާރު ރާއްޖޭގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހުގެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ކުރިން ސްޓޭޖް ޝޯއާއެކު މެޗު ބެލުމުގެ ކަންކަން ރާވާފައިވަނީ ފުޓްބޯޅަ ފޯރިނެގުމުގެ ބޭނުމުގައި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް ވަނީ ސާފް ޗެމްޕިއަންޝިޕުގެ ފޯރި ނަގައި، ގިނަ ބަޔަކު އެކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫ އާއި ކުޅިވަރާ ބެހޭ ވުޒާރާ އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ކާނިވާ ސަރަހައްދުގައި ސްޓޭޖް ޝޯއާއެކު މެޗު ބެލޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން އަންގާރަ ދުވަހު ހާމަކުރައްވާފައެވެ.

އެއާއެކު ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، މަޚްލޫފް ވަނީ ބުދަ ދުވަހުގެރޭ ކުޅޭ މެޗު ބަލާއިރު ކާނިވާ ސަރަހައްދުގައި ކުރިއަށްދާނީ ބޮޑުބެރު ހަރަކާތްތައް ކަމަށް ވިދާޅުވެފައެވެ. އަދި ކުރަން އުޅޭ ކަމަކީ ފުޓްބޯޅަ ފޯރި ނެގުން ކަމަށާއި، ނާޗަރަންގީ ކުޅެން ނޫޅޭ ކަމަށް ވިދާޅުވެ މަޚްލޫފް ވަނީ މިއީ ދަނޑުގައި ބޮޑުބެރާއެކު ނަގާފޯރި ކާނިވާ ސަރަހައްދުން މެޗު ބަލާ ސަޕޯޓަރުންނާ ހަމައަށް ގެންގޮސްދިނުމަށް ކުރާ ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
75%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
25%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved