ތާލިބާނުން އަފްޣާނިސްތާނުގެ ރައްޔިތުންގެ ހައްގުތަށ
ތާލިބާނުން އަންހެނުންނަށް ވީ ވައުދު ނުފުއްދާކަމަށްް އދ އިން ބުނެފި
 
ތާލިބާނުން ނިގުޅައިގަތީ އަންހެން ކުދިން ވަޒީފާ އަދާކުރުމާއި ތައުލީމު ހާސިލް ކުރުމުގެ ހައްގު
ކ. މާލެ |
ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވި ޠާލިބާންގެ ބައެއް އިސްވެރިން
އަލްޖަޒީރާ

ތާލިބާނުން އަފްޣާނިސްތާނުގެ އަންހެން ކުދިންނަށާއި، އަންހެނުންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމަށް އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

އެންޓޯނިޔޯ ވިދާޅުވީ އަފްޣާނިސްތާނުގެ އަންހެން ކުދިން ވަޒީފާ އަދާކުރުމާއި، ތައުލީމު ހާސިލް ކުރުމަށް ފުރުސަތު ދޭނެކަމަށް ބުނެ ތާލިބާނުން ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް، މި ވައުދުތައް ފުއްދާފައިނުވާކަމަށާއި މިކަމާ ކަންބޮޑުވާކަމަށް ވަނީ ވިދާޅުވެފައެވެ.

އަފްޣާނިސްތާނުގެ ފިރިހެން ކުދިންނަށް ސުކޫލުތައް ހުޅުވާލާ ކިޔަވައިދޭން މިދިޔަ މަހު ތާލިބާނުން ފަށާފައިވާއިރު، އެގައުމުގެ ސްކޫލް އުމުރުފުރާގެ ގިނަ އަދަދެއްގެ އަންހެން ކުދިން ތިބީ އެ ހައްގުން އެއްކިބާވެ ކިޔެވުމުގެ ފުރުސަތު ނުލިބިއެވެ. މިކަމާއި ކަންބޮޑުވުންތައް ފާޅުކޮށް ގިނަ އަދަދެއްގެ ބަޔަކު ބުނަމުން ދަނީ، ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވެ، އަންހެން ކުދިންގެ ތައުލީމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އެކުދިންގެ މުސްތަގްބަލު އަނދިރިވެއްޖެ ކަމަށެވެ.

މި މައްސަލައާއިމެދު ބައިނަލްއަޤްވާމީ މުޖުތަމައުން ކަނބޮޑުވުން ފާޅުކުރުމުން ތާލިބާނުން ބުނެފައިވަނީ އެކުދިން ތަޢުލީމު ހާސިލްކުރުމުގެ އިންތިޒާމުތައް ކަނޑައެޅުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

ތާލިބާނުންގެ އިސްވެރިންތަކަކާއި އެކު އެކުލަވާލާފައިވާ އެގައުމުގެ އަމިއްލަ ސަރުކާރެއްގައި އަންހެނުންނާއި ބައިމަދު ނަސްލުތަކަށް ނިސްބަތްވާ މީހުންނަށް ފުރުސަތުތައް ފަހިކޮށްދޭން ވެފައިވާ ވައުދުވެސް އެ ޖަމާއަތުން ފުއްދާފައެއްނުވެއެވެ. ތާލިބާނުން ގާއިމް ކޮށްފައިވާ ސަރުކާރުގެ ކެބިނެޓްގައި ހިމެނެނީ އެ ޖަމާއަތުގެ އިސްވެރިންނެވެ.

ތާލިބާނުން ސަރުކާރެއް އުފައްދާ އެކަން ބައިނަލްއަގުވާމީ ދުނިޔެއަށް އަންގާފައިވަނީ ހުސްވެދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved