ބީޗް ވޮލީބޯޅަ ކުރިއެރުވުން
ރާއްޖޭގެ ބީޗް ވޮލީބޯޅަ ކުރިއަރުވަން އެފްއައިވީބީން އެއްބަސްވެއްޖެ
 
ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވާނެ
 
މި ރަސްމިއްޔާތަށްފަހު ބީޗް ވޮލީބޯޅަައިގެ ޚާއްސަ މެޗެއް ކުޅުނު
ކ. މާލެ |
އެފްއައިވީބީ އާއި ވީއޭއެމާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
އިމޭޖަސް.އެމްވީ

ރާއްޖޭގައި ބީޗް ވޮލީބޯޅަ ކުރިއެރުވުމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބީއާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހުގެރޭ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައިއެވެ. މި އެއްބަސްވުމުގައި އެފްއައިވީބީގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބްރެޒިލުގެ އަރީ ގްރާސާއެވެ. އަދި ވީއޭއެމުގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ރަނޭޝްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއައިވީބީގެ ރައީސް ގްރާސާ ވިދާޅުވީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އުފާވެރި ދަތުރުފުޅެއް ކަމަށާއި، އެގޮތުން ރާއްޖޭގެ ހިތްގައިމުކަން އަމިއްލަ ލޮލުން ދެކިލުމަށް އެދޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާތަނަށް ދަތުރު ކުރެވިފައިވާއިރު، ރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ބީޗް ވޮލީބޯޅައަށް ފައްކާވެފައިވާ ގައުމެއް ކަމަށްވެސް ގްރާސާ ވިދާޅުވިއެވެ.

ގްރާސާ ވިދާޅުވީ ވޮލީބޯޅަ ކުރިއެރުވޭނީ ހުރިހާ ގައުމަކަށްވެސް އެއްވަރަކަށް ފުރުސަތުތައް ތަނަވަސްކޮށްދީގެން ކަމަށާއި، ކުޅިވަރަކީ ހަމައެކަނި ފައިސާ ޚަރަދުކޮށްގެން ކުރިއަރާނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެއަށް ބަލާނަމަ ބީޗް ވޮލީބޯޅައަކީ ކުރިއަރާނެ ކުޅިވަރެއް ކަމަށާއި، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ބީޗް ވޮލީ އުނދަގުލަކާ ނުލައި ކުޅެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެފްއައިވީބީން ކުރިއަށް އޮތް ތަނުގައި ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވާނެ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި ފެވިގެންދާނެ ކަމަށްވެސް ގްރާސާ ވަނީ ވިދާޅުވެފައެވެ. އަދި ބީޗް ވޮލީބޯޅައަކީ ސްޕޯޓްސް ޓުއަރިޒަމެއްގެ ގޮތުގައި ކުރިއެރުވޭނެ ކުޅިވަރެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ދިވެހި ސަރުކާރުން ވޮލީބޯޅައިގެ ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބީޗް ވޮލީބޯޅައަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަވެގެންދާނެ ކުޅިވަރެއް ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތަށްފަހު ވަނީ ބީޗް ވޮލީބޯޅަައިގެ ޚާއްސަ މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން "މޯލްޑިވްސް ރެޑް" ގެ ނަމުގައި އަޙްމަދު މުހައްމަދާއި، މުހައްމަދު އަލީގެ ޕެއާ ކުޅުނުއިރު، "މޯލްޑިވްސް ބްލޫ" ގެ ނަމުގައި ކުޅެފައިވަނީ ޝިއުނާޒް އަބްދުލްވާހިދާއި އާދަމް ނަސީމުގެ ޕެއާއެވެ.

މި މެޗު 2-1 ސެޓުން ކާމިޔާބުކުރީ ޝިއުނާޒާއި އާދަމުގެ ޕެއާއިންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-17، 12-21 އަދި 15-10 އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved