ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރު
ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރު މައްސަލާގައި ބޭއްވި މަޝްވަރާތަކަށްފަހު ބަހުގެ ހަމަލާތަކެއް
 
ގަލްވަން ކޯރު ވާދީގެ މައްސަލަ ބޮޑުވެ، މިދިޔަ އަހަރު ދެ ގައުމުގެ ސިފައިން ވަނީ ހަމަލާތައް ބަދަލުކޮށްފައި
 
އިންޑިއާގެ ހުށަހެޅުންތަކަށް މަޝްވަރާ ކުރަން ޗައިނާއިން ތައްޔާރެއް ނޫން
 
އިންޑިއާއިން "ހަމަނުޖެހޭ އަދި ހާސިލްކުރަން އުނދަގޫ" ޑިމާންޑުތައް ކުރޭ
ކ. މާލެ |
އިންޑިއާގެ ހަނގުރާމަ މަތީ ބޯޓެއް
އަލްޖަޒީރާ

ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރު މައްސަލައަށް ހައްލު ހޯދުމަށް ބޭއްވި މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމުން އެއް ގައުމުން އަނެއް ގައުމަށް ފާޑުކިޔައިފިއެވެ.

ޓިބެޓް އާއި އިންޑިއާގެ ލަޑަކް ސަރަހައްދާ ދެމެދުގައި އޮންނަ ގަލްވަން ކޯރު ވާދީގެ މައްސަލަ ބޮޑުވެ، މިދިޔަ އަހަރު ދެ ގައުމުގެ ސިފައިން ވަނީ ހަމަލާތައް ބަދަލުކޮށްފައެވެ. ދެ ގައުމުގެ އަސްކަރީ އިސް އޮފިޝަލުން މަޝްވަރާތައް ބާއްވަމުން ދިޔަ ނަމަވެސް، އެކަމަށް ކުރިއެރުމެއް ނުލިބެއެވެ. ދެ މަހުގެ މެދުކެނޑުމަކަށް ފަހު ބޭއްވި ބައްދަލުވުން ވެސް ނަތީޖާއެއް ނުލިބި ވަނީ ނިންމާލާފައެވެ.

ޗައިނާ ސިފައިންގެ ތަރުޖަމާނު ލޯންގް ޝައުހުއާ ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާއިން "ހަމަނުޖެހޭ އަދި ހާސިލްކުރަން އުނދަގޫ" ޑިމާންޑުތައް ކުރާކަމަށެވެ.

ރައްދުގައި އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ޗައިނާއިން ކުރިއަށް ދެވޭނެ ކަހަލަ ހުށަހެޅުމެއް ހުށަނާޅާ ކަމަށާއި އިންޑިއާގެ ހުށަހެޅުންތަކަށް މަޝްވަރާ ކުރަން ޗައިނާއިން ތައްޔާރު ނޫން ކަމަށެވެ. އެހެންނަމަވެސް ދެ ގައުމުގެ މެދުގައި މުވާސަލާތީ ގުޅުން ބޭއްވުމަށާއި ހަމަޖެހުން ދެމެހެއްޓުމަށް އެއްބަސްވެފައިވާ ކަމަށް އިންޑިއާއިންވަނީ ބުނެފައެވެ.

1962 ވަނަ އަހަރު ބޯޑަރު ސަރަހައްދުގައި އިންޑިއާ އާއި ޗައިނާއިން ވަނީ ހަނގުރާމަ ކޮށްފައެވެ. އޭރުން ފެށިގެން ވެސް ޖެހިފައި އޮތީ ބިމުގެ މައްސަލައެވެ. ދެ ގައުމުގެ މެދުގައި ނުރަސްމީ ބޯޑަރު "ލައިން އޮފް އެކްޗުއެލް ކޮންޓްރޯލް (އެލްއޭސީ)" ގާއިމްކޮށްފައި ވާއިރު ބޯޑަރު ފޫ އަޅުވާލުމަށް ފަހު ބިން ހިފަން އުޅޭ ކަމަށް އެއް ގައުމުން އަނެއް ގައުމަށް ގެންދަނީ ތުހުމަތުތައް ކުރަމުންނެވެ.

އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގެ އަމާޒަކީ އިރުމަތީ ލަޑަކްގައިވާ އެލްއޭސީއާ ގުޅޭ ގޮތުން "ހުރި މައްސަލަތައް" ހައްލު ކުރުމެވެ. ޗައިނާ ސިފައިންގެ ތަރުޖަމާނު ވިދާޅުވީ އެ ތަނުގައި ހަމަޖެހުން ގާއިމްކުރަން ޗައިނާއިން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ނަމަވެސް ހާލަތާ މެދު ގޯސް ވިސްނުމެއް ނުގެންގުޅުމަށް އިންޑިއާ އަށް އިންޒާރު ދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
14 އޮކްޓޯބަރ 2021 | ބުރާސްފަތި 10:53
އާދަނު123
އިންޑިޔާ ނާރާ ބޯޑަރެއް އޮވޭތަ ކައިރީ ހުރިހާ ގަުމަކާ ޖެހިގަ ބިން އަތުލާފަ ރާއްޖޭވެސް ރަސެއް އަތުލާފަ
raajjemv logo

All rights reserved