ބޮޑީބިލްޑިން ޓީމު ރާއްޖެ އައުން
މެޑަލް ހޯދި ބޮޑީބިލްޑިން ޓީމަށް ހޫނު މަރުހަބާއެއް
 
ރާއްޖޭގެ ބޮޑީބިލްޑަރުން ވަނީ ހަތަރު މެޑަލް ހޯދާފައި
 
ބޮޑީބިލްޑިން ޓީމަށް މަރުހަބާ ދެންނެވީ އަޙްމަދު މަޚްލޫފް
ކ. މާލެ |
މެޑަލް ހޯދުމަށްފަހު ރާއްޖެ އައި ބޮޑީބިލްޑިން ޓީމު
ކުޅިވަރާ ބެހޭ ވުޒާރާ

އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި ކުރިޔަށްދިޔަ 12 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2021 ގައި ބައިވެރިވެ މެޑަލް ހޯދި ރާއްޖޭގެ ބޮޑީބިލްޑިން ޓީމު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

މި މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރަކު ވަނީ ވާދަކޮށްފައެވެ. އަޒްނީން ރަޝީދާއި، ހުސެއިން ހިމްޔާނާއި، ފަތުހުﷲ މުޙައްމަދާއި، އިބްރާހީމް ނަބީލުގެ އިތުރުން މުޙައްމަދު މޫސާ އާއި މުޙައްމަދު ރަޝީދެވެ. މި ޓީމުގެ ކޯޗަކީ އަބްދުލް ހަސީބު ހުސެއިންއެވެ. އަދި ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ބީބީއޭއެމްގެ ނައިބު ރައީސް އަޙްމަދު އައިމަނެވެ.

އޭގެ ތެރެއިން ހަތަރު ބޮޑީބިލްޑަރުން ވަނީ މެޑަލް ހޯދާފައެވެ. އެއީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން ރިހި މެޑަލް ހޯދި މޫސާ މުޙައްމަދާއި، 65 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން ރިހި މެޑަލް ހޯދި މުޙައްމަދު ރަޝީދެވެ. މީގެ އިތުރުން މެންސް ސްޕޯޓްސް ފިޒީކުގެ 170 ސެންޓިމީޓަރު ބައިން އަޒްނީން ލޯ މެޑަލް ހޯދިއިރު، މެންސް އެތުލެޓިކް ފިޒީކުގެ 175 ސެންޓިމީޓަރު ބައިންގައި ހިމްޔާނުވެސް ވަނީ ލޯ މެޑެއްޔެއް ހޯދާފައެވެ.

މި ޓީމު ހޯމަ ދުވަހުގެ މެންދުރުފަހު ރާއްޖެ އައިރު، ބޮޑީބިލްޑިން ޓީމަށް ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ.

މި ފަހަރުގެ ދުނިޔޭގެ މުބާރާތުގައި ވާދަކޮށް ގައުމީ ބޮޑީބިލްޑިން ޓީމުން ރަނގަޅު ކާމިޔާބީތަކެއް ހޯދިއިރު، މި މުބާރާތުގައި ވާދަކުރި ގައުމީ ޓީމު އެކުލަވާލާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ބޭއްވި ސިލެކްޝަނުންނެވެ. މި ޓީމުގެ ކޯޗަކީ އަބްދުލް ހަސީބު ހުސެއިންއެވެ. އަދި ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ބޮޑީބިލްޑިން ފެޑެރޭޝަން (ބީބީއޭއެމް) ނައިބު ރައީސް އަޙްމަދު އައިމަނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved