ފައިސަލުގެ އަނިޔާގެ ތަފުސީލު
އިންޑިއާ މެޗުގައި ފައިސަލް ފެނުމުގެ ފުރުސަތު ބޮޑު
 
ފައިސަލަށް ލިބުނު އަނިޔާ ސީރިއަސްއެއް ނޫން
 
ލަންކާ މެޗުގައި އަނޔާވެގެން ފައިސަލް ބަދަލުކުރި
ކ. މާލެ |
ރާއްޖޭގެ ތަޖުރިބާކާރު ގޯލްކީޕަރު މުޙައްމަދު ފައިސަލް
އިމޭޖަސް.އެމްވީ

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި، އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗުން އޭނާ ފެންނާނީ ވަރުގަދަކޮށް ކަމަށް ގޯލްކީޕަރު މުޙައްމަދު ފައިސަލް ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވިއިރު، އެ މެޗުގެ 30 ވަނަ މިނެޓުގައި ފައިސަލަށް އަނިޔާވުމުން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އަރާފައިވަނީ ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) އެވެ. މިއީ ގައުމީ ޓީމަށް ޗެކް ކުޅެދިން ފުރަތަމަ މެޗެވެ.

ހޯމަ ދުވަހު ފޭސްބުކުގައި ހިއްސާކުރި ޕޯސްޓެއްގައި ފައިސަލް ބުނީ އެންމެންގެ ހެޔޮދުއާއާއެކު ހެދި ޓެސްޓުތަކުން ނަތީޖާ ލިބުނީ ރަނގަޅަށް ކަމަށާއި، އޭނާއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށެވެ. އެެހެންކަމުން އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުން އޭނާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށާއި، އަދި އެނބުރި އަންނާނީ މިއަށްވުރެ ވަރުގަދަކޮށް ކަމަށްވެސް ވަނީ ބުނެފައެވެ.

ފައިސަލް އަކީ ފަހަކަށް އައިސް ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ތަފާތު ދައްކަމުން އަންނަ އިތުބާރު ހޯދާފައިވާ ކީޕަރެކެވެ. އެގޮތުން އެންމެ ފަހުން 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފައިސަލް ވަނީ ހޯދާފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕެއްގައި މޮޅު ކުޅުންތެރިޔާގެ މަގާމު ގޯލްކީޕަރެއް ހޯދި ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ސަރަހައްދުގެ ގަދަބާރު އިންޑިއާއާ ދެކޮޅަށް ބުދަ ދުވަހުގެރޭ ރާއްޖެ ނުކުންނައިރު، އެ މެޗު އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލުގެ ޖާގައެއް ލިބޭނެއެވެ. ލީގު ބުރުގެ އެއްވަނައިގައި މި ވަގުތު އޮތް ނޭޕާލާއި ދެވަނައިގައި އޮތް ރާއްޖެއަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައިވާ އިންޑިއާއެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ބަންގްލަދޭޝްއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތީ ހަތަރު މެޗުން އެއް ޕޮއިންޓް ހޯދި ލަންކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
67%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
33%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved