މަރީއާ ރީސާއަށް އެވޯޑް ލިބުން
ނޫސްވެރިޔާ މަރީއާ ރީސާއަށް ފިލިޕީންސްގެ ރައީސް މަރުހަބާ ވިދާޅުވެއްޖެ
 
މި އެވޯޑަކީ އެ ގައުމަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައިވޭ
ކ. މާލެ |
ފިލިޕީންސްގެ ނޫސްވެރިޔާ މަރީއާ ރީސާ
ރޮއިޓަރސް

ނޯބަލްގެ ސުލްހައިގެ އިނާމު ލިބުނު ފިލިޕީންސްގެ ނޫސްވެރިޔާ މަރީއާ ރީސާއަށް އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑަޓާޓް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ރޮޑްރިގޯ ވަނީ މި އެވޯޑަކީ އެ ގައުމަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މަރީއާ ވަނީ ރަޝިއާއާއި ފިލިޕީންސްގައި ހިނގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، އެ ދެ ގައުމުގެ ސަރުކާރުގައި ހުރި ބޮޑެތި މައްސަލަތަކާމެދު އަޑު އުފުލައި، ދުނިޔެއަށް އެ އަޑު އިއްވައިދީފައެވެ.

ނޯބަލްގެ ސުލްހައިގެ އިނާމު ކޮމިޓީގެ ޗެއަރމަން ބެރިތްރީސް އެންޑަރސަން ވިދާޅުވީ، ސުލްހައިގެ އިނާމު ދީފައިވަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށްޓަކައި ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުންނާއި، އެކަމުގައި ދެއްކި ހިތްވަރުގެ ސަބަބުން ކަމަށެވެ. އަދި އެއީ ހުރިހާ ނޫސްވެރިންނަށްވެސް މިސާލެއްގެ ގޮތުގައި ބެރިތްރީސް ވަނީ ސިފަ ކުރައްވާފައެވެ.

މިނިވަން އަދި ސައްހަ މައުލޫމާތުގެ ތެރެއިން ނޫސްވެރިކަން ކުރުމަކީ ގައުމުތަކުގައި ހިނގާ ނޭއްގާނި ކަންކަން ހުއްޓުވުމަށް އޮތް ރަނގަޅު މަގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެނީލާގައި ހުރެ ރޮއިޓަރސްއަށް ދިން އިންޓަރވިއުއެއްގައި މަރީއާ ރީސާ ބުނެފައިވަނީ, މި އިނާމަކީ "ހަލާކުވެފައިވާ ދުނިޔެއެއް" އަލުން އާރާސްތު ކުރުމުގައި ނޫސްވެރިން އަދާކުރާ ދައުރު ދައްކުވައިދޭ މިސާލެއް ކަމަށެވެ. އަދި ނޫސްވެރިއަކަށް ވުމަކީ ފަސޭހަކަމެއް ނޫންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި އިނާމަކީ 1935 ވަނަ އަހަރު ޖަރުމަނުގެ ކާލް ވޮން އޮސިޒްކީއަށް މި އިނާމު ލިބުނު ފަހުން ނޫސްވެރިއަކަށް ނޯބަލް ސުލްހައިގެ އިނާމު ލިބުނު ފުރަތަމަ ފަހަރެވެ. ކާލް އަކީ އޭރު ޖަރުމަނުގެ ހަނގުރާމައިގެ ކަންކަމުގެ ވާހަކަ ދައްކައި، އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނައި ނޫސްވެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved