ހިޔާ ފްލެޓު ސަރަހައްދުގައި ފިހާރަ ހުޅުވުން
ފުރަތަމަ ފަހަރަށް ހިޔާ ފްލެޓް ސަރަހައްދަށް ފިހާރައެއް
 
މި ފިހާރައިން ކާބޯތަކެއްޗާއި ގެއަށް ބޭނުންވާ އެކި ބާވަތްތައް ލިބެންހުރޭ
 
މި ފިހާރަ ހުޅުވާފައިވަނީ ހިޔާ ފްލެޓްގެ 12 ވަނަ ޓަވަރުގައި
ކ. މާލެ |
ހިޔާ ފްލެޓު ސަރަހައްދުގައި ހުޅުވި ފިހާރަ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

ހިޔާ ފްލެޓް ސަރަހައްދުގައި ފުރަތަމަ ފިހާރަ ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވާފައިވަނީ ހިޔާ ފްލެޓްގެ 12 ވަނަ ޓަވަރުގެ އެންމެ ތިރީގައެވެ. 'އެޗް.ސީ.ޔޫ' މާޓުގެ ނަމުގައި ހުޅުވާފައިވާ މި ފިހާރައިން ކާބޯތަކެއްޗާއި ގެއަށް ބޭނުންވާ އެކި ބާވަތް ވިއްކައެވެ.

އެޗްޑީސީން ބުނީ މި ފިހާރައިގެ ޚިދުމަތް އާދިއްތަ ދުވަހުން ފެށިގެން ލިބެމުންދާނެ ކަމަށެވެ. ހިޔާ ފްލެޓްގައި މީހުން އާބާދުވާން ފަށާފައިވާއިރު، މިފިހާރައިގެ ސަބަބުން ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ވިޔަފާރިކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

އިމާރާތްކުރި 7،000 ފްލެޓުގެ ތެރެއިން 6،720 ފްލެޓަށް މިއަހަރު މީހުން ވަންނާނެއެވެ. މިހާރުވެސް ފްލެޓްތަކަށް މީހުން ވަންނަން ފަށާފައިވާއިރު، އެ ސަރަހައްދުގައި އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ވަސީލަތްތައް އަދި ފުރިހަމަވެފައެއް ނުވެއެވެ. އެގޮތުން ހުޅުމާލޭގެ ފޭސް 2 މިސްކިތަކާއި ސްކޫލެއް ނެތުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ބޮޑު ކަންބޮޑުވުމެކެވެ. އެހެންނަމަވެސް އެޗްޑީސީންނާއި، ކަމާގުޅޭ އެހެން އިދާރާތަކުން ވަނީ މިކަންކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައެވެ.

އެ ސަރަހައްދުގައި ފުރަތަމަ ފިހާރަ މިހާރު ހުޅުވާފައި ވާއިރު އިތުރު ފިހާރަތައްވެސް ކުރިއަށް އޮތްތަނުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ވަނީ މީގެކުރިން ބުނެފައެވެ. އެގޮތުން ތިން ސުޕަމާކެޓެއް ގާއިމު ކުރުމަށް އެޗްޑީސީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ހިޔާ ފްލެޓްގައި ކްލިނިކާއި ފާމަސީއެއް ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
50%
އަންތަރީސް ވެއްޖެ
50%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved