ލުބުނާން ތެލަށް ޖެހުން
ލުބުނާން ތެލަށްޖެހި ކަނު އަނދިރީގައި
 
ތެލަށް ޖެހިފައިވަނީ ފައިސާގެ ދަތިކަމާހެދި
ކ. މާލެ |
ޕެޓްރޯލް ޝެޑެއްދޮށުގައި ކިޔޫހަދާފައި
ޓްވިޓަރ

ތެޔޮ ލިބުން ދަތިވެގެން ލުބުނާނުގެ 2 މައި ޕަވަރ ޕްލާންޓް ބަންދުކުކޮށް، މުޅި ގައުމުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

އެގައުމުގެ ހަލްބާގައި ދިރިއުޅޭ ރައްޔިތުން ވަނީ ސްޓޭޓް-ރަން ޕްރޮޑިއުސަރ އިލެކްޓްރިސައިޓް ޑު ލިބާން (އީޑީއެލް)ގެ ރީޖަނަލް އޮފީހުގައި އިޙުތިޖާޖު ކޮށްފައެވެ. އެކުންފުނިން މިހާތަނަށް ކަރަންޓު އުފައްދަމުން ދިޔައީ 200 މެގަވޮޓްއަށް ވުރެވެސް މަދުންނެވެ.

އީޑީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮނިހިރު  ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ތެޔޮ ލިބޭނެ ކަމަށާއި, ކުރިއަށް އޮތް ހަފުތާތެރޭގައި, ލިބިފައިވާ ތަކެތި ނެރެ ޕަވަރ ޕްލާންޓްގެ ކެޕޭސިޓީ 500 މެގަވޮޓްއަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ. މި ގައުމާއި އިރާޤްއާއެކު ވެފައިވާ އެބަސްވުމެއްގެ ދަށުން މި މަސައްކަތަށް ބޭނުންވާ އިތުރު ސާމާނު މިމަހު ފަހުކޮޅު ލިބޭނެކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕަވަރ ޕްލާންޓަށް ތެޔޮ ހޯދުމަށް ފަސޭހަ ގޮތްތަކެއް ރޭވުމަށްޓަކައި, އެކުންފުނިން އަވަށްޓެރި ލީބިޔާގެ ޓްރިޕޯލީއާއި ޒަހްރަނީގެ ތެޔޮ ފެސިލިޓީތަކާ ވާހަކަ ދައްކަމުން ގެންދާކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. އަދި މިވަގުތު ތެޔޮ ލިބުމުގައި ދަތިތަކެއް އުޅެނީ ފައިސާގެ ދަތިކަމާހެދި ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ކަރަންޓު ނެތުމުގެ ސަބަބުން އެތައް ބައެއްގެ މަސައްކަތަށް ހުރަސް އެޅި، ގިނަ މީހުން މިހާރު ދަނީ އަމިއްލަ ޖަނަރޭޓަރުތަކުގެ އެހީގައި ކަރަންޓު އުފައްދަމުންނެވެ.  

ލުބުނާނުގެ ކަމާބެހޭ އިދާރާތަކުން ދަނީ ކަރަންޓު ނެތް ހިސާބުތަކަށް ކަރަންޓު ސަޕްލައި ކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved