ޕާކިސްތާނުގެ ނިއުކްލިޔަރ ޕްރޮގްރާމްގެ ބައްޕަ
ޕާކިސްތާނުގެ ނިއުކްލިޔަރ ޕްރޮގްރާމުގެ ބައްޕަ އަވަހާރަވެއްޖެ
 
އޮގަސްޓް މަހު އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވި
 
އޭނާ އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި
ކ. މާލެ |
ޢަބްދުލް ޤަދީރް ޚާން
ޓްވިޓަރ

ޕާކިސްތާނުގެ ނިއުކްލިޔަރ ޕްރޮގްރާމްގެ ބައްޕަގެ ލަގަބު އެގައުމުން ދީފައިވާ, ނިއުކްލިޔަރ ސައިންޓިސްޓެއް ކަމަށްވާ ޢަބްދުލް ޤަދީރް ޚާން އަވަހާރަވެއްޖެއެވެ.

ޚާން އަވަހާރަވެފައިވަނީ މިދިޔަ އޮގަސްޓް މަހު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް, ފަރުވާދެމުން ދަނިކޮށެވެ. އޭނާ އަވަހާރަވީ އުމުރުފުޅުން 85 އަހަރުފުޅުގައެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވީއިރު އޭނާ ދިޔައީ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުންނެވެ.

ޕާކިސްތާންގެ ރައީސް ޢާރިފް އަލްވީ ވަނީ ޚާން އަވަހާރަވުމުން އޭނާގެ އާއިލާއަށް ތަޢުޒިޔާ ފޮނުވައިފައެވެ. އަދި ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ޚާންއަކީ މުޅި ގައުމު އެބޭފުޅަކާމެދު ފަޚުރުވެރިވާ ޚިދުމަތްތެރިއެއްކަމަށާއި، އޭނާ އަވަހާރަވީ ޚަބަރުން މުޅި ގައުމު ވަނީ ހިތާމައެއްގެ ތެރޭގައި ކަމަށެވެ. އޭނާއާއި ރައީސް ޢާރިފް ޚާންއަކީ 1982 ވަނަ އަހަރުން ފެށިގެން ވަރަށް ގާތް ދެ ބޭފުޅުންނެވެ.

އީރާނާއި އުތުރު ކޮރެއާ އަދި ލީބިޔާއަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ އިލްމު ހިއްސާކުރި ކަމަށް ތުހުމަތުކޮށް ޚާން ވަނީ މީގެ އަހަރުތަކެއް ކުރިން ހައްޔަރުކޮށްފައެވެ. އަދި އޭނާ ފަހުން އެކަމަށް އެއްބަސްވެވަޑައިގެންފައިވެއެވެ.

ޕާކިސްތާނަކީ އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ނިއުކްލިޔަރ ހަކަތަ އުފައްކާ ކާރުޚާނާއެއް އުފެއްދި ގައުމެވެ. އެގައުމުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން ފައްޓާފައިވަނީ 1972 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
10 އޮކްޓޯބަރ 2021 | އާދީއްތަ 20:24
މާންޑް
މުޅި އިސްލާމީ ދައުލަތްތަކުގެ އެއްމެންގެ ލޯބިފައިވާ އަބްދުލް ގާދިރު ހާން ނިޔާވުމުން މިއަދު މުޅިއުއްމަތައް ލިބިފައިވާ ހިތާމައިގައި ބައިވެރިވަން.
raajjemv logo

All rights reserved