ނަމަލް ރާއްޖެ ވަޑައިގަތުން
ރާއްޖެ އާއި ލަންކާގެ މެޗު ބައްލަވާލައްވަން ނަމަލް މާލެއަށް
 
ނަމަލްއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ އަޙްމަދު މަޚްލޫފް
 
ރާއްޖެ އާއި ލަންކާގެ މެޗު ކުޅޭނީ އާދީއްތަ ދުވަހުގެ ހަވީރު
ކ. މާލެ |
ނަމަލްއަށް އެއާޕޯޓުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް މަރުހަބާ ދަންނަވަނީ
ކުޅިވަރާ ބެހޭ ވުޒާރާ

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި އާދިއްތަ ދުވަހުގެ ހަވީރު ދިވެހިރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗު ބައްލަވާލައްވަން ލަންކާގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރުގެ މަގާމުވެސް ފުރުއްވަމުން އަންނަ ނަމަލް ރާއްޖެ ވަޑައިގެންނެވީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ މަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ. ހަތަރު މަހަށް ފަހު ސަސްޕެންޝަން އުވާލެއްވުމާއެކު، އާދީއްތަ ދުވަހު މަޚްލޫފް ވަނީ އެނބުރި ވަޒީފާއަށް ނުކުމެވަޑައިގަންނަވާފައެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު ބައްލަވާލައްވަން ނަމަލް ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ޚާއްސަ ރަސްމިއްޔާތަށްވެސް ނަމަލް ރާއްޖެ ވަޑައިގަތެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރުގެ ޖުލައި މަހުވެސް އެ މަނިކުފާނު ރާއްޖެ ވަޑައިގަތެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު އާދީއްތަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭއިރު، މި މެޗު ފަށާނީ 16:00 ގައެވެ. މި މެޗު "ރާއްޖެޓީވީ" އިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
50%
އަންތަރީސް ވެއްޖެ
50%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved