އުމްރާ
އުމްރާއަށް ދެވޭނީ ދެޑޯޒް ފުރިހަމަ ކޮށްގެން
 
ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކުން ދޫކުރެވިފައިވާ އުމްރާ ހުއްދައިގައިވާ ތާރީޚްގެ 48 ގަޑިއިރު ކުރިން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށް ނިންމަން ޖެހޭނެ
 
މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން، އުމްރާކުރުމުގެ ހުއްދަ ދެވޭނީ ކޯވިޑް19 ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް
ކ. މާލެ |
ވެކްސިން ޖެހުމަށް ރިޒަރވޭޝަން ހަދާފައިވާ ފަރާތްތަކަށް އުމްރާކުރުމުގެ ހުއްދަ މިހާރުވަނީ ދޫކޮށްފައި
އެރަބް ނިއުސް

އުމްރާއަށް ދެވޭނީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ކަމަށް ސައުދީ އަރަބިއްޔާއިން ހަމަޖައްސައިފިއެވެ.

މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން، އުމްރާކުރުމުގެ ހުއްދަ ދެވޭނީ ކޯވިޑް19 ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ސައުދީން ވަނީ ހަމަޖައްސާފައެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އާންމު ކޮށްފައިވާ ގޮތުގައި މިއުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަސްކަމުގައިވާ ހޯމަ ދުވަހުގެ ހެދުނު 6:00 އިން ފެށިގެންނެވެ.

މިނިސްޓްރީން އާންމު ކޮށްފައިވާ ގޮތުގައި، ވެކްސިން ޖެހުމަށް ރިޒަރވޭޝަން ހަދާފައިވާ ފަރާތްތަކަށް އުމްރާކުރުމުގެ ހުއްދަ މިހާރުވަނީ ދޫކޮށްފައެވެ. މިގޮތުން އުމްރާކުރުމުގެ ހުއްދަ ދޫކުރެވިފައިވާ މީހުންގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކުން ދޫކުރެވިފައިވާ އުމްރާ ހުއްދާގައިވާ ތާރީޚްގެ 48 ގަޑިއިރު ކުރިން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށް ނިންމަން ޖެހޭނެ ކަމަށް ވެސް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ހާމަ ކޮށްފައި ވެއެވެ.

ސައުދީގެ ޕަބްލިކް ހެލްތު އޮތޯރިޓީން އެ ގައުމުގެ ހާލަތު ދެނެގަތުމަށްފަހު، ޚާއްސަ ފިޔަވަޅުތައް ގެންދަނީ އަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
10 އޮކްޓޯބަރ 2021 | އާދީއްތަ 12:49
ޚަލާލު
❤ Allah
raajjemv logo

All rights reserved