އޮސްޓްރިއާގެ ޗާންސެލަރ
އޮސްޓްރިއާގެ ޗާންސެލަރ ސިބޭސްޓިއަން މަގާމުން އިސްތިއުފާ ދެއްވަނީ
 
އިސްތިއުފާ ދެއްވަނީ ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ލިބުނު ޕްރެޝަރތަކުގެ ސަބަބުން
ކ. މާލެ |
އޮސްޓްރިއާގެ ޗާންސެލަރ ސިބޭސްޓިއަން ކުރްޒް
ރޮއިޓަރސް

އޮސްޓްރިއާގެ ޗާންސެލަރ ސިބޭސްޓިއަން ކުރްޒް މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމައިފިއެވެ.

ހޮނިހިރު ދުވަހު ސިބޭސްޓިއަން ވިދާޅުވީ އޭނާ މަޤާމުން އިސްތިއުފާ ދެއްވަނީ ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެންނެވެ. ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ މިކަމާ ގުޅިގެން އިތުރު ހަމަނުޖެހުމެއް ހިނގަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

ސިބޭސްޓިއަން ވިދާޅުވީ އައު ޗާންސެލަރއަކަށް މިހާރު އެ ޤައުމުގެ ފޮރިން މިނިސްޓަރ އެލެކްސެންޑަރ ޝަލަންބާގް ނޮމިނޭޓް ކުރައްވާ ކަމަށެވެ. ބުދަ ދުވަހު ގިނަ ތަންތަން ބަލާ ފާސްކޮށްފައިވާއިރު ޕްރޮސެކިއުޓަރުން ވަނީ ސިބޭސްޓިއަން އާއި އިތުރު ނުވަ މީހެއްގެ ތަހުޤީޤު ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

މި ތަހުޤީޤުތައް ކުރިއަށް ދަނީ ސަރުކާރުގެ ފައިސާ ބޭނުންކޮށްގެން، މީޑިއާގައި ނަން ރީތިކުރުމަށް ކޮޕަރްޝަންގެ މުއާމަލާތެއް ހިންގި ކަމަށް ބުނެއެވެ. ސިބޭސްޓިއަން ވަނީ މި ތުހުމަތުތައް ދޮގުކުރައްވައި އެކަހަލަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޗާންސެލަރ ސިބޭސްޓިއަން ވަނީ ދާދި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ޝާހިދު އޮސްޓްރިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސިބޭސްޓިއަން ކުރްޒްއާ ބައްދަލުކުރައްވާ އދ.ގެ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތުގައި މިނިސްޓަރ ޝާހިދު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ މަޢުލޫމާތު އެމަނިކުފާނަށް ވަނީ އަރުވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
އަންތަރީސް ވެއްޖެ
50%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved