އަފްޣާން- އެމެރިކާ
އަފްޣާންގެ ވެރިކަމާ ޠާލިބާނުން ހަވާލުވި ފަހުން އެމެރިކާއާއެކު ފުރަތަމަ ވާހަކަތައް ބާއްވައިފި
 
އަފްޣާންގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވިގެން ދިޔަ
 
މަސައްކަތްކުރަމުންދަނީ، ގައުމަށް މިހާރު ދިމާވެފައިވާ މާލީ އަނދަވަޅުން އަޅައިގަތުމަށް
 
ވާހަކަތަކާ ބެހޭގޮތުން އެމެރިކާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ
ކ. މާލެ |
މުއްލާ އާމިރު ޚާން މުތާގީ - އަފްޣާންގެ ވަގުތީ ފޮރިިން މިނިސްޓަރ
އަލްޖަޒީރާ

އަފްޣާންގެ ވެރިކަމާ ޠާލިބާނުން ހަވާލުވި ފަހުން އެމެރިކާއާއެކު ފުރަތަމަ ވާހަކަތައް ބާއްވައިފިއެވެ.

ޠާލިބާންގެ އިސް އޮފިޝަލުންނާއި އެމެރިކާގެ ވަފްދު ބައްދަލުކޮށްފައިވަނީ ދޯހާގައެވެ. މި ބައްދަލުވުމުގައި އެމެރިކާއާއި އަފްޣާންގެ ގުޅުމުގެ އައު ޞަފްހާއެއް ހުޅުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔައެވެ. މިއީ އޮގަސްޓް މަހު އެމެރިކާގެ ފައުޖުތައް އަފްޣާނުން ފޭބި ފަހުން ޠާލިބާނާއެކު ބާއްވާ ފުރަތަމަ ވާހަކަތަކެވެ.

އަފްޣާންގެ ވަގުތީ ފޮރިން މިނިސްޓަރ މުއްލާ އާމިރް ޚާން މުތާގީ ވިދާޅުވީ، ވާހަކަތައް ބިނާވެގެން ދިޔައީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުން އެގޮތުގައި ބޭއްވުމަށާއި، އަފްޣާންގެ ސެންޓްރަލް ބޭންކުގައި މިހާރު މަޑު ޖައްސާލާފައިވާ ފަންޑު އެމެރިކާއިން ދޫކޮށްލުމާ ބެހޭ ގޮތުން ކަމަށެވެ. އަދި އަފްޣާންގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވިގެން ދިޔަކަމަށް މުއްލާ އާމިރާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ.

ދުނިޔޭގެ ގައުމުތަކުގެ އެހީއަށް ބަރޯސާވެފައިވާ އަފްޣާނުން މަސައްކަތްކުރަމުންދަނީ، ގައުމަށް މިހާރު ދިމާވެފައިވާ މާލީ އަނދަވަޅުން އަރައިގަތުމަށް ކަމަށް ވަގުތީ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމެރިކާއިން މާލީގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް ވެސް ޠާލިބާނުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ގައުމުގެ ވާހަކަތައް ހޫނު ވެގެން ގޮސްދާނެ ކަމަށް ވަނީ ބެލެވިފައެވެ. ސަބަބަކީ އަފްޣާންގެ އައު ސަރުކާރުން ބޭނުންވާ ކަންތަކާއި އެމެރިކާއިން ބޭނުންވާ ކަންތަކާއެކު އެއްގަލަކަށް ނާދެވޭތީއެވެ.

އެ ވާހަކަތަކާ ބެހޭގޮތުން އެމެރިކާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޠާލިބާންގެ އޮފިޝަލުން ޔޫރަޕިއަން ޔޫނިއަންގެ ވަފްދާ ވެސް ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved