ބޮލީވުޑް
އާރްޔަންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
 
އޭނާ ހައްޔަރުކޮށްފައިވަނީ މުމްބާއީ ބޭރުގައި އޮތް ކްރޫޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށް
ކ. މާލެ |
އާރްޔަން ޚާން
އިންޑިއަން އެކްސްޕްރެސް

ބޮލީވުޑްގެ މެގަ ސްޓާރ ޝާހްރުކް ޚާންގެ ފިރިހެން ދަރިފުޅު އާރްޔަން ޚާންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އިންޑިއާގެ ނާރކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ބެލުމުގެ ދަށުން, އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު އާރްޔަން ހައްޔަރުކޮށްފައިވަނީ މުމްބާއީ ބޭރުގައި އޮތް ކްރޫޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށެވެ. އާރްޔަންއާއެކު 8 މީހަކު ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ.

އެންސީބީން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ނިޔަލަށް އެމީހުން ބަންދުގައި ބޭތިއްބުމަށް މީގެ ކުރިން މުއްދަތު ޖަހާފައެވެ. މި މައްސަލައިގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި ވަނީ ބަންދުގެ މުއްދަތު އަނެއްކާވެސް 4 ދުވަހަށް އިތުރުކޮށްފައެވެ.

ބަންދުގެ މުއްދަތު އިތުރުކޮށްފައި މިވަނީ މި މަހުގެ 7 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ކަމަށްވާއިރު، މި އަޑުއެހުމުގައި އާރްޔަންގެ ބައްޕަ ޝާހްރުކްވެސް ވަނީ ބައިވެރިވެފައެވެ. މި މައްސަލައިގައި ދެން އެންމެ އަވަހަށް އަޑުއެހުމެއް އޮންނާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އާރްޔަން ހައްޔަރުކޮށްފައިވަނީ އެންސީބީގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.

އާރްޔަން ހައްޔަރުކުރެވުނު ވަގުތު އާރްޔަންގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާކަމަށް ރިޕޯޓުތައް ބުނާއިރު، މި މައްސަލައިގެ އެންމެ އަޑީގައި ތިބި ބަޔަކު ހޯދުމަށް އާރްޔަން ބަންދުގައި ބަހައްޓަންޖެހޭ ކަމަށް އެންސީބީން ބުނެއެވެ.  

އާރްޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަންއަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ. 

މި ދަނޑިވަޅުގައި ހިތްވަރު ކުރުމަށާއި ކެތްތެރިވުމަށްބުނެ, ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ ޝާހްރުކްއަށް ހިތްވަރުދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved