ޗެމްބަރ ގްރޫޕްގެ އައު ފިހާރަ
ޗެމްބަރ ގްރޫޕްގެ ދެވަނަ ފިހާރައެއް ހުޅުވައިފި
 
ކޮލިޓީ ތަކެތި އަތްފޯރާ ފަށުގައި
 
މި ފިހާރައިން ދެ ޖިންސުގެ ތަކެތި ލިބޭނެ
ކ. މާލެ |
ދަ ޗެމްބަރ ސްކޮޔަރ
ރާއްޖެއެމްވީ

ދަ ޗެމްބަރ ގްރޫޕްގެ ދެވަނަ ފިހާރައެއް "ދަ ޗެމްބަރ ސްކޮޔަރ"ގެ ނަމުގައި މާލޭގައި ހުކުރު ދުވަހު ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވާފައިވަނީ ޝަހީދު ކުޑަ އާދަމްގެ ކުޑަތުއްތު ހިނގުމުގައެވެ. މި ގްރޫޕްގެ ފުރަތަމަ ފިހާރަ ފިރިހެނުންނަށް ޚާއްސަވެގެން ދިޔަނަމަވެސް، އަލަށް ހުޅުވިގެން ދިޔަ މިފިހާރައަކީ ދެ ޖިންސުގެ މީހުންނައްވެސް ޚާއްސަކޮށް ހުޅުވާފައިވާ ފިހާރައެކެވެ.

ޖާގަ ތަނަވަސްކޮށް، ދެފަންގިފިލާއަކަށް ހުންނަ މި ފިހާރައިގެ ތިރި ޚާއްސަކުރެވިފައިވަނީ އަންހެނުންގެ އަންނައުނު، ފައިވާން، ޝޯލް އަދި އަތްދަބަސް ފަދަ ތަކެއްޗަށެވެ. މަތި ޚާއްސަކޮއްފައިވަނީ ފިރިހެނުންގެ ރަސްމީ ގަމީސް، ފަޓްލޫން، ބޫޓު، ޓައި އަދި ވޮލެޓް ފަދަ ތަކެއްޗަށެވެ.

މި ފިހާރައިގައި ހުންނަ ތަކެއްޗަކީ ކޮލިޓީގެ ގޮތުން ރަނގަޅު ތަކެތިކަމުގައި އެ ފިހާރައިގެ މާކެޓިންގެ މެނޭޖަރ ޢުޘްމާން ޙަސަން ވިދާޅުވިއެވެ. މި ފިހާރަ ހުޅުވިގެން ދިއުމުން ދަ ޗެމްބަރ ފިހާރައިގެ ކަސްޓަމަރުންނަށް އިތުރު ބާވަތްތަކުގެ ތަކެތި ލިބިގެންދާނެކަމަށާއި، މި ކަމަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ އިތުރު ފަސޭހައެއްކަމަށްވެސް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved