ބަނީސަދުރު އަވަހާރަވުން
އީރާނުގެ ފުރަތަމަ ރައީސް ބަނީސަދުރު އަވަހާރަވެއްޖެ
 
އަވަހާރަވިއިރު އުމުރުފުޅަކީ 88
ކ. މާލެ |
އީރާނުގެ ފުރަތަމަ ރައީސް އަބުލްހަސަން ބަނީސަދުރު
ރޮއިޓަރސް

އީރާނުގެ ފުރަތަމަ ރައީސް އަބުލްހަސަން ބަނީސަދުރު އަވަހާރަވެއްޖެއެވެ.

އެމަނިކުފާނުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އަބުލްހަސަން ބަނީސަދުރު އަވަހާރަވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައި ކަމަށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 88 އަހަރެވެ.

ބަނީސަދުރަކީ އީރާނަށް 1979 ވަނަ އަހަރު ގެނެވުނު އިސްލާމީ އިންގިލާބުގައި އެ ގައުމުގެ ރަސްކަން އުވައިލުމަށް ފަހު އެކުލަވައިލެވުނު ވަޒީރުންގެ މަޖިލީހުގައި ފުރަތަމަ ޚާރިޖީ ވަޒީރެވެ. އޭގެ ފަހުން 1980 ވަނަ އަހަރު ރައީސްގެ މަގާމު އުފެދުމާއެކު އެމަގާމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީވެސް ބަނީސަދުރެވެ. އޭގެ އެއް އަހަރު ފަހުން ޕާލަމެންޓުން އޭނާއަށް އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ވަކިކުރީއެވެ.

ބަނީސަދުރަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އެމަނިކުފާނުގެ ވަރަށް ގިނަ ފޮތްތައް ޝާއިއު ކުރެވިފައިވެއެވެ. އީރާނުގެ އިސްލާމީ އިންގިލާބު ހަގީގަތަކަށް ހެއްދެވުމުގެ އެއް މޭސްތިރިޔަކީ ބަނީސަދުރު ކަމަށް ވިޔަސް ހަރުކަށި ދީނީ ވިސްނުމެއްގެ ތެރެއިން ސިޔާސަތު ބައްޓަން ކުރުމަކީ އެމަނިކުފާނު ދެކޮޅު ހައްދަވާ ކަމެކެވެ. އެހެންވެ ފަހުން އެމަނިކުފާނު ވެވަޑައިގަތީ ސަރުކާރާ ދެކޮޅު ފިކުރުގެ ބޭފުޅަކަށެވެ. ދިރިއުޅުއްވަމުން ގެންދެވީވެސް ފްރާންސްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
100%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved