ސައުދީ އެއާޕޯޓަށް ދިން ޑްރޯން ހަމަލާ
ސައުދީ އެއަރޕޯޓަކަށް ދިން ޑްރޯން ހަމަލާގައި 10 މީހަކަށް އަނިޔާވެއްޖެ
 
ދެވަނަ ހަމަލާ ދިނީ ހޮނިހިރު ދުވަހުގެރޭ މެންދަމު
 
ފުރަތަމަ ހަމަލާ ދިނީ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި
 
ކައިރިކައިރީގައި ދެ ހަމަލާއެއް ދީފައިވޭ
ކ. މާލެ |
ސައުދީގެ ކިންގް އަބްދުﷲ އެއަރޕޯޓަށް ދިން ޑްރޯން ހަމަލާ
ސޯޝަލް މީޑިއާ

ސައުދީ އަރަބިޔާގެ ދެކުނުގެ އަޒާާުނުގައިވާ ކިންގް އަބްދުﷲ އެއަރޕޯޓަށް ދިން ޑްރޯން ހަމަލާއެއްގައި 10 މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެއެވެ.

ސައުދީ ސްޓޭޓް މީޑިއާއިން ރިޕޯޓުކޮށްފައިވާގޮތުން ކިންގް އަބްދުﷲ އެއަރޕޯޓަށް ޖައްސަޖައްސައިގެން ދެ ފަހަރެއްގެ މަތިން ޑްރޯން ހަމަލާ ވަނީ ދީފައެވެ. ފުރަތަމަ ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައެވެ. މި ހަމަލާގައި ސައުދީއަށް ނިސްބަތްވާ 6 މީހަކާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 3 މީހަކަށް އަދި ސޫދާނަށް ނިސްބަތްވާ މީހަކަށް އެކި ވަރުގެ އަނިޔާ ވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ފުރަތަމަ ހަމަލާގައި 10 މީހަކަށް އަނިޔާވެފައިވާއިރު، ދެވަނަ ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހުގެރޭ މެންދަމުގެ ވަގުތުގައި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް މި ހަމަލާގައި އަނިޔާވެފައިވަނީ ކިހާ މީހުންނަކަށް ކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.

ސައުދީގެ ސްޓޭޓް ޓީވީން ބުނިގޮތުގައި ކިންގް އަބްދުﷲ އެއަރޕޯޓަށް އަމާޒުކޮށް ހަމަލާތައް ދިނުމަކީ އާންމު ކަމެކެވެ. ގިނަ ބަޔަކު ތުހުމަތުކުރާގޮތުގައި މި ހަމަލާއަކީ ޔަމަނުގެ ހޫސީ ޖަމާއަތުގެ ފަރާތުން ދީފައިވާ ހަމަލާއެކެވެ. އެހެންނަމަވެސް އެ ޖަމާއަތުގެ ފަރާތުން މި ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ.

ސައުދީ އަރަބިޔާގެ ކިންގްޑަމަށް އަމާޒުކޮށް ހޫސީ ޖަމާއަތުން އަބަދުވެސް މިފަދަ އެކި ހަމަލާތައް ދިނުމަށް މަސައްކަތްކުރާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
100%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved