އައިފޯން 13ގެ ޕްރީއޯޑަރ
އުރީދޫން އައިފޯން 13ގެ ޕްރީއޯޑަރަށް މޫލީ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލައިފި
 
ޕްރީއޯޑަރަށް ހުޅުވާލީ އޮކްޓޯބަރ 8 ވަނަ ދުވަހު
ކ. މާލެ |
ގިނަ އަދަދެއްގެ ކަސްޓަމަރުން ޕްރީއޯޑަރ ކުރަމުންދާ ކަމަށް އުރީދޫން ބުނޭ
އުރީދޫ

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 13، އައިފޯން 13 ޕްރޯ، އައިފޯން 13 ޕްރޯ މެކްސް އަދި އައިފޯން 13 މިނީއަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު މޫލީ ވެބްސައިޓް މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.

ރީތި އައު ޑިޒައިންތަކެއް ހިމެނޭ، އައިފޯން 13 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއެކު، ޕްރޯ މޯޝަން ސުޕަރ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭގެ އިތުރުން ބެޓެރި ލައިފްވެސް ވަނީ އިތުރަށް ފުރިހަމަ ކޮށްފައެވެ. ހަމައެއާއިއެކު، އައިފޯން 13 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-15 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕެވެ.

އުރީދޫ މޫލީން އައިފޯން 13 ސީރީޒްގެ ފޯނުތައް ޕްރީއޯޑާ ކުރެވޭ އަގުތައް

  1. އައިފޯން 13 މިނީ (128 ޖީބީ): 16،599ރ.
  2. އައިފޯން 13 (128 ޖީބީ): 18،899.01ރ.
  3. އައިފޯން 13 ޕްރޯ (256 ޖީބީ): 25،799ރ.
  4. އައިފޯން 13 ޕްރޯ މެކްސް (256 ޖީބީ): 28،199ރ.

އޮކްޓޯބަރ 8 ވަނަ ދުވަހު މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓފޯމް މޫލީގެ ވެބްސައިޓް މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯން 13 ގެ މޮޑެލްތައް ޕްރީއޯޑަރ ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ކަސްޓަމަރުން ޕްރީއޯޑަރ ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved