ކޮވިޑް-19 ސިންގަޕޫރުގެ ހާލަތު
ސިންގަޕޫރުގައި ރިކޯޑް މިންވަރަކަށް ކޮވިޑް ކޭސްތައް މައްޗަށް
 
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެ ފަހުން އެޅި ފިޔަވަޅުތައް އޮކްޓޯބަރ މަހުގެ 24އާ ހަމައަށް ދެމިއޮންނާނެ
 
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު އަނެއްކާވެސް ވަނީ ހާލަތު ގޯސްވެފައި
 
ހުކުރު ދުވަހު 3590 މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށާއި 6 މީހުން މަރުވެފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނޭ
ކ. މާލެ |
ސިންގަޕޫރުގެ ކޮވިޑް ވެކްސިނޭޝަން ސެންޓަރެއްގައި މީހަކު ވެކްސިން ޖަހަނީ
ރޮއިޓަރސް

ސިންގަޕޫރުގައި ހުކުރު ދުވަހު 3590 މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށާއި 6 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިއީ ކޮވިޑްގެ ޕެންޑަމިކް ފެށުނު ފަހުން ސިންގަޕޫރުގައި އެއް ދުވަހާ އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ދުވަހެވެ. މިފަހުން ކޮވިޑް-19ގެ ހާލަތު ސިންގަޕޫރުގައި ގޯސްވެފައިވާއިރު ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު އަނެއްކާވެސް ވަނީ ހާލަތު ގޯސްވެފައެވެ. އެހެންކަމުން އިތުރަށް ފިޔަވަޅުތަކަށް ލުއިދިނުން ވަނީ މަޑުޖައްސާލާފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔުމުން އެގައުމުގައި ވަނީ އާންމު ތަންތަނަށް ދެ މީހުންނަށްވުރެ ގިނައިން އެއް ނުވެވޭގޮތަށް އަދި ގޭގައި ތިބެގެން މަސައްކަތްކުރާގޮތަށް ހަމަޖައްސާފައެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެންމެ ފަހުން އެޅި ފިޔަވަޅުތައް އޮކްޓޯބަރ މަހުގެ 24އާ ހަމައަށް ދެމިއޮންނާނެއެވެ.

ސިންގަޕޫރުގެ އާބާދީގެ 80 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved