ދިރާގު ޓީވީގެ ޚިދުމަތް
ދިރާގު ޓީވީއަށް އެޕްލައި ކޮށްލައިގެން ޚާއްސަ އިނާމުތަކެއް!
 
ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ
 
މިއީ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ އޮފަރއެއް
 
30 ނޮވެމްބަރގެ ކުރިން އެޕްލައިކުރަން ޖެހޭ
ކ. މާލެ |
ދިރާގު ޓީވީ އަށް އެޕްލައި ކޮށްލައިގެން ޚާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނޭ،
ދިރާގު

ޓީވީ ކަނެކްޝަނަކަށް ނޮވެމްބަރު މަހުގެ 30ގެ ކުރިން އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ގުޅައިދިނުމާއި ޚާއްސަ އިނާމުތަކެއް ލިބޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ، ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން 30 ނޮވެމްބަރ 2021 ގެ ކުރިން ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ޖޯއިބޮކްސް ވެސް ލިބޭނެ ކަމަށެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުން ތެރެއިން ނަސީބުވެރި އެއް ފަރާތަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެ ކަމަށެވެ. އަދި ހޮވާލެވޭ ނަސީބުވެރި އިތުރު 10 ފަރާތަށް އެ ކަސްޓަމަރަކު ބޭނުންވާ ޕެކޭޖެއްގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ޚަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ. ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 އިންސައްތަ ގޭބިސީއަށް ދިރާގުޓީވީ ޚިދުމަތް ފޯރުކޮށްދީފައެވެ.

ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފަރ ތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved