ކޮވިޑް-19 ހޭދަ
ކޮވިޑާ ގުޅިގެން ކުރި ހޭދަ 3 ބިލިއަނުން މައްޗަށް!
 
ކޮވިޑް-19 ލޯން ސްކީމުތަކަށް 8 މިލިއަން ޚަރަދުކުރި
 
ކޮވިޑް-19 އިކޮނޮމިކް ރެސްޕޮސްއަށް 1.7 ބިލިއަން ރުފިޔާ ޚަރަދުކުރި
 
އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސިއްހީ ދާއިރާއަށް
ކ. މާލެ |
އާރުއާރްޓީ ޓީމް
ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރި ހޭދަ 3 ބިލިއަނަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ކޮވިޑާ ގުޅިގެން ދައުލަތުން ކުރި ޚަރަދު ވަނީ 3.8 ބިލިއަނަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ ސިއްހީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ކުރި ހޭދަތަކާއި، އިކޮނޮމިކް ރެސްޕޮންސްއަށް ކޮށްފައިވާ ޚަރަދެވެ.

މިގޮތުން ސިއްހީ ދާއިރާއަށާއި، އިޖްތިމާއީ ގޮތުން ދިމާވި ކަންކަމަށް 2.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ހެލްތް މިނިސްޓްރީން ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހެލްތް މިނިސްޓްރީއިން 813.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން 784.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އައިޖީއެމްއެޗުން 195.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން 67.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން 53.5 ިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިހާތަނަށް ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެކި އިދާރާތަކުން ކުރި ޚަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ އާލާތްތައް ހޯދުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. މިކަންކަމަށް 1.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އިދާރާތައް ހިންގުމަށް 205.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިދާރާތަކަށް ބޭނުންވާ ތަކެތި ހޯދުމަށް 201.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން އިކޮނޮމިކް ރެސްޕޮސްއަށް 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 ރިކަވަރީ ލޯން ސްކީމަށް ކުރި ޚަރަދާއި، އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ކުރި ޚަރަދާއި، ފެނާއި ކަރަންޓު ބިލުން ދިން ޑިސްކައުންޓުގެ ސަބަބުން ދައުލަތުން ޚަރަދުވި އަދަދެވެ.

މިގޮތުން ބީއެމްއެލްއާއި އެސްޑީއެފްސީ މެދުވެރިކޮށް ކުރިއަށްގެންދާ ލޯން ސްކީމުތަކަށް 8 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ ބީއެމްއެލްއިން ދޫކުރާ ލޯނުތަކަށް 585.9 މިލިއަން ރުފިޔާ އަދި އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުތަކަށް 362.3 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް 421 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އިންކަމް ސަޕޯޓް އެލަވަންސް 22،946 މީހަކަށް ވަނީ ދޫކޮށްފައެވެ. އަދި ފެނާއި ކަރަންޓު ބިލުން ދިން ޑިސްކައުންޓަށް 198.4 މިލިއަން ރުފިޔާ ރަދުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
100%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved