ޓީޓީއެމް މޯލްޑިވްސް
ޓީޓީއެމް އެވޯޑް ހަފްލާއާއި ގާލާ ނައިޓް އޮންނާނީ ކްރޮސްރޯޑްސްގައި
 
އެވޯޑް ޙަފްލާއާއި ގާލާ ނައިޓް އޮންނާނީ ނޮވެމްބަރ މަހުގެ 28ން 30 ވަނަ ދުވަހުގެ ނިޔަލަށް
ކ. މާލެ |
ޓީޓީއެމް 2018
ޓީޓީއެމް

ޓީޓީއެމް މޯލްޑިވްސް 2021" ނޮވެމްބަރ މަހު ބާއްވާއިރު އެވޯޑް ޙަފްލާއާއި ގާލާ ނައިޓް އޮންނާނީ ކްރޮސްރޯޑްސްގައި ކަަމަށް އޯރކާ މީޑިއާ ގްރޫޕުން ހާމަކޮށްފިއެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނީ މި އަހަރުގެ ޓީޓީއެމް މޯލްޑިވްސް އޮންނާނީ ނޮވެމްބަރ މަހުގެ 28ން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި އަހަރު މި ބާއްވަނީ ޓީޓީއެމް މޯލްޑިވްސްގެ 5 ވަނަ އެޑިޝަނެވެ. މި އަހަރުގެ ޓީޓީއެމް މޯލްޑިވްސް ބާއްވާނީ ހައިބްރިޑް އިވެންޓެއްގެ ގޮތުގައެވެ. މި އަހަރުގެ އިވެންޓުގައި ފިޒިކަލް ބައްދަލުވުންތަކާއި، ވަރޗުއަލް ހަރަކާތްތައް ކުރިއަށްދާނެއެވެ.

މި އަހަރުގެ ޓީޓީއެމް މޯލްޑިވްސްގައި 150 ޕްރޮޕަޓީ ޝޯކޭސް ކުރާނެއެވެ. އަދި ތަފާތު 30 މާކެޓަކުން 200 އެއްހައި ޓްރެވެލް ޓްރޭޑް ތަޖުރިބާކާރުން ބައިވެރިވާނެއެވެ.

އިވެންޓުގައި ބައިވެރިވާ އެގްޒިބިޓަރުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބެނީ ހަމައެކަނި ޓީޓީއެމް ޓްރެވެލް ސަމިޓްގައެވެ. ޓީޓީއެމް ޓްރެވެލް ސަމިޓް އޮންނާނީ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް ޓީޓީއެމް ގައި ރަޖިސްޓަރީކުރާ އެގްޒިބިޓަރުންނަށް ގިނަ ފައިދާތަކާއި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އޭގެތެރޭގައި އިވެންޓްގެ ކުރިން ޕްރީ އެރޭންޖް ބައްދަލުވުންތައް ހަމަޖެއްސުމަށް "ކަނެކްޓް" ސޮފްޓްވެއަރ ބޭނުންކުރުން ހިމެނެއެވެ. މީގެއިތުރުން ރަޖިސްޓަރީކުރާ އެގްޒިބިޓަރުންނަށް ޓީޓީއެމް އެވޯޑް ހަފްލާއަށާއި ގާލާ ނައިޓްއަށް ދައުވަތު ލިބިގެންދާނެއެވެ.

ޓީޓީއެމް މޯލްޑިވްސް 2021 އިންތިޒާމްކުރާ ފަރާތުން ބުނީ މި އަހަރުގެ ފެއަރ ފިޒިކަލްކޮށް ބޭއްވިނަމަވެސް ކުރިއަށްދާނީ ކޯވިޑް19 އާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށެވެ. މީގެ ބޭނުމަކީ ޓީޓީއެމް މޯލްޑިވްސްގައި ބައިވެރިވާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ. މެޑްޓެކް މޯލްޑިވްސް މެދުވެރިކޮށް މި އިވެންޓްގައި ބައިވެރިވާ ހުރިހައި ފަރާތެއް ކޯވިޑް ޓެސްޓް ކުރާނެކަމަށް ވެސް އިވެންޓް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ.

ޓީޓީއެމް މޯލްޑިވްސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޓްރެވެލް ޓްރޭޑް ޝޯއެވެ. ފާއިތުވި 4 އަހަރު ވެސް ޓީޓީއެމް މޯލްޑިވްސް ވަނީ ކުރިއަށްގެންގޮސްފައެވެ. ކޯވިޑް19 އާ ގުޅިގެން މިދިޔަ އަހަރު މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ވަރޗުއަލްކޮށެވެ. މިދިޔަ އަހަރުގެ ޓީޓީއެމް މޯލްޑިވްސް ކުރިއަށްގެންގޮސްފައިވަނީ ނޮވެމްބަރ މަހުގެ 24 އިން 26 އަށެވެ. މިދިޔަ އަހަރު މި އިވެންޓުގައި ދާއިރާގެ 500 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved