ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުން
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެސްޓީއޯއިން ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި
 
އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އިތުރު އެއްއަހަރާއި ހަ މަސް ދުވަހަށް
ކ. މާލެ |
އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެސްޓީއޯ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓޫވަރޓްއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެސް.ޓީ.އޯ.އިން ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުން އިތުރު އެއްއަހަރާއި ހަ މަސް ދުވަހަށް އައު ކޮށްފައިވާއިރު އެސްޓީއޯއިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް މެދު ނުކެނޑި ތެޔޮ ސަޕްލައި ކޮށްދޭތާ ގިނަ އަހަރު ތަކެއްވަނީ ވެފައެވެ.

މި އެގްރީމެންޓްގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ޑީސެލް އެސް.ޓީ.އޯ އިން ސަޕްލައި ކޮށްދޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތެޔޮ ސައިޕްލައި ކޮށްދިނުމުގެ އިތުރުން، ކައްދޫ، ކާޑެއްދޫ، އަދި ހަނިމާދޫ އެއަޕޯޓުގައި އޭވިއޭޝަން ރިފިއުލިންގ ޚިދުމަތްދެނީ ވެސް އެސްޓީއޯ އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved