ރާއްޖޭގެ އިޤްތިޞާދު
އިޤްތިޞާދު ކުރިއަރުވަން ރާއްޖޭގެ ޓެރިޓަރީން ބޭރަށް ވިސްނުން ގެންދަންޖެހޭ: ފައްޔާޒު
 
މިހާރު ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ ފަތުރުވެރިކަމަށް
 
ބޭރުގެ ކުންފުނިތަކުގެ އެހީގައި ރާއްޖޭގެ އިޤްތިޞާދު އިތުރުކުރަން މަސައްކަތްކުރެވޭނެ
 
ރާއްޖޭގެ އިޤްތިޞާދުގެ މުސްތަޤުބަލު އޮތީ ހަމައެކަނި ފަތުރުވެރިކަމަށް ބިނާވެފައެއް ނޫން
ކ. މާލެ |
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް
ސްޓެލްކޯ

ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއެރުވުމަށް ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި ރާއްޖޭގެ ޓެރިޓަރީން ބޭރުގައި ވިޔަފާރިކުރުމުގެ ވިސްނުން ގެންގުޅެންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިފަދައިން ވިދާޅުވީ ސްޓެލްކޯގެ "ސްޓެވޯ" ވޯރކްޝޮޕް އިފްތިތާޙުކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގެ މުސްތަގުބަލު އޮތީ ހަމައެކަނި ފަތުރުވެރިކަމަށް ބިނާވެފައި ނޫންކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހިއްސާކުރާ އަމިއްލަ ކުންފުނިތަކުންނާއި، ސަރުކާރުގެ ކުންފުނިތަކުންވެސް ދިވެހިރާއްޖޭގެ ޓެރިޓަރީން ބޭރަށް ވިސްނުން ބައްޓަންކުރަންޖެހޭކަމަށެވެ. ދުނިޔޭގެ އެހެން ކުންފުނިތަކުގެ އެހީގައި ރާއްޖޭގެ ކުންފުނިތަކަށް ރަނގަޅު ނަފާ ހޯދިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ ގޮތުން ބަލާއިރު ނާޒުކު ގައުމަކަށް ވެފައި، ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމާއި މިފަދަ ކަންކަމާ ދިމާއަށް މިސްރާބު ޖަހާފައިވާކަމަށެވެ. އެހެންކަމުން ސްޓެލްކޯއިންވެސް ތެޔޮ އަންދައިގެން ކަރަންޓު އުފައްދާ މިންވަރު މަދުކުރަންޖެހޭކަމަށެވެ. އެއީ ސްޓެލްކޯއަށްވެސް އަދި އިޤްތިޞާދަށްވެސް ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށެވެ. މީގެ ސަބަބުން ހަކަތައިގެ އަގު ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްޓެލްކޯއިން މިހާތަނަށް ކަރަންޓު އުފައްދާފައިވަނީ ކިހާ މެގަވޯލްޓަކުންތޯ ބަލާލުމަކީ، އިޤްތިޞާދުގެ އަގު ވަޒަން ކުރުމަށް ކުރެވިދާނެ ކަމެއް ކަމަށެވެ. މި މަސައްކަތް ފަށައިގަތީ އެންމެ 12 ކިލޯވޮޓުން ކަމަށާއި، މިހާރު މިވަނީ 70 ނުވަތަ 100 މެގަވޯލްޓާ ހަމައަށް ކެޕޭސިޓީ އިތުރުކުރެވިފައިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved